ބީލަން
ނަންބަރު: (IUL)200-A/200/2026/64
ޕަބްލިޝްކުރި ތާރީޚް: 08 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 17:27
ސުންގަޑި: 15 އޮކްޓޫބަރު 2026 11:00
ވަޒީފާއާބެހޭ ޓްރައިބިއުނަލް
ދިވެހިރާއްޖެ
މި ޓްރައިބިއުނަލަށް ބޭނުންވާ ކޭސް މެނޭޖްމަންޓް ސިސްޓަމެއް ޤާއިމްކޮށްދޭނެ ފަރާތެއް ހޯދުން

މި ޓްރައިބިއުނަލުން ކަނޑައަޅާފައިވާ ރިކުއަރމެންޓް އެއްގޮތަށް، މި ޓްރައިބިއުނަލަށް ބޭނުންވާ ކޭސް މެނޭޖްމަންޓް ސިސްޓަމެއް ޤާއިމްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

މި ބީލަމުގައި ބައިވެރިވުމަށް ބޭނުންފުޅުވާ ފަރާތްތަކުން، 08 އޮކްޓޫބަރު 2026 އިން ފެށިގެން 11 އޮކްޓޫބަރު 2026 ވީ އާދިއްތަ ދުވަހުގެ 14:00 ގެ ނިޔަލަށް، ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީ ކުރައްވާ ފަރާތްތަކަށް އެކަންޏެވެ. މި ބީލަމާ ގުޅޭ މަޢުލޫމާތު ކަރުދާހާއި ސްޕެސިފިކޭޝަން، ބީލަމުގައި ރަޖިސްޓްރީ ކުރެއްވުމުން، ފޯމުގައި ދެއްވާފައިވާ އީމެއިލް އެޑްރެހަށް ފޮނުވައިދެވޭނެއެވެ.

  ރަޖިސްޓްރޭޝަން ލިންކް: Bid registration form - Employment Tribunal – Fill out form

ބީލަމުގައި ރަޖިސްޓްރީ ކުރައްވާ ފަރާތްތަކުން، 15 އޮކްޓޫބަރު 2026 ވީ ބުރާސްފަތި ދުވަހުގެ 11:00 ގައި، މި ޓްރައިބިއުނަލަށް (ގ. ފަތުރުވެހި، 3 ވަނަ ފަންގިފިލާ) ވަޑައިގެން ބީލަން ހުށަހެޅުއްވުން އެދެމެވެ. ބީލަން ހުށަހަޅުއްވަންވާނީ މަޢުލޫމާތު ކަރުދާހުގައިވާ ގޮތަށެވެ. ސުންގަޑިއަށްވުރެ ފަހުން ހުށަހަޅާ ބީލަންތަކާއި ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކޮށްފައިނުވާ ފަރާތްތަކުގެ ބީލަންތައް ބަލައެއް ނުގަނެވޭނެއެވެ.

08 އޮކްޓޫބަރު 2026