ބީލަން
ނަންބަރު: MWSC-L/3/ADV/2026/90
ޕަބްލިޝްކުރި ތާރީޚް: 12 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 15:14
ސުންގަޑި: 14 އޮކްޓޫބަރު 2026 23:59
މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕެނީ ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ހުޅުމާލެ އަދި ރ. ދުވާފަރު އެމް.ޑަބްލިޔު.އެސް.ސީގެ މެނުފެކްޗަރިންގ ފެކްޓްރީތަކުގައި ޕެސްޓް ކޮންޓްރޯލް ކޮށްދޭނެ ފަރާތެއް ހޯދުން – މުއްދަތު އިތުރުކުރުން

މިކުންފުނީގެ ފަރާތުންދޭ މައުލޫމާތާއި އެއްގޮތްވާގޮތުގެ މަތިން، ކޮންޓްރެކްޓް އުސޫލުން އެއް އަހަރު ދުވަހުގެ މުއްދަތައް ހުޅުމާލޭ އަދި ރ. ދުވާފަރު އެމް.ޑަބްލިޔު.އެސް.ސީ މެނުފެކްޗަރިންގ ފެކްޓްރީތަކުގައި ޕެސްޓް ކޮންޓްރޯލް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު އިޢުލާން ނަމްބަރު (MWSC-L/3/ADV/2026/88) ގައިވާ މަސައްކަތުގައި ބައިވެރިވުމަށް އިތުރު ފުރުސަތު ދިނުމުގެ ގޮތުން އަލުން އިއުލާންކޮށް ފުރުސަތު ހުޅުވާލަމެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދައުވަތު މިކަމަށް ޝައުގުވެރިވެލައްވާ އެންމެހާ ފަރާތްތަކަށް ހުޅުވާލަމެވެ.

ތަފްސީލް

ތާރީހް

ގަޑި

ތަން

މައުލޫމާތު ސާފުކުރުން

18 އޮކްޓޯބަރ 2026

02:30

މައިކްރޯސޮފްޓް ޓީމްސް މެދުވެރިކޮށް

އަގު ހުށައެޅުން

22 އޮކްޓޯބަރ 2026

02:30

އެމް.ޑަބްލިޔު.އެސް.ސީ ކަސްޓަމަރ ސާރވިސް ބިލްޑިން، 6 ވަނަ ފަންގިފިލާ

 ބީލަމުގައި ބައިވެރިވުމަށް ފުރިހަމަ ވާންޖެހޭ ޝަރުތު:

  • މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމަންޓް އިން ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތަކަށްވުން.
  • މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގައި ޖީ.އެސް.ޓީ އައް ރެޖިސްޓްރީ ވެފައިވާ ފަރާތަކަށްވުން.

ބީލަމުގައި ބައިވެރިވެވޭނީ ރެޖިސްޓްރީވާ ފަރާތްތަކަށް އެކަންޏެވެ. ބީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ލިންކް Bidder Registration މެދުވެރިކޮށް މި ބީލަމުގެ ފޯރމް ފުރިހަމަ ކުރެއްވުމަށްފަހު ރެޖިސްޓްރީވެވޭނެއެވެ. ބީލަމުގައި ބައިވެރިވެރިވުމައް ރެޖިސްޓްރީ ވެވޭނީ 12 އޮކްޓޯބަރ 2026 އިން 14 އޮކްޓޯބަރ 2026 ގެ ނިޔަލަށެވެ. މި ބީލަމުގެ މަސައްކަތާއި ބީލަން ހުށައެޅުމަށް ބޭނުންވާ އިތުރު މައުލޫމާތު އަންގައިދޭ ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯރމެޓްގައި، ބިޑަށް ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް 15 އޮކްޓޯބަރ 2026 ވާ ދުވަހުގެ ރަސްމީގަޑީގައި އީމެއިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

ޓެންޑަރ ޑިޕާޓްމަންޓް

12 އޮކްޓޫބަރު 2026