ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)456-ESMSC/456/2026/39
ޕަބްލިޝްކުރި ތާރީޚް: 12 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 11:29
ހައްދުންމަތީ ކަލައިދޫ ކައުންސިލުގެ އިދާރާ
ދިވެހިރާއްޖެ
ގެރިބަކަރި/ކުކުޅު ގެންގުޅުމުގެ ވިޔަފާރި ބޭނުންތަކަށް ބިން ކުއްޔަށް ދޫކުރުމަށް ކުރި އިޢުލާނާއި ގުޅިގެން ބީލަން ކާމިޔާބުކުރި ފަރާތުގެ މައުލޫމާތު އާންމުކުރުން.

މި އިއުލާނާއެކު ހިމަނާފައި މިވަނީ، ދަޢުލަތުގެ މާލިއްޔަތު ޤަވާއިދުގެ 10.47 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަޢުލޫމާތު ހާމަކުރުމާއި ބެހޭގޮތުން މިނިސްޓްރީ އޮފް ފިނޭންސްއިން ނެރުއްވާފައިވާ ނަންބަރު P/CIR/2020/50-13 (09 ޑިސެމްބަރ 2020) ސާކިއުލަރގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން              މިރަށު ބޮޑުތަކުރުފާނުމަގުގެ އިރުމަތީ ފަރާތުން، ނަފާ-6 ކުލީބިމުގެ ދެކުނު ފަރާތުން، ގެރިބަކަރި/ކުކުޅު ގެންގުޅުމުގެ ވިޔަފާރި ބޭނުންތަކަށް 4000 އަކަފޫޓުގެ 2(ދޭއް) ބިން، 10 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ކުރި  މިކައުންސިލްގެ ނަންބަރ: (IUL)456-ESMSC/456/2026/35 (17 ސެޕްޓެމްބަރ 2026)  އިޢުލާނާއި ގުޅިގެން އަންދާސީހިސާބު ހުށަހަޅާފައިވާ ފަރާތް، ކޯޒީ ޕްލަސް/ކޯޒީ ހައުސް،ލ.ކަލައިދޫ އަށް ކުއްޔަށް ދޫކުރުމަށް މިކައުންސިލްގެ 2026 ވަނަ އަހަރުގެ  ނަންބަރު: (05) (11-10-2026) ބިޑް ކޮމެޓީ ޖަލްސާއިން ވަނީ ނިންމާފައެވެ. މި އިއުލާނާއި އެކު ބިޑް އެވޯޑް ޝީޓް އާއްމުކުރީމެވެ.

12 އޮކްޓޫބަރު 2026