ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)168-HR/1/2026/116
ޕަބްލިޝްކުރި ތާރީޚް: 14 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 14:31
ސުންގަޑި: 22 އޮކްޓޫބަރު 2026 12:00
ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު

ވަޒީފާގެ ފުރުޞަތު

ތާރީޚް:

 14 އޮކްޓޫބަރު 2026

ނަންބަރު:

(IUL)168-HR/1/2026/116 

ކޯޕަރޭޓް ސަޕޯޓް ޑިޕާޓްމަންޓް

މަޤާމު:

 ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ ޢަދަދު:

 01 (އެކެއް)

މަސައްކަތް ކުރަންޖެހޭ ތަން:

 ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް / ކ. މާލެ

މުސާރައާއި ޢިނާޔަތްތައް:

- މުސާރަ: މަހަކު -/7,600 ރުފިޔާ

- ލިވިންގ އެލަވަންސް -/3000 ރުފިޔާ

- ސާރވިސް އެލަވަންސް -/3500 ރުފިޔާ

 މީގެ އިތުރުން ބަންދު ދުވަސްތަކާއި ނުރަސްމީގަޑީގައި މަސައްކަތްކޮށްފިނަމަ ކަޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ރަސްމީ ގަޑި:

 ހެނދުނު 8:00 އިން މެންދުރުފަހު 14:00 އަށް

ޝަރުޠު:

 1. މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން އެޑްވާންސްޑް ސެޓިފިކެޓް (ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދު) ޙާސިލްކޮށްފަވުން،

ނުވަތަ 

 2. ދައްވެގެން ޖީ.ސީ.އީ އޭ ލެވެލްގެ 2 މާއްދާއިން ފާސްވެފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  1. ކޮމިޝަނަށް އަންނަ ސިޓީތައް ބަލައިގަތުމާއި އަދި ލިބޭ މެއިލްތައް އެންޓްރީކޮށް ލަސްވެގެން އެދުވަހެއްގެ މަސައްކަތުގެ ވަގުތު ނިމުމުގެ ކުރިން ކޮމިޝަން ބިއުރޯއާ ޙަވާލުކުރުން.
  2. ކޮމިޝަނަށް އަންނަ ވަޒީފާ އެޕްލިކޭޝަންތައް ޤަވައިދުން އެންޓްރީކޮށް މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ ޔުނިޓާ ހަވާލުކުރުން.
  3. ރިސެޕްޝަންގެ ފޯނަށް އަންނަ ކޯލްތަކަށް ޖަވާބުދިނުން.
  4. ދުވަހުން ދުވަހަށް ކޮމިޝަނަށް ހުށަހެޅޭ މައްސަލަތައް ބަލައިގަނެ  ކޮމިޝަން ބިއުރޯއާ  ޙަވާލުކުރުން އަދި ބަލައިގަންނަ މައްސަލަތަކުގެ ސިއްރު ހިފެހެއްޓުން،
  5. ކޮމިޝަނަށް އަންނަ އަދި ފޮނުވާ ލިޔެކިއުންތައް ބަލަހައްޓާ ނިޒާމް ހަރުދަނާކުރުމަށް ކުރަންޖެހޭ މަސައްކަތްތައް އެހެން ޑިޕާޓްމަންޓްތަކާ ގުޅިގެން ކުރުން
  6. ޚިދުމަތް ހޯދުމަށްއެދި އަންނަ ފަރާތްތަކަށް ޖަވާބުދާރީވުމާއި، މަޢުލޫމާތު ދޭންޖެހޭ ފަރާތްތަކަށް ކަމާބެހޭ ޑިޕާޓްމަންޓުން މަޢުލޫމާތު ހޯދާ ފޯރުކޮށްދިނުން.
  7. އޮފީހުން ބޭރަށް ފޮނުވަންޖެހޭ ސިޓީތައް ޑިސްޕެޗްކުރުން، މިގޮތުން އިސްކަންދޭ ތަރުތީބުން އަވަހަށް ފޮނުވަންޖެހޭ ތަކެތި އަވަހަށް ފޮނުވުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން
  8. ކޮމިޝަންގެ ރިސެޕްޝަންގެ މަސައްކަތްތައް ހަރުދަނާކުރުމަށް ދޭންޖެހޭ ލަފައާއި އިރުޝާދު ޑިރެކްޓަރަށް ދިނުން.
  9. ޑިޕާޓްމަންޓްގެ ޑިރެކްޓަރ ޖެނެރަލަށް ބޭނުންވާ އިދާރީ އެހީތެރިކަން ފޯރުކޮށްދިނުން
  10. ކޮމިޝަންގެ ރިސެޕްޝަނަށް އަންނަ ލިޔެކިޔުންތައް ކަނޑައަޅާފައިވާ އުޞޫލާއެއްގޮތަށް ލިޔެކިއުންތައް ފައިލްކޮށް ބެލެހެއްޓުން.
  11. ކޮމިޝަނުގެ އިންޓަރނަލް އޮޑިޓްގެ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދިނުން.
  12. ކޮމިޝަނުގެ ހަރުމުދަލުގެ ރަޖިސްޓްރީ ގަވާއިދުން އަޕްޑޭޓްކޮށް ބެލެހެއްޓުމުގައި ޑިރެކްޓަރަށް އެހީތެރިކަން ފޯރުކޮށްދިނުން.
  13. ކޮމިޝަނުގައި ހުންނަ ބައުވެ ހަލާކުވެފައިވާ ހަރުމުދާ ޤަވައިދާ އެއްގޮތްވާ ގޮތުގެ މަތިން ނީލަންކިޔުމުގެ އެންމެހައި ކަންތައްތައް ކުރުމުގައި އެހިތެރިކަން ފޯރުކޮށްދިނުން.
  14. އެޑްމިނިސްޓްރޭޝަން ޑިޕާޓްމަންޓުގެ ބޭނުންތަކަށް ތައްޔާރުކުރަންޖެހޭ ގުޑްސް އެންޑް ސަރވިސް ރިކުއިޒިޝަން ފޯމް ތައްޔާރުކޮށް ފޮނުވަންޖެހޭ ޔުނިޓަށް ފޮނުވުން.
  15. އެހެން ޑިޕާޓްމަންޓުތަކުގެ މުވައްޒަފުންނާއި، ޑިޕާޓްމަންޓުގެ މަސައްކަތުގައި މުއާމަލާތުކުރަންޖެހޭ ސަރުކާރުގެ އަދި އަމިއްލަ ފަރާތްތަކުގެ މުވައްޒަފުންނާ ގުޅުން ބަދަހިކޮށް އެކުގައި މަސައްކަތްކުރުމަށް މަގުފަހިވާނެގޮތަށް މަސައްކަތްތައް ބައްޓަންކުރުން.
  16. ކޮމިޝަނުން ބޭނުންވެއްޖެ ޙާލަތެއްގައި އިންތިޚާބުތައް އޮބްޒަރވްކުރުމަށް ރާވާ އެކި ހަރަކާތްތަކުގައި ޢަމަލީގޮތުން ބައިވެރިވުމާއި، އެއްވުންތަކާއި މުޒާހަރާތައް މޮނީޓަރކުރުމުގެ ގޮތުން ފީލްޑްގައި ހަރަކާތްތެރިވުމުގެ އިތުރުން މީޑިއާ މޮނީޓަރިންގް މަސައްކަތްތަކާއި، އާންމުން ހޭލުންތެރިކުރުމަށް ރާވާ އެކި ޕްރޮގްރާމްތަކުގައި ބައިވެރިވުމާއި، މަޢުލޫމާތު އެއްކުރުމަށްޓަކައި ކުރެވޭ ދަތުރުތަކުގައި ޢަމަލީގޮތުން ބައިވެރިވުން.
  17. ކޮމިޝަނުން ބޭނުންވެއްޖެ ހާލަތެއްގައި ކޮމިޝަނުން ރާވާ ދަތުރުތަކުގައި ބައިވެރިވުން.
  18. އަދި މިނޫންވެސް ކޮމިޝަނުން ކުރާ އެހެނިހެން މަސައްކަތްތައްކުރުމާއި ހިންގާ ޙަރަކާތްތަކުގައި ބައިވެރިވުން.
  19. ގައުމީ އަދި ބައިނަލް އަގްވާމީ އިންސާނީ ހައްގުތަކާ ބެހޭ ޖަލްސާތަކާއި، ބައްދަލުވުންތަކާއި، މަސައްކަތު ބައްދަލުވުންތަކާއި، ސެމިނާރުތަކާއި މަސައްކަތާ ގުޅޭގޮތުން މީޑިޔާ ޕްރޮގްރާމްތަކުގައި ބައިވެރިވާން ކޮމިޝަނުން އެދިއްޖެނަމަ މިފަދަ ކަންކަމުގައި ބައިވެރިވެ ކޮމިޝަން ތަމްސީލުކޮށް މަޢުލޫމާތުދޭން ޖެހިއްޖެނަމަ އެފަދަ ޕްރޮގްރާމްތަކުގައި ބައިވެރިވެ މަޢުލޫމާތު ދިނުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ހުރިހާ ލިޔެކިޔުންތައް ހަމަތޯ ޔަޤީންކުރުމަށް ޗެކްލިސްޓް ފުރިހަމަ ކުރަންވާނެއެވެ. ތިރީގައި ބަޔާންކޮށްފައިވާ އިރުޝާދުތަކާ އެއްގޮތަށް ލިޔެކިޔުމެއް ހަމަކުރެވިފައިނުވާނަމަ އެލިޖިބިލިޓީ އިވެލުއޭޝަން އަދި ޕޮއިންޓް ދިނުމުގައި އެ ލިޔެކިޔުމެއް ނުގުނޭނެއެވެ.)
  2. މަޤާމުގެ ޝަރުޠުތަކުގެ ތެރޭގައި ބަޔާންކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ އަސްލާ އެއްގޮތްކަމަށް އެޓެސްޓްކުރެވިފައިވާ ކޮޕީ.

  2.1 ހުށަހަޅާ ސެޓްފިކެޓަކީ ރާއްޖޭގެ މަރުކަޒަކުން ހަދާފައިވާ ކޯހެއްގެ ސެޓްފިކެޓެއްނަމަ އަސްލާ އެއްގޮތްކަމަށް އެޓެސްޓްކުރެވިފައިވާ ކޮޕީ.

  2.2 ހުށަހަޅާ ސެޓްފިކެޓަކީ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ހަދާފައިވާ ކޯހެއްގެ ސެޓްފިކެޓެއްނަމަ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކުރެވި، އަސްލާ އެއްގޮތްކަމަށް އެޓެސްޓްކުރެވިފައިވާ ކޮޕީ.

  2.3 ސެޓްފިކެޓް ލިބިފައި ނުވާނަމަ، ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމެންޓް ރިޕޯޓްގެ އަސްލާއެއްގޮތް ކަމަށް އެޓެސްޓްކުރެވިފައިވާ ކޮޕީ.

  1. ފުރިހަމަކޮށްފައިވާ ކޯހުގެ ޓްރާންސްކްރިޕްޓްތަކުގެ އަސްލާ އެއްގޮތްކަމަށް އެޓެސްޓްކުރެވިފައިވާ ކޮޕީ.
  2. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ސީ.ވީ).

(ވަނަވަރުގައި ބަޔާންކޮށްފައިވާ ތަޖުރިބާގެ މުއްދަތު ކަށަވަރުކޮށް ގުނައިދެވޭނީ ހުށަހަޅާފައިވާ ވަޒީފާ އަދާ ކުރާކަމުގެ ނުވަތަ ކުރިކަމުގެ ލިޔުމުގައިވާ މުއްދަތުތަކަށް ބިނާކޮށްކަމުން ހުށަހަޅާ ވަޒީފާ އަދާ ކުރާކަމުގެ ނުވަތަ ކުރިކަމުގެ ލިޔުންތަކުގައި މި މައުލޫމާތު ފުރިހަމަނުވާނަމަ މުއްދަތު ކަށަވަރު ނުކުރެވޭނެއެވެ.)

  1. މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެ ފުށުގެ ސާފު ކޮޕީ.
  2. ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ މިހާރުވެސް ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ އެ ވަޒީފާތަކުގައި ހޭދަވި މުއްދަތާއި އެ ވަޒީފާތަކުގެ މަސްއޫލިއްޔަތުތައް އެނގޭނެފަދަ ރަސްމީ ލިޔުން.

ރަސްމީ ލިޔުމުގައި އަންނަނިވި މަޢުލޫމާތު ފުރިހަމަވާންޖެހޭނެއެވެ.

  • ލެޓާހެޑް ނުވަތަ ތަނުގެ އެޑްރެހާއި ފޯން ނަންބަރު އަދި އީ.މެއިލް.
  • ސްޓޭމްޕް.
  • ވަޒީފާ އަދާކުރި ނުވަތަ ކުރަމުންދާ ތަނުގެ އިސް ފަރާތެއްގެ ނަމާއި، މަޤާމު، އަދި ސޮއި.

(އިޢުލާނުގެ ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ އެއްވެސް ލިޔުމެއް އަދި ވަޒީފާ އަދާކޮށްފައިވާ މުއްދަތު އެނގެން ނެތް އެއްވެސް ލިޔުމެއް އެލިޖިބިލިޓީ އިވެލުއޭޝަން އަދި ޕޮއިންޓް ދިނުމުގައި ނުގުނޭނެއެވެ.)

 

ސުންގަޑި:

 2026 އޮކްޓޫބަރު 22 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން

އެހެނިހެން:

  1. މި މަޤާމަށް ހޮވޭ ފަރާތްތަކުން 3 މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތު ފުރިހަމަ ކުރަންވާނެއެވެ. 3 މަސް ހަމަވުމަށްފަހު އިތުރަށް ވަޒީފާގައި ބެހެއްޓުމާމެދު ގޮތެއް ނިންމާނީ ޕްރޮބޭޝަން މުއްދަތުގެ  މަސައްކަތު ފެންވަރަށް ބަލައި ކޮމިޝަނުންނެވެ.
  2. މި މަޤާމަށް 10 ފަރާތަށްވުރެ އިތުރަށް ކުރިމަތިލައިފިނަމަ، ކުރިމަތިލި ހުރިހާ ފަރާތްތަކަށް ސްކްރީނިންގ ޓެސްޓެއް ދިނުމަށްފަހު ޓެސްޓްގެ ނަތީޖާއަށް ބަލައި 10 ކެންޑިޑޭޓުން ޝޯޓްލިސްޓް ކުރެވޭނެއެވެ. ޝޯޓްލިސްޓް ކުރެވޭފަރާތްތަކަށް ތިއަރީ ޓެސްޓެއް ދީ ފާސްވާ ފަރާތްތަކަށް އިންޓަވިއުއަށް ދެންނެވޭނެއެވެ.
  3. މި މަޤާމަށް ކުރިމަތިލާ ފަރާތްތަކަށް ދޭ ތިޔަރީ ޓެސްޓް އޮންނާނީ ކޮމިޝަނުގެ މައި އިދާރާ (މ. ޗަނބޭލީވިލާ (ސްޓާރ ކްލައުޑްސް ބިލްޑިންގ، 12 ވަނަ ފަންގިފިލާ) ގައެވެ.
  4. ތިޔަރީ ޓެސްޓަށް ނުވަތަ އިންޓަވިއުއަށް ވަޑައިގަތުމަށް ކޮމިޝަނުން އަންގާ ދުވަހަށް އެއްވެސް ސަބަބަކާހުރެ ކެނޑިޑޭޓަކަށް ހާޒިރު ނުވެވިއްޖެނަމަ، ފަހުން ޓެސްޓް ނުވަތަ އިންޓަވިއު ނުދެވޭނެ އެވެ.
  5. ކޮމިޝަނުގެ ވަޒީފާތަކަށް ކުރިމަތިލެވޭނީ މީލާދީ ގޮތުން އުމުރުން 18 (އަށާރަ) އަހަރު ފުރި 55 (ފަންސާސް ފަހެއް) އަހަރު ނުފުރޭ ދިވެހިންނަށެވެ.
  6. ކޮމިޝަނުގެ ވަޒީފާއަކަށް ކޮމިޝަނުގެ މެންބަރެއްގެ ނުވަތަ ކޮމިޝަނުގެ މުވައްޒަފެއްގެ މަންމަ، ބައްޕަ، ދަރި، ފިރިމީހާ، އަނބިމީހާ، އެއްބަނޑު އެއްބަފާމީހެއް، އެއްބަފާމީހެއް، ނުވަތަ އެއްބަނޑު މީހަކަށް ކުރިމަތި ނުލެވޭނެއެވެ.
  7. މި މަޤާމަށް ހޮވޭ ފަރާތަކީ ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތެއްނަމަ މަޤާމަށް ހޮވުމުން ޕާޓީގެ ރަޖިސްޓްރީއިން ވަކިވާންވާނެއެވެ.
  8. އެޕްލިކޭޝަން ފޯމު ކޮމިޝަނުގެ ވެބްސައިޓް އަދި ކައުންޓަރުން ލިބެން ހުންނާނެއެވެ. (https://hrcm.org.mv/dv/downloads/job-application-form)   
  9. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3003116 ނުވަތަ 3003114 އަށެވެ.  
  10. އެޕްލިކޭޝަން ފޯމު އީމެއިލް ކުރައްވާނަމަ އީމެއިލް ކުރައްވާނީ [email protected] އަށެވެ.

ނޯޓް:  މި އިޢުލާނާއި ގުޅިގެން އީމެއިލް މެދުވެރިކޮށް ވަޒީފާއަށް އެދި ފޮނުވާ ފޯމުތައް ބަލައިގަނެވޭނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ޕީ.ޑީ.އެފް (pdf)  ފޯމެޓްގައި އެކަނި ކަމުގައި ދެންނެވީމެވެ.އަދި މިގޮތަށް އީމެއިލް މެދުވެރިކޮށް ވަޒީފާއަށް އެދި ފޮނުވާ ޕީ.ޑީ.އެފް (pdf)  ފައިލުގައި އެޕްލިކޭޝަން ފޯމް ހުށައަޅާ ފަރާތުގެ ނަމާއި އިޢުލާން ނަންބަރު ޖެހުމަށް ދަންނަވަމެވެ.

14 އޮކްޓޫބަރު 2026