މަސައްކަތް
ނަންބަރު: (IUL)GS133/2026/S/01
ޕަބްލިޝްކުރި ތާރީޚް: 14 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 08:06
ސުންގަޑި: 22 އޮކްޓޫބަރު 2026 14:00
ކަމަދޫ މަދަރުސާ، ބ. ކަމަދޫ
ދިވެހިރާއްޖެ
ކަމަދޫ ސްކޫލް ސެކިޔުރިޓީ ބެލެހެއްޓުން 2027

 

ނަންބަރ: (IUL)GS133/2026/S/01

ބީލަން ހުށައެޅުމުގެ ދަޢުވަތު         

2027ވަނަ އަހަރު، ސްކޫލް ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

 

  1. 2027 ވަނަ އަހަރު (1 ޖެނުއަރީ 2027 އިން 31 ޑިސެމްބަރ 2027 އަށް) މި ސްކޫލުގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.
  2. މި މަސައްކަތަށް ބީލަން ހުށައެޅޭނެ ފަރާތްތަކުގެ ޝަރުޠުތައް ބީލަން ފޮތުގައި ބަޔާން ކޮށްފައި ވާނެއެވެ.
  3. މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 2026 އޮކްޓޯބަރ 14 އިން 2026 އޮކްޓޯބަރ 22 ވަނަ ދުވަހުގެ 14:00ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓްރީ ކޮށްދެވޭނެއެވެ. ބީލަން ހުށައެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީކުރާ ފަރާތްތަކަށެވެ.
  4. މި ޕްރޮޖެކްޓާ ބެހޭގޮތުން އެއްވެސް ސުވާލެއް ވާނަމަ 2026އޮކްޓޯބަރ 22 ވަނަ ދުވަހުގެ 13:00 ގެ ކުރިން މި އިޢުލާންގެ 7 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުން އެދެމެވެ.
  5. ބީލަން ހުށައެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2026 ނޮވެމްބަރ 25 ވާ އާދިއްތަ ދުވަހުގެ 13:30 ގައި ކަމަދޫ ސްކޫލު އޮފީހުގައެވެ.  
  6. މި ޕްރޮޖެކްޓާގުޅޭ ބީލަންފޮތް މި އިޢުލާނާއެކު އެޓޭޗް ކޮށްފައި ވާނެއެވެ.
  7. މި ޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައި ގަންނަވާނެއެވެ.

ކަމަދޫ ސްކޫލް، އޯކިޑްމަގު، ބ. ކަމަދޫ، ދިވެހިރާއްޖެ،       ފޯން: 6600015 ، 9496990

އީ-މެއިލް: [email protected]

ކޮޕީ އީ-މެއިލް: [email protected]

ރަޖިސްޓްރޭޝަން ފޯމްގެ ލިންކު: https://forms.gle/d3rmxogJcKibEiNj9  

 

03 ޖުމާދަލްއޫލާ 1447

14 އޮކްޓޯބަރ 2026

14 އޮކްޓޫބަރު 2026