ދިވެހިރާއްޖެ
ނަންބަރ: (IUL)413/413/2026/48
ގއ.ގެމަނަފުށީ ކައުންސިލުން ތަރައްޤީކުރާ ވޯޓާ ޕާކު ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ:
ގއ.ގެމަނަފުށީ ކައުންސިލުން ތަރައްޤީކުރާ ވޯޓާ ޕާކު، ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ރިތީގައި މިދެންނެވިފައިވާ ގޮތުގެމަތިން މަޢުލޫމާތު ސާފުކޮށް އަންދާސީ ހިސާބު ހުށައެޅުން އެދެމެވެ.
ބީލަމުގައި ރަޖިސްޓްރީވުމަށް [email protected] އަށް އީމެއިލް މެދުވެރިކޮށް ހުށަހަޅައިގެންނެވެ.
|
ތަފުސީލް |
ތާރީޙް |
ގަޑި |
|
ބީލަން ހުށައެޅުމަށް ރަޖިސްޓްރީވުން |
08 އޮކުޓޫބަރ 2026 އިން 13 އޮކުޓޫބަރ 2026 ގެ ނިޔަލަށް |
13 އޮކުޓޫބަރ 2026 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން އޮންލައިންކޮށް |
|
އަންދާސީ ހިސާބު ހުށައެޅުން އަދި ހުޅުވުން |
18 އޮކުޓޫބަރ 2026 ވާ އަދިއްތަ ދުވަހު |
13:00 ގައި ގއ.ގެމަނަފުށީ ކައުންސިލް މީޓިންރޫމް |
އަންދާސީ ހިސާބު ހުށައެޅުންވުމަށް ވަޑައިގަންނަވާ ކޮށްމެ ފަރާތަކުންވެސް ހުށައެޅުންވޭނީ 1 (އެކެއް) އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށައެޅުންވުން އޮންނާނީ ގއ. ގެމަނަފުށީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމްގައެވެ. އަންދަސީ ހިސާބު ހުށައެޅުންވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި، ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ އަދި މިބީލަމުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ. އަދި ކަޑައެޅިފައިވާ ގަޑީގެ ފަހުން ގެންނަ އަންދާސީ ހިސާބުތައް ހުށައްޅުމުގެ ފުރުސަތު ނުދެވޭނެއެވެ.
މި މަސައްކަތާ ބެހޭ މައުލޫމާތު ކަރުދާސް ރަޖިސްޓްރީވާ ފަރާތްތަކަށް އީމެއިލް މެދުވެރިކޮށް ފޮނުވޭނެއެވެ.
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
27 ރަބީޢުލް އާޚިރު 1448
08 އޮކުޓޫބަރ 2026