ކުއްޔަށް ހިފުން
ނަންބަރު: (IUL)GS133/2026/G/01
ޕަބްލިޝްކުރި ތާރީޚް: 14 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 08:06
ސުންގަޑި: 22 އޮކްޓޫބަރު 2026 14:00
ކަމަދޫ މަދަރުސާ، ބ. ކަމަދޫ
ދިވެހިރާއްޖެ
ގުދަނެއް ކުއްޔަށް ހިފުން 2027

ނަންބަރ: (IUL)GS133/2026/G/01

ބީލަން ހުށައެޅުމުގެ ދަޢުވަތު         

2027ވަނަ އަހަރު، ސްކޫލުގެމުދާ ރައްކާކޮށް ބަލަހައްޓާނެ ގުދަނެއް ކުއްޔަށްހިފުން

 

  1. 2027 ވަނަ އަހަރު (01 ޖެނުއަރީ 2027 އިން 31 ޑިސެމްބަރ 2027 އަށް) މި ސްކޫލުގެ މުދާ ރައްކާކޮށް ބަހައްޓާނެ ގުދަނެއް ކުއްޔަށް ހިފަން ބޭނުން ވެއްޖެއެވެ.
  2. މި ޚިދުމަތް ދިނުމަށްއެދި ބީލަން ހުށައެޅޭނެ ފަރާތްތަކުގެ ޝަރުޠުތައް ބީލަން ފޮތުގައި ބަޔާން ކޮށްފައި ވާނެއެވެ.
  3. މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 2026 އޮކްޓޫބަރ 14 އިން 2026 އޮކްޓޫބަރ 22 ވަނަ ދުވަހުގެ 14:00ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓްރީ ކޮށްދެވޭނެއެވެ. ބީލަން ހުށައެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީކުރާ ފަރާތްތަކަށެވެ.
  4. މި ޕްރޮޖެކްޓާ ބެހޭގޮތުން އެއްވެސް ސުވާލެއް ވާނަމަ 2026އޮކްޓޫބަރ 20 ވަނަ ދުވަހުގެ 12:00 ގެ ކުރިން މި އިޢުލާންގެ 7 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުން އެދެމެވެ.
  5. ބީލަން ހުށައެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2026 އޮކްޓޫބަރ 25 ވާ،އާދިއްތަ ދުވަހުގެ  12:30 ގައި ކަމަދޫ ސްކޫލު އޮފީހުގައެވެ.  
  6. މި ޕްރޮޖެކްޓާގުޅޭ ބީލަންފޮތް މި އިޢުލާނާއެކު އެޓޭޗް ކޮށްފައި ވާނެއެވެ.
  7. މި ޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައި ގަންނަވާނެއެވެ.

ކަމަދޫ ސްކޫލް އޯކިޑްމަގު، ބ. ކަމަދޫ، ދިވެހިރާއްޖެ،       ފޯން: 6600015

އީ-މެއިލް: [email protected]

ކޮޕީ އީ-މެއިލް: [email protected]

ރަޖިސްޓްރޭޝަން ފޯމްގެ ލިންކު:   https://forms.gle/7dAiFxNUaFDMpTZD8

 

03 ޖުމާދަލްއޫލާ 1447

14 އޮކްޓޯބަރ 2026

14 އޮކްޓޫބަރު 2026