މަސައްކަތް
ނަންބަރު: (IUL)AEH/AEH/2026/109
ޕަބްލިޝްކުރި ތާރީޚް: 08 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 17:15
ސުންގަޑި: 15 އޮކްޓޫބަރު 2026 13:00
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް، ސ. ހިތަދޫ
ދިވެހިރާއްޖެ
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގެ ބައެއް ރިނޮވޭޝަން މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގެ ތިރީގައިމިވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ:

  • އީއާރް (ER) ރިސެޕްޝަނަށް އާ ކައުންޓަރެއް ބެހެއްޓުން.
  • ފްލޫ ކްލިނިކް، އޮބްޒަރވޭޝަން ވޯޑް، އަދި ސްޓޯރުގެ ރޭމްޕް މުށިތައް ބަދަލުކުރުން.
  • މެޑިކަލް ސްޓޯރ މަރާމާތުކުރުން.
  • CCU ރޫމުގައި ޕާޓިޝަންއެއްޖަހާ ދިނުން

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ‏ 08‏ އޮކްޓޯބަރ‏ 2026‏ ، ބުރާސްފަތި އިން ފެށިގެން ‏ 15‏ އޮކްޓޯބަރ‏ 2026‏ ، ބުރާސްފަތި ވާ ދުވަހުގެ 13:00އަށް ތިރީގައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓަރ ކުރެއްވުމަށް ދަންނަވަމެވެ. ރަޖިސްޓްރީ ކުރެއްވުމުން މެއިލްއަށް ރެޖިސްޓްރޭޝަން ކޮންފަރމޭޝަން ފޮނުވޭނެއެވެ. ރެޖިސްޓްރީ ކުރެވުނުކަން ކަށަވަރުކުރުމަކީ ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

މި ޢިއުލާނާއި ގުޅޭ ލިޔެކިޔުންތައް ޢިއުލާނާއެކު ޖެޒެޓް ކުރެވިފައި ވާނެއެވެ.

މި ބީލަމާއި ގުޅިގެން އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން‏ 15‏ އޮކްޓޯބަރ‏ 2026‏ ، ބުރާސްފަތި ވާ ދުވަހުގެ 13:00ގެ ކުރިން [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.

މި ބީލަމާއި ގުޅޭ އިތުރު މައުލޫމާތު ދިނުމަށް‏ 18‏ އޮކްޓޯބަރ‏ 2026‏ ، އާދީއްތަ ވަނަ ދުވަހުގެ  10:00 ގައި މި ހޮސްޕިޓަލުގެ އެޑްމިނިސްޓްރޭޓިވް އޮފީހުގައި މައުލޫމާތު ސެޝަނެއް ބޭއްވޭނެއެވެ. މަސައްކަތަށް ޝައުގުވެރިވެ ރަޖިސްޓްރީ ކުރައްވާ އެންމެހައި ފަރާތްތަކުން މިބައްދަލުވުމަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. މަޢުލޫމާތު ސެޝަނުގައި ބައިވެރި ނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމަށް ފުރުސަތު ނުދެވޭނެއެވެ.

ބިޑް ހުށަހެޅުއްވުމަށް ރެޖިސްޓްރީ ކުރެއްވުމަށް ފަހު ‏ 26‏ އޮކްޓޯބަރ‏ 2026‏ ، ހޯމަ ވަނަ ދުވަހުގެ 10:00 އަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ އިދާރީ އޮފީސް އިމާރާތުގެ ކޮންސްފަރެންސް ރޫމަށް ވަޑައިގެން ބިޑު ހުށަހެޅުއްވުން އެދެމެވެ.

ބިޑް ހުށަހެޅުއްވުމަށް ރެޖިސްޓްރީ ނުކުރާ ފަރާތްތަކާއި ބިޑު ހުޅުވުމަށް ހަމަޖެހިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ބިޑް ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެއެވެ. 

ރެޖިސްޓްރޭޝަން ލިންކް : (IUL)AEH/AEH/2026/109 - Renovation works at AEH  – Fill out form

08 އޮކްޓޫބަރު 2026