ދެންނެވުން
ނަންބަރު: (IUL)22-PU/22/2026/275
ޕަބްލިޝްކުރި ތާރީޚް: 12 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 09:08
ސުންގަޑި: 22 އޮކްޓޫބަރު 2026 23:59
މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
2027 ވަނަ އަހަރުގެ ދިރާސީ އަހަރަށް ދަރިވަރުންނަށް ދޫކުރާ ސްޓޭޝަނަރީ ވައުޗަރަށް ކުރެޑިޓަށް ތަކެތި ދޫކުރުމަށް ރަޖިސްޓްރީވުމަށް ހުޅުވާލުން

އިޢުލާން

 2027ވަނަ އަހަރުގެ ދިރާސީ އަހަރަށް ދަރިވަރުންނަށް ދޫކުރާ

ސްޓޭޝަނަރީ ވައުޗަރަށް ކުރެޑިޓަށް ތަކެތި ދޫކުރުމަށް ރަޖިސްޓްރީވުމަށް ހުޅުވާލުން:

1. 2027 ވަނަ އަހަރުގެ ދިރާސީ އަހަރަށް ދަރިވަރުންނަށް ދޫކުރާ ސްޓޭޝަނަރީ ވައުޗަރަށް ކްރެޑިޓަށް ތަކެތި ދޫކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިމިނިސްޓްރީގައި ރަޖިސްޓްރީ ކުރުމަށް ހުޅުވާލަމެވެ. 2027 ވަނަ އަހަރުގެ ދިރާސީ އަހަރަށް ދަރިވަރުންނަށް ދޫކުރާ ސްޓޭޝަނަރީ ވައުޗަރަށް ތަކެތި ދޫކުރެވޭނީ ރަޖިސްޓްރީކުރާ ފަރާތްތަކަށެވެ.

2. މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން "ސްޓޭޝަނަރީ ވައުޗަރަށް ތަކެތި ދޫކުރުމަށް ރަޖިސްޓްރީ ވުމަށްއެދޭ ފޯމް" ފުރިހަމަ ކުރެއްވުމަށްފަހު ފޯމުގައި ބަޔާންކުރާ ލިޔުންތަކާއެކު 2026 އޮކްޓޫބަރު 22 ވަނަ ދުވަހުގެ ނިޔަލަށް ހުށަހެޅުއްވުމަށް ދެންނެވީމެވެ.

3. ސްޓޭޝަނަރީ ވައުޗަރަށް ތަކެތި ދޫކުރުމަށް ރަޖިސްޓްރީވުމަށްއެދި ފޯމު ހުށަހަޅުއްވާނީ ތިރީގައިވާ ލިންކު މެދުވެރިކޮށެވެ.

ލިންކު: https://bit.ly/3W561RH

4. ސްޓޭޝަނަރީ ވައުޗަރު ދޫކުރުމަށް ކުރިން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުންވެސް، 2027 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ވައުޗަރަށް ތަކެތި ދޫކުރުމަށް އަލުން ރަޖިސްޓްރީކުރަންޖެހޭނެ ވާހަކަ ދެންނެވީމެވެ.

5. މިއިޢުލާނާއެކު "ސްޓޭޝަނަރީ ވައުޗަރަށް ތަކެތި ދޫކުރުމަށް ރަޖިސްޓްރީ ވުމަށްއެދޭ ފޯމް" އަދި، "ސްޓޭޝަނަރީ ވައުޗަރުތަކުގެ ލިސްޓް" އެޓޭޗް ކުރެވިފައިވާނެއެވެ.

6. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޕްރޮކިއުމަންޓް ސެކްޝަން

މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން

އެންޑް ސްކިލްސް ޑިވެލޮޕްމަންޓް

ވެލާނާގެ، 9 ވަނަ ފަންގިފިލާ

އަމީރު އަޙްމަދު މަގު، މާލެ، ދިވެހިރާއްޖެ.                                          

ފޯން: 3041249 / 3041242

އީ-މެއިލް: [email protected]

12 އޮކްޓޫބަރު 2026