ޢާންމު މަޢުލޫމާތު
ނަންބަރު: (OTHR)332-ADHR/332/2026/7
ޕަބްލިޝްކުރި ތާރީޚް: 01 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 13:19
މާލެއަތޮޅު ދިއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިއްފުށީ އިންޑޯ ޖިމް ބޭނުންކުރާނެގޮތުގެ އުސޫލު - އިސްލާޙް 3

އުސޫލު ނަންބަރު: (OTHR)332-ADHR/332/2026/2 (ދިއްފުށީ އިންޑޯ ޖިމް ބޭނުންކުރާނެގޮތުގެ އުސޫލު) އަށް ތިންވަނަ އިސްލާޙް ގެނައުން

އުސޫލު ނަންބަރު: (OTHR)332-ADHR/332/2026/2 (ދިއްފުށީ އިންޑޯ ޖިމް ބޭނުންކުރާނެގޮތުގެ އުސޫލު) އަންނަނިވި ގޮތަށް އިސްލާޙުކުރުން.

ބުނެވިދިޔަ އުސޫލުގެ 5 ވަނަ މާއްދާގެ ބ އަންނަނިވި ގޮތަށް އިސްލާޙުކުރުން.

  1. ބުނެވިދިޔަ އުސޫލުގެ 5 ވަނަ މާއްދާގެ ބ އަންނަނިވި ގޮތަށް އިސްލާޙުކުރުން.

5 ވަނަ މާއްދާ – އެންޓްރީ ކާޑު ދޫކުރުން

ކުރިން އޮތްގޮތް

5 ގެ ބ

އެންޓްރީ ކާޑު ގެއްލިގެން ހަވާލުނުކުރެވޭނަމަ، އައު ކާޑެއް ހެދުމަށް ނަގަންޖެހޭ ފައިސާ އެމީހަކު އަތުން ނެގޭނެއެވެ.

ގެނެވުނު އިސްލާޙް

5 ގެ ބ

އެންޓްރީ ކާޑު ގެއްލިގެން ހަވާލުނުކުރެވޭނަމަ، އައު ކާޑެއް ހެދުމަށް 100ރ (ސަތޭކަ ރުފިޔާ) ގެ ފީއެއް އެމީހަކު އަތުން ނެގޭނެއެވެ.

01 އޮކްޓޫބަރު 2026