ދިވެހިރާއްޖެ
އިޢުލާން
ކުނި މެނޭޖް ކުރުމުގެ ޚިދުމަތުގައި ބައިވެރިވުމާބެހޭ.
ކުނި މެނޭޖް ކުރުމުގެ ޚިދުމަތުގައި ބައިވެރިވެފައިވާ ތަންތަނުން ފީ ނަގައިގެން ކައުންސިލުން ކުނި މެނޭޖްކުރުމުގެ ޚިދުމަތް ފަށާފައިވަނީ 2015 ވަނަ އަހަރުއެވެ. މިގޮތުން މި ޚިދުމަތް ފެށުމަށް އެކުލަވާލާފައިވާ އުޞޫލުގައި ވާގޮތުން، ކުނި މެނޭޖް ކުރުމުގެ ޚިދުމަތުގައި ރަޖިސްޓަރީ ވެފައިނުވާ ފަރާތްތަކުން،ކުނިކޮށްޓަށް ކުނި ގެންދާނަމަ ބޮޑު ފީއެއް ނަގާގޮތަށް ކުރީއްސުރެ އޮންނަނީ ހަމަޖައްސާފައެވެ. ނަމަވެސް މި ޚިދުމަތުގައި ބައިވެރި ނުވާ ބައެއް ފަރާތްތަކުން، ރަޖިސްޓަރީ ވެފައިވާ ތަންތަނުގެ ކުންޏާއެކު ކުނި އެއްކޮށް،ކުނިކޮށްޓަށް ކުނި ގެންދާކަން ވަނީ ފާހަގަ ކުރެވިފައެވެ. މީގެ އިތުރުން، ބައެއް ގެސްޓްހައުސްތަކާއި،ކެފޭ ތަކުންވެސް ކުނި މެނޭޖް ކުރުމުގެ ޚިދުމަތުގައި ބައިވެރި ނުވެ މިދެންނެވި ގޮތަށް ކުނި މެނޭޖް ކުރަމުންދާތީ، ކުނި މެނޭޖް ކުރުމުގެ ޚިދުމަތުގެ ފީގެ ގޮތުގައި ކައުންސިލަށް ލިބެންޖެހޭ މިންވަރަށް ފައިސާ ނުލިބޭކަން ފާހަގަ ކުރަމެވެ.
މީގެ އިތުރުން 2015 ވަނަ އަހަރު މިޚިދުމަތް ފެށުނުއިރު، ރަށުގައި އެކި ބާވަތްތަކުގެ ކުނި އުފެދުނު މިންވަރަށް ވުރެން އެތައް ގުނައެއްގެ ކުނި މިހާރު އިތުރުވެފައި ވުމުގެ ސަބަބުން، ކުނި މެނޭޖް ކުރުމަށް އިތުރު މީހުންނާއި،ވަޞީލަތްތައް ހޯދުމަށާއި، މިޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް ތިލަފުއްޓަށް ކުނި ގެންދަން ފެށުމުން، ކުނި މެނޭޖް ކުރުމަށް ކުރަންޖެހޭ ޚަރަދުތައް ވަނީ އެތައް ގުނައަކަށް ބޮޑުވެފައެވެ.
ވީމާ،ރަށުގެ ހުރިހާ ގޭބިސީތަކާއި،މުއައްސަސާތައް އަދި ވިޔަފާރި ތަކާއި،ގެސްޓްހައުސްތަކާއި،ސައިހޮޓާ، ކެފޭ، ރެސްޓޯރަންޓް ފަދަ ތަންތަނުން ކުނި މެނޭޖް ކުރުމުގެ ޚިދުމަތުގައި ބައިވެރި ވުމަށާއި،މި ޚިދުމަތުގައި ބައިވެރި ނުވާ ތަންތަނުން، ބައިވެރިވެފައިވާ ތަންތަނުގެ ކުންޏާއި އެއްކޮށްގެންގެން ކުނިކޮށްޓަށް ކުނި
ގެންދިއުމަކީ މަނާ ކަމެއްކަން އަންގަމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށް އިޢުލާނު ކުރީމެވެ.
27 ރަބީޢުލްއާޚިރު 1448
08 އޮކްޓޯބަރު 2026