ބީލަން
ނަންބަރު: PRC/MPL/IUL/2026/123
ޕަބްލިޝްކުރި ތާރީޚް: 14 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 15:02
ސުންގަޑި: 29 އޮކްޓޫބަރު 2026 14:00
މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
މޯލްޑިވްސް ޕޯސްޓް ލިމިޓެޑް މައި އޮފީހުގެ 6 އަދި 7 ވަނަ ފަންގިފިލާގައި މިހާރުހުރި ޑައިކިން VRV III އިންވަރޓަރ އެއަރކޮން ސިސްޓަމު ބަދަލުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން ހުޅުވާލުން

  1.  ޕްރޮޖެކްޓާ ބެހޭ މަޢުލޫމާތު: 

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް މައި އޮފީހުގެ 6 އަދި 7 ވަނަ ފަންގިފިލާގައި މިހާރުހުރި ޑައިކިން VRV III  އިންވަރޓަރ އެއަރކޮން ސިސްޓަމުގެ އައުޓްޑޯ ޔުނިޓްތަކާއި، މި އައުޓްޑޯ ތަކާއި ގުޅިފައިވާ އިންޑޯ ޔުނިޓްތައް ނެގުމަށްފަހު، ޑައިކިން VRV 6A  އިންވަރޓަރ، އެއަރކޮން ސިސްޓަމް އިންސްޓޯލްކޮށް ރަނިންގ ކޮންޑިޝަނަށް ގެނައުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން ނަންބަރު: PRC-MPL/IUL/2026/116 ( 24 ސެޕްޓެންބަރު 2026) އާއި ގުޅިގެން އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ، މި ދެންނެވި އިޢުލާން ބާތިލްކޮށް ބީލަން ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

މިމަސައްކަތާ ގުޅޭ ޓާރމްސް އޮފް ރިފަރަންސް "ޓީ.އޯ.އާރް" މިއިޢުލާނާއެކު ގެޒެޓްގައި  ޝާއިޢު ކުރެވިފައިވާނެއެވެ. އަދި މި ޕްރޮޖެކްޓަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކާއި އެހެނިހެން މައުލޫމާތު "ޓީ.އޯ.އާރް" ގައި ބަޔާންކުރެވިފައިވާނެއެވެ. 

 

ޕްރީ-ބިޑް މީޓިންގ:

ތާރީޚް:

20 އޮކްޓޫބަރު 2026

އެޑްރެސް/ތަން:

ޕޯސްޓް ބިލްޑިންގ 8ވަނަ ފަންގިފިލާ

ގަޑި

14:00

 

ބިޑް ޕްރޮޕޯރސަލް ހުށަހެޅުން:

ތާރީޚް:

29 އޮކްޓޫބަރު 2026

އެޑްރެސް/ތަން:

ޕޯސްޓް ބިލްޑިންގ 8ވަނަ ފަންގިފިލާ

ގަޑި

14:00

 

2- ޕްރޮޖެކްޓާއި ގުޅުންހުރި މުހިންމު މައުލޫމާތު:

  • މި ބިޑަށް ޕްރޮޕޯސަލް ހުށަހެޅޭނީ ކަނޑައެޅިފައިވާ ވަގުތަށް ޕްރީ-ބިޑް މީޓިންގ އަށް ގަޑިއަށް ހާޒިރުވެ މައުލޫމާތު ސާފުކުރައްވާ ފަރާތްތަކަށް އެކަންޏެވެ. އަދި ޕްރޮޕޯސަލް ހުށަހަޅަން ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ހާޒިރުވާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
  • ބީލަން ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދީފައިވާ ނަން، ބީލަން ހުޅުވަން ކަނޑައަޅާފައިވާ ތާރިޚާއި، ގަޑި، އަދި ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
  • މިއިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ 28 އޮކްޓޫބަރު 2026 ވާ ބުދަ ދުވަހުގެ 13:00 ގެކުރިން ތިރީގައިވާ ނަންބަރަށް ގުޅުއްވުން އެދެމެވެ.
  • 3009292 – ޕްރޮކިއުމަންޓް ޔުނިޓް
  • [email protected]
14 އޮކްޓޫބަރު 2026