ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)468-CSI/468/2026/190
ޕަބްލިޝްކުރި ތާރީޚް: 12 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 08:52
ސުންގަޑި:
15 އޮކްޓޫބަރު 2026 00:00
ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ރުއްތަކަށް ޖެހޭ ހުދު ކޫނޑި ފިލުވުމަށް ބޭނުންކުރާ ބޭސް ދޫކުރުމާ ގުޅޭ:
މި ރަށުގެ ރުއްތަކަށް ޖެހެމުން އަންނަ ހުދު ކޫނޑި ބަލި ކޮންޓްރޯލްކޮށް ރަނގަޅު ކުރުމަށްޓަކައި، މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްއިން މި އިދާރާއަށް ފޮނުވާފައިވާ "ރުކުގައި ހަރުކުރާ ބޭސް ޕެކެޓް" ގެ 229 (ދުއިސައްތަ ނަވާވީސް) ޕެކެޓް މިހާރު ވަނީ މި އިދާރާއަށް ލިބިފައެވެ.
ވީމާ، މި ރަށުގެ ކޮންމެ ގޭބިސީއަކަށް 1 (އެކެއް) ޕެކެޓްގެ ރޭޓުން، ބޭސް ބަލައި އެންމެ ކުރިން އަންނަ ފަރާތްތަކަށް އިސްކަންދީގެން މި ތަކެތި ހުސްވަންދެން ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.
ބޭސް ދޫކުރުމުގެ އިންތިޒާމު ހަމަޖެހިފައިވަނީ:
-
ތާރީޚް: 14 އޮކްޓޯބަރ 2026 އިން 15 އޮކްޓޯބަރ 2026 ގެ ނިޔަލަށް
-
ވަގުތު: ހެނދުނު 08:30 އިން މެންދުރު12:00 އަށް
-
ތަން: ފުވައްމުލަކު ސިޓީ ކައުންސިލްގެ ސިޓީ މެއިންޓެނަންސް ސެކްޝަން (ހޮސްޕިޓަލް ކުރިމަތި)
12 އޮކްޓޫބަރު 2026