ދިވެހިރާއްޖެ
އިޢުލާން
އަންހެނުންނަށް ޚާއްސަކޮށްގެން ބާއްވާ ޒުމްބާ ކުލާހާގުޅޭ:
ދުޅަހެޔޮ ސިއްޙަތެއްގައި ތިބުމަށްޓަކައި ކަސްރަތަށް އަހުލުވެރިކުރުވުމުގެ ގޮތުން، ދިގުރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ 5 ވަނަ ދައުރުގެ 19 ވަނަ ޖަލްސާއިން ނިންމާފައިވަނީ، މިރަށުގައި ދިރިއުޅޭ 17 އަހަރުން މަތީގެ ކަނބަލުންނަށް (ސްކޫލް ދަރިވަރުން ފިޔަވައި) ޚާއްޞަކޮށްގެން ސިލްސިލާކޮށް ޒުމްބާ ކުލާހެއް ހިންގުމަށެވެ.
- ކުލާހުގެ ފީ: 100/-
- ކުލާސް ފެށޭ ތާރީޚް: 21 އޮކްޓޫބަރު 2026
- ކުލާސް ކުރިއަށްދާ ވަގުތުތައް: ހަވީރު 4:15 އިން 5:15 އަށް އަދި ރޭގަނޑު 9:00 އިން 10:00 އަށް
- ކޯސް ފީ ޓްރާންސްފަރ ކުރަންޖެހޭ އެކައުންޓް ނަންބަރ: 7722700347003 (1398 ޚަރަދު 1)
- ސްލިޕް ވައިބަރކުރާ ނަންބަރ: 9593939
ވީމާ، މި ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 18 އޮކްޓޫބަރު 2026 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން ބައިވެރިވުމަށް އެދޭ ފޯމް، ކައުންސިލްގެ އިދާރާއަށް ހުށަހެޅުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ ރަސްމީ ގަޑީގައި 6680631 އަށް އަދި ބަންދު ގަޑީގައި 9843320،9593939 އަށެވެ.
ނޯޓު: ޒުމްބާ ކުލާހުން ޖާގަ ކަށަވަރުވާނީ ކައުންސިލަށް ފޯމް ހުށައަޅާ ތަރުތީބުން އެންމެ ފުރަތަމަ ފޯމް ހުށައަޅާ 30 ފަރާތަށެވެ.
01 جُمَادَىٰ الأُولَىٰ 1448
12 އޮކްޓޫބަރު 2026
ސާރަތު އާދަމް
އ.ތ.މ ކޮމިޓީގެ ރައީސް