ބީލަން
ނަންބަރު: (IUL)366/2026/44
ޕަބްލިޝްކުރި ތާރީޚް: 14 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 12:39
ސުންގަޑި: 18 އޮކްޓޫބަރު 2026 13:00
މުލަކަތޮޅު ނާލާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިސްރަށްވެހިންގެ ދުވަހުގެ ސައި ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން

މިއަހަރުގެ އިސްރަށްވެހިންގެ ދުވަސް ފާހަގަކުރުމަށް ބާއްވާ ރަސްމިއްޔާތުގެ ސައިގެ ޚިދުމަތް ފޯރުކޮއްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮއްފައިވާ ގޮތުގެ މަތިން 18 ސެޕްޓެމްބަރ 2026 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ.

ވީމާ މިކަން އާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.

 

އިޢުލާން ނަމްބަރ: (IUL)366/2026/44 އާއި ގުޅިގެން ދެވޭ މަޢުލޫމާތު:

 

މިއަހަރުގެ އިސްރަށްވެހިންގެ ދުވަސް ފާހަގަ ކުރުމަށް ބާއްވާ ރަސްމިއްޔާތުގެ ތިރީގައިވާ ތަކެތި ތައްޔާރުކުރުން

 

#

ތަކެތީގެ ތަފްޞީލް

80

މާޖެރިން ކޭކް ކޮޅު

80

ބަޖިޔާ

80

މަސްރޮށި

80

ކުޅި ބޯކިބާ ކޮޅު

 

 

  • ތަކެތި ތައްޔާރުކުރާނީ އަމިއްލަ ތަކެތީގައި ކައުންސިލަށް ބިލްކުރާގޮތަށް.
  • މި ޚިދުމަތް ކައުންސިލަށް ބޭނުންވާ ތާރީޚަކީ 22 އޮކްޓޯބަރ 2026 އެވެ.
  • ތަކެތި ގެންނަންވީ ތަނާއި ގަޑި ފަހުން ހިއްސާކުރެވޭނެއެވެ.

ނޯޓް: މަސައްކަތާ ގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި ކައުންސިލްގެ ކައުންސިލް އެގެޒެކެޓިވް، ޖަލީލާ އަޙްމަދު، 7501801 އާއި ގުޅުއްވުން އެދެން.

14 އޮކްޓޫބަރު 2026