ދިވެހިރާއްޖެ
މި ކައުންސިލުން ދޭ މައުލޫމާތާއި އެއްގޮތަށް، އަމިއްލަތަކެތީގައި މުންޑޫ ކައުންސިލްގެ އުދަބާނި ގެސްޓްހައުސް ވަށާފާރު ރާނާދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިކައުންސިލަށް ދުރުވެ ބީލަމުގައި ރަޖިސްޓްރީވުން އެދެމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ ސުންގަޑީގެ ކުރިން ބީލަމުގައި ރަޖިސްޓްރީ ކޮށް މުންޑޫ ކައުންސިލްގެ އިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
|
ތަފްސީލް |
ތާރީހް |
ދުވަސް |
ގަޑި |
ތަން |
|
ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީކުރުން |
08 އޮކްޓޯބަރ 2026 އިން 18 އޮކްޓޯބަރ 2026 އަށް |
ރަސްމީ ކޮންމެ ދުވަހެއްގައި |
09:00 އިން 13:00 އަށް |
މުންޑޫ ކައުންސިލް އިދާރާ އަދި މެއިލް |
|
ބީލަން ފޮތް ހިއްސާކުރުން |
19 އޮކްޓޯބަރ 2026 |
ހޯމަ |
11:00 |
މެއިލް އަދި ކައުންސިލްގެ ރިސެޕްޝަން |
|
ބީލަން ހުށައެޅުން |
28 އޮކްޓޯބަރ 2026 |
ބުދަ |
10:00 |
މުންޑޫ ކައުންސިލް އިދާރާގެ މީޓިން ރޫމް |
ރަޖިސްޓްރީ ކުރަން ފޮނުވާ ސިޓީގައި ހިމަނަންޖެހޭ މަޢުލޫމާތު:
- އިޢުލާން ނަންބަރު (ކޮން މަސައްކަތެއްކަން އެނގޭގޮތަށް މެއިލްގެ ސަބްޖެކްޓްގައި ލިޔުމަށް):
- ކުންފުނި/ވިޔަފާރީގެ ނަން:
- ކުންފުނި/ވިޔަފާރީގެ ރަޖިސްޓްރޭޝަން ނަންބަރު:
- ގުޅޭނެ ފޯނު ނަންބަރު:
- އީމެއިލް އެޑްރެސް:
- ކުންފުނީގެ ވެރިފަރާތުގެ ނަން:
ބިޑް ރަޖިސްޓްރީނުކުރާ ފަރާތްތަކުގެ ބިޑް ބަލައިނުގަނެވޭނެ އެވެ. ބީލަމުގައި ރަޖިސްޓްރީވުމަށް މެއިލްކުރަށްވާނަމަ ([email protected]) އަށް މެއިލް ކުރެއްވުން އެދެމެވެ. ބިޑް ހުށައެޅުމަށް ގަޑިއަށް ޙާޒިރުނުވާ ފަރާތްތައް ބައިވެރި ނުކުރެވޭނެ ވާހަކަ ދަންނަވަމެވެ. ބިޑާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީ ގަޑީގައި މި އިދާރާގެ ފޯން 6800714 ނަންބަރު އާއި ގުޅުއްވުމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.
ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.