ދިވެހިރާއްޖެ
މިރަށު މަސްޖިދުލް ނަޖާތީއަށް، ވިނައިލް ސަޕްލައި ކުރުމާއި ވީނަލް އެޅުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށްބޭނުންވެއެވެ. ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ވާ ގޫގުލް ފޯރމް މެދުވެރިކޮށް ބީލަމަށް ރަޖިސްޓުރީވުން އެދެމެވެ.
|
ގަޑި |
ތާރީޙް |
ތަފްސީލް |
|
12:00 |
14 އޮކްޓޯބަރ 2026 (ބުދަ) |
ސުވާލެއްވާނަމަ އީމެއިލް ކުރައްވަންވީ ސުންގަޑި އީމެއިލް: [email protected] |
|
13:00 |
14 އޮކްޓޯބަރ 2026 (ބުދަ) |
ރަޖިސްޓަރ ވުމުގެ ސުންގަޑި |
|
10:30 |
18 އޮކްޓޯބަރ 2026 (އާދިއްތަ) |
އަންދާސީ ހިސާބު ހުށަހެޅުން |
|
ތަން: ހދ ފިނޭ ކައުންސިލް އިދާރާގެ ޖަލްސާ ކޮޓަރި |
||
|
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި ގުޅުއްވާނީ 6528127 އަށެވެ. |
||
އޮންލައިންކޮށް ރަޖިސްޓަރވުމަށް: https://forms.gle/bmZeKMsuYwqfB9jt5
މި ބީލަން ހުޅުވާލެވިފައި މިވަނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އަދި މި ބީލަމުގައި ރަޖިސްޓަރވެފައިވާ ފަރާތްކަށް އެކަނި ކަމުގައި ދަންނަވަމެވެ. ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވޭނީ އެއް އަންދާސީ ހިސާބެވެ.
މި މަސައްކަތާއި ބެހޭ މައުލޫމާތު ކަރުދާހެއް މި ޢިއުލާނާއެކު ގެޒެޓްކުރެވިފައިވާނެއެވެ. އަދި ބީލަމާ ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މައުލޫމާތުތައް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ. ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި ޢިއުލާންކުރީމެވެ.