ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)425-A1/1/2026/224
ޕަބްލިޝްކުރި ތާރީޚް: 08 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 11:24
ސުންގަޑި: 15 އޮކްޓޫބަރު 2026 19:00
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުފައިވާ ހެންވޭރު ކާނިވާ ސްޓޭޖުގައި ހުރި ގުދަން - 1 ހުސްކުރުމާއި ގުޅޭ،

މި ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ހެންވޭރު ކާނިވާ ސްޓޭޖް މަތީގައި (ސްޓޭޖަށް ނުކުމޭގޮތަށް ދޮރުކަނޑާފައި) ހުރި ގުދަން- 1 ހުސްކުރުމަށް މި ކައުންސިލުގެ (30 އެޕްރީލް 2026) ގެ "ތަން ހުސްކުރުމުގެ ނޯޓިސް" އަށް އިޖާބަދީފައި ނުވާތީ މި ކައުންސިލްގެ ނަންބަރު: 425-A1/425/2026/4 (16 ޖުލައި 2026) ގެ އިޢުލާންއިން 19 ޖުލައި 2026 ވަނަ ދުވަހުގެ 14:00ގެ ނިޔަލަށް ތަން (ގުދަން) ހުސްކުރުމަށް އަންގާފައި ވީނަމަވެސް ގުދަން ހުސްކުރުމާ ގުޅޭގޮތުން ކައުންސިލަށް އިޖާބަ ދީފައެއް ނުވެއެވެ.

ވީމާ، މަތީގައި ބަޔާންކޮށްފައިވާ ގުދަނުގައި އެއްވެސް ފަރާތެއްގެ މުދަލެއް (ތަކެއްޗެއް) ހުރިނަމަ 15 އޮކްޓޫބަރު 2026 ވަނަ ދުވަހުގެ 18:00 ގެ ނިޔަލަށް މި ކައުންސިލްގެ ކަމާބެހޭ މުވައްޒަފުންގެ ޙާޟިރުގައި ތަކެތި ނެރެ ގުދަން ހުސްކުރުމަށް އަންގަމެވެ. މި ތާރީޚްގެ ނިޔަލަށް ގުދަން ހުސްކޮށްފައި ނުވާނަމަ ގުދަނުގައި ނުގެންގޮސް ހުރި ތަކެއްޗަކީ ބޭނުންނެތިގެން ދޫކޮށްލާފައި ހުރި ތަކެތި ކަމަށް ބަލައި މި ކައުންސިލުން ގުދަން ހުސްކޮށް ސާފުކޮށް އެތަކެތީގެ ތެރެއިން ކުނީގެ ގޮތުގައި ބެލެވޭ ތަކެތި އުކާލުމާއި ބޭނުން ކުރެވޭ ފަދަ ތަކެތި ހުރި ނަމަ އެފަދަ ތަކެތި ނީލަމުގައި ވިއްކާލެވޭނެކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

08 އޮކްޓޫބަރު 2026