ބީލަން
ނަންބަރު: (IUL)468-APS/468/2026/191
ޕަބްލިޝްކުރި ތާރީޚް: 13 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 11:07
ސުންގަޑި: 25 އޮކްޓޫބަރު 2026 10:00
ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކަރުގޮހޮރު ނައްތާލުމުގެ މަސައްކަތް 01 އަހަރު ދުވަހުގެ މުއްދަތަށް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

ބީލަން ހުށަހެޅުމުގެ ދަޢުވަތު

  1. ކަރުގޮހޮރު ނައްތާލުމުގެ މަސައްކަތް 01 އަހަރު ދުވަހުގެ މުއްދަތަށް ކުރުމަށް ޝައުޤުވެރިވާ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)468-APS/468/2026/180 އިޢުލާނަށް އެއްވެސް ފަރާތަކުން ބިޑް ހުށަހަޅާފައި ނުވާތީ، އެއިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ފަރާތްތަކަށް ހުޅުވާލަމެވެ.
  2. ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 19 އޮކްޓޫބަރު 2026 ވާ ހޯމަ ދުވަހުގެ 10:00 ގެ ކުރިން މި އިދާރާގެ މެއިލް އެޑްރެހަށް، (([email protected] އިޢުލާން ނަންބަރާއި، ބިޑްގައި ބައިވެރިވާން ބޭނުންވާ ފަރާތުގެ ތަފްސީލާއިއެކު (ކުންފުނީގެ ނަމާއި އެޑްރެސް/ ފޯން ނަންބަރު/ އީމެއިލް އެޑްރެސް/ފުރިހަމަ ނަން) މެއިލްކޮށްދެއްވުން އެދެމެވެ.
  3. މި ބީލަމާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 20 އޮކްޓޫބަރު 2026 ވާ އަންގާރަ ދުވަހުގެ 10:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 20 އޮކްޓޫބަރު 2026 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން އެފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.
  4. ބީލަން ހުށަހެޅުމަށް ވަޑައިގަންނަވާ ކޮންމެ ބޭފުޅަކަށްވެސް ހުށަހެޅުއްވޭނީ އެއް އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ބީލަމުގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.
  5. ބީލަން ހުށަހެޅުމާއި، ބީލަން ހުޅުވުން އޮންނާނީ 25 އޮކްޓޫބަރު 2026 ވާ އާދިއްތަ ދުވަހުގެ 10:00 ގައި އަސުރުމާ މާލަމް ގައެވެ.

 

 އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 ފުވައްމުލަކު ސިޓީ ކައުންސިލް،

 ނަރުގިސްމަގު، މާދަޑު، ފުވައްމުލައް، 1804، ދިވެހިރާއްޖެ.

 ފޯން:  6862497،6862498

  އީމެއިލް: [email protected]

13 އޮކްޓޫބަރު 2026