ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)294-C/294/2026/46
ޕަބްލިޝްކުރި ތާރީޚް: 08 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 13:26
މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ނ.މަނަދޫއިން ކަޅުވެލި ނަގާ ސަރަހައްދު ބަދަލުވުމާއި ގުޅޭ
އިޢުލާން
ނ.މަނަދޫއިން ކަޅުވެލި ނަގާ ސަރަހައްދު ބަދަލުވުމާއި ގުޅޭ
ނ.މަނަދޫއިން ކަޅުވެލި ނެގުމަށް ކަނޑައަޅާފައިވާ ސަރަހައްދު މިއަދު ) 08 އޮކްޓޯބަރ 2026) އިން ފެށިގެން ވަނީ ބަދަލު ކުރެވިފައެވެ. މިހާރު ކަޅުވެލި ނެގުމަށް ހާއްސަ ކުރެވިފައިވާ ސަރަހައްދަކީ އާމަގުން ކުރިން ކަޅުވެލިނަގަމުންދިޔަ ސަރަހައްދުން އަލަށް ކޮށާފައިވާ މަގުގެ އިރު އުތުރުފަރާތެވެ. ވެލި ދޫކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ފަރާތަކަށް އެއްފަހަރާ ގިނަވެގެން 300 ގޯނި ކަޅުވެލި ކަމުގައި ދަންނަވަމެވެ.
ވީމާ،ކަޅުވެލި ނެގުމަށް ބޭނުންވާ ފަރާތްތަކުން ކައުންސިލުން ނަގަން ޖެހޭ ހުއްދަ ނެގުމަށްފަހު އެސަރަހައްދުން ކަޅުވެލި ނެގުމަށް ދަންނަވަމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
08 އޮކްޓޯބަރ 2026
08 އޮކްޓޫބަރު 2026