ބީލަން
ނަންބަރު: (IUL)372-A1/372/2026/25
ޕަބްލިޝްކުރި ތާރީޚް: 14 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 14:20
ސުންގަޑި: 22 އޮކްޓޫބަރު 2026 13:00
ނިލަންދެއަތޮޅު އުތުރުބުރީ މަގޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފ. މަގޫދޫ ކައުންސިލް އިދާރާއަށް ޓީވީއަކާއި ސްޓޭންޑެއް ހޯދުމާގުޅޭ

އިޢުލާން

ފ. މަގޫދޫ ކައުންސިލް އިދާރާއަށް ޓީވީއަކާއި ސްޓޭންޑެއް ހޯދުމާގުޅޭ

މި އިދާރާއަށް ބޭނުންވާ ޓީވީއާއި ސްޓޭންޑް ފޯރުކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ. ވީމާ، މިތަކެތި ފޯރުކޮށްދިނުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުތު ފުރިހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

ބީލަން ހުށައެޅުމަށް ރަޖިސްޓްރީވުން:

މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2026 އޮކްޓޫބަރު 21 ވަނަދުވަހުގެ 14:00 ގެ ކުރިން ބީލަމުގައި ރަޖިސްޓަރީވުމަށް ފޯމް ފުރުމަށްފަހު  [email protected] ށް މެއިލްކުރެއްވުން އެދެމެވެ. ފޯމާއެކު ވިޔަފާރި / ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީ  އަދި ޓްރާންފަރ ސްލިޕް ފޮނުވަންވާނެއެވެ.

ބީލަން ހުށައެޅުއްވުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.

ބިޑް ރަޖިސްޓްރީ ފީ

ބީލަމުގައި ރަޖިސްޓްރީވުމަށް 200.00ރ (ދުއިސައްތަރުފިޔާގެ) ގެ ނަން- ރީފަންޑަބަލް ފީއެއް ނެގޭނެއެވެ. ބީލަމުގައި ރަޖިސްޓްރީވުމަށް ރަޖިސްޓްރޭޝަން ފީ ދައްކަވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މި އިދާރާގެ އެކައުންޓަށް ފައިސާ ޖަމާކޮށް، ފައިސާ ޖަމާކުރިކަމުގެ ސްލިޕް ރަޖިސްޓްރޭޝަން ފޯމާއެކު މެއިލް ކުރެއްވުން އެދެމެވެ. ޓްރާންސްފަރ ސްލިޕް ރިމާރކްސް ގައި ކުންފުނީގެ ނަން އަދި މަސައްކަތުގެ ނަން ލިޔަންވާނެއެވެ.

އެކައުންޓް ނަން: ފ. މަގޫދޫ ކައުންސިލްގެ އިދާރާ

އެކައުންޓް ނަންބަރ: 7730000042894

ބީލަން ހުށައެޅުމާއި ބީލަން ހުޅުވުން:

ބީލަމުގައި ރަޖިސްޓްރީ ވުމަށްފަހު 26026 އޮކްޓޫބަރު 22 ވަނަ ދުވަހުގެ 13:00 ށް މި އިދާރާއަށް ދުރުވެ ބީލަން ހުށައެޅުއްވުން އެދެމެވެ. ބީލަންތައް ހުންނަންވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ވިޔަފާރީގެ ނަމާއި އެޑްރެސް އަދި " ފ. މަގޫދޫ ކައުންސިލް އިދާރާއަށް ޓީވީއެއް ހޯދުމާގުޅޭ / (IUL)372-A1/372/2026/25" މިހެން ލިޔެފައި އޮންނަންވާނެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚްގައި މި އިދާރާއަށް ދުރުވެ ބީލަން ހުށައެޅުއްވުން އެދެމެވެ.

މި މަސައްކަތަށް ކުރިމަތިލެވޭނީ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު ( ޤާނޫނު ނަމްބަރު 19/2014) ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު( ޤާނޫނު ނަމްބަރު 18/2014) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. ބީލަން ހުށައެޅުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކުން ހުށައަޅާ ބީލަންތަކާއި ގަޑިޖެހުމަށްފަހު ހުށައަޅާ ބީލަންތައް ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން މިއިދާރާގެ ނަންބަރު 6740014 ފޯނަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. އީމެއިލް ކުރައްވާނަމަ ކުރައްވާނީ [email protected]   / [email protected] އަށެވެ.

‏3‏ ޖުމާދަލްއޫލާ‏ 1448

‏14‏ އޮކްޓޯބަރ‏ 2026

14 އޮކްޓޫބަރު 2026