ދިވެހިރާއްޖެ
އިޢުލާން
|
ވެރިފަރާތް ހޯދުމާއި ގުޅޭ |
މިރަށު ލަވެނިއު ( ޓޭކްއަވޭ ގާޑިޔާ ) ސަރަހައްދާ ދިމާ ދެކުނުފަރާތު ބަނދަރުމަތީގައި ހުންނަތާ ގިނަދުވަސްތަކެއް ވެފައިވާ ފައިބަރ ފޮށިގަނޑުގެ ވެރިއަކުހުރިނަމަ 2026 އޮކްޓޯބަރ 21 ވަނަދުވަހުގެ 14:00 ކުރިން މިއިދާރާއަށް އެކަން އަންގައި 2026 އޮކްޓޯބަރ 21 ވަނަދުވަހުގެ 14:00 ގެ ނިޔަލަށް އެތަނުން ދެންނެވުނު ފައިބަރ ފޮށިގަނޑު ގެންގޮސް ތަންހުސްކުރުން އެދެމެވެ.
މަތީގައިބަޔާންކޮށްފައިވާ މުއްދަތުގައި ދެންނެވުނު މުދަލުގެ ވެރިފަރާތެއް ނުވެއްޖެނަމަ، 03 ޖަނަވަރީ 2019 ގައި ދިވެހި ސަރުކާރުގެ ގެޒެޓު ގައި އާންމުކުރެވިފައިވާ މިއިދާރާގެ ނަންބަރ 2019/R-1 " ޢާންމު ތަންތަނަށާއި މަގުމައްޗަށާއި ފަޅުތެރެއަށް ދޫކޮށްލާފައިވާ ތަކެތި ނެގުމާއިބެހޭ ޤަވާއިދު " ގެދަށުން އެމުދާ މިއިދާރާގެބެލުމުގެދަށަށްގެނެވޭނެކަމުގައި އަންގައި އިޢުލާނު ކުރީމެވެ.
03 ޖުމާދުލްޢޫލާ 1448
14 އޮކްޓޯބަރ 2026
އަޙްމަދު އިލްހާމް
ފީއަލީ ކައުންސިލްގެ ރަޢީސް