ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)259/2026/88
ޕަބްލިޝްކުރި ތާރީޚް: 14 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 13:22
ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކުނިކޮށިނޫން އެހެނިހެން ތަންތަނަށް ކުނިއުކާލުމަކީ މަނާކަމެއްކަން އެންގުމަށް
މިހާރަކަށް އައިސް ގޭގޭގައި އުފެދޭ ފަތްކުންޏާއި ބަދިގެ ކުނި ވަލުތެރެއަށާއި ދަނޑުބިންތަކަށް އުކާކަން މިކައުންސިލަށްވަނީ ފާހަގަކުރެވިފައެވެ. " ކުނި އުކާލުމާއި ކުނިނައްތާލުމާއި އެކަންކަމަށް ފީ ނެގުމުގެ އުސޫލު" ގައި ކުނިކޮށި ނޫން އެހެނިހެންތަންތަނަށް އެއްވެސް ބާވަތެއްގެ ކުނި އުކުމަކީ މަނާކަމެކެވެ. ވީމާ ހެދިފައިވާ އުސޫލާއި އެއްގޮތަށް އަމަލުކުރުމަށް ހުރިހާ ރައްޔިތުންނަށް އިލްތިމާސް ކުރަމެވެ. އަދި ކުނިކޮށި ބަންދު ގަޑިތަކުގައި ކޮންމެހެން އުކާލަންޖެހޭ ބަދިގެ ޑަސްބިން އުކާލުމަށް ކުނިކޮށި ބޭރުގައި ބެހެއްޓިފައިވާ ޑަސްބިން ބޭނުންކުރެއްވުން އެދެމެވެ. ވީމާ ބަދިގެ ޑަސްބިން އެހެނިހެން ތަންތަނަށް އުކުމުގެ ބަދަލުގައި މި ޑަސްބިނަށް އެޅުން އެދެމެވެ. ރަށުގެ ސާފު ތާހިރުކަމަށް ހުރިހާ ރައްޔިތޔުންވެސް ޙާއްސަ ސަމާލުކަމެއް ދެއްވުން އެދެމެވެ.
14 އޮކްޓޫބަރު 2026