ނީލަން
ނަންބަރު: U1-HC/IUL/2026/17
ޕަބްލިޝްކުރި ތާރީޚް: 07 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 22:17
ސުންގަޑި: 15 އޮކްޓޫބަރު 2026 14:00
އަރިއަތޮޅު އުތުރުބުރީ ތޮއްޑޫ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
މި މަރުކަޒުން ބައުވެގެންނާއި ހަލާކުވެގެން ނެގިފައިވާ ތަކެތި ނީލަން ކިޔުން

  • ·         ނީލަންކިޔުން:

             މި ސިއްޙީމަރުކަޒުގައި ހުރި ބައުތަކެތި ނީލަންކިއުން، 16 އޮކްޓޯބަރ 2026 ވާ ހުކުރު ދުވަހުގެ 16:00 ގައި މި ސިއްޙީމަރުކަޒުގެ

 

 ގޯތިތެރޭގައި އޮންނާނެ އެވެ. ނީލަން ކުރިއަށް ދާނީ ދުވަހު ނީލަމުގެ އުޞޫލުންނެވެ.

             ވީމާ، މި ނީލަމުގައި ބައިވެރިވެވަޑައިގަންނަވަން ބޭނުންފުޅުވާ ބޭފުޅުން، 16 އޮކްޓޯބަރ 2026 ވާ ހުކުރު ދުވަހުގެ 16:00   އަށް މި މަރުކަޒަށް ވަޑައިގެންދެއްވުން އެދެމެވެ.  

ނީލަން ކިއުމުގެ އުޞޫލު:

 

v      ނީލަންކިޔާތަކެތި ބައިބަޔަށް ( ލޮޓް ) ބެހުމަށްފަހު ކޮންމެ ލޮޓަކަށް ނީލަން ނަންބަރެއް ދެވިފައި ހުންނާނެއެވެ. އަދި ނީލަމުގައި ބައިވެރިވާ ފަރާތްތަކަށް ނީލަން ނަންބަރ ފެންނާނެހެން ލޮޓްގައި ހުންނާނެއެވެ.

v      ނީލަން ކުރިޔަށް ގެންދާނީ މަދުވެގެން 3 ބައިވެރިންގެ ހާޟިރުގައެވެ. ނަމަވެސް 3 ބައިވެރިން ހަމަނުވާނަމަ ދެވަނަ ފަހަރަށް އިޢުލާންކޮށް 2 ނުވަތަ 1 ބައިވެރިންގެ ހާޟިރުގައި ކަނޑައަޅާފައިވާ ގަޑީގައި ނީލަން ކުރިޔަށް ގެންދެވޭނެއެވެ.

v      ނީލަމުގައި ހުށައަޅާ އަގުތައް ނީލަމުގައި ބައިވެރިވާ ފަރާތްތަކަށް ހިނދުން ހިނދަށް އެންގޭނެއެވެ. ނީލަމުގައި ބައިވެރިޔަކު އަގެއް ހުށަޅައި އެ އަގަށްވުރެ މަތީ އަގެއް ހުށައެޅުމުގެ ފުރުޞަތު 3 ފަހަރު ދިނުމުންވެސް އިތުރު އަގެއް ނީލަމުގައި ބައިވެރިވާ އެހެން ފަރާތުން ހުށަނާޅައިފިނަމަ އެ އަގު ހުށައެޅި ފަރާތުން އެ ނީލަން ކާމިޔާބު ކުރީ ކަމުގައި ނިންމޭނެއެވެ.

v      ނީލަން ނިމުނުގޮތް ނީލަމުގައި ބައިވެރިވި ފަރާތްތަކުގެ ހާޟިރުގައި އިޢުލާނުކޮށް ނީލަން ކާމިޔާބު ކުރި ފަރާތަށް " ނީލަން ކާމިޔާބު ކުރިކަން އަންގާ ލިޔުން " ޙަވާލުކުރެވޭނެއެވެ.

v      ނީލަން ކާމިޔާބު ކުރިފަރާތުން ނީލަން ކާމިޔާބުކުރި އަގަށްވާ ފައިސާ 16 އޮކްޓޯބަރ 2026 ވާ ހުކުރު ދުވަހުގެ  18:00  ގެ ކުރިން މި މަރުކަޒުގެ ކައުންޓަރަށް ދައްކަންވާނެއެވެ. ނީލަން ކާމިޔާބު ކުރި ފަރާތަށް މުދާ ޙަވާލުކުރެވޭނީ ނީލަމުގެ އަގު ދެއްކުމަށް ފަހުގައެވެ. އަދި ނީލަން ކާމިޔާބުކުރި ފަރާތަށް އެ މުދަލުގެ މިލްކުވެރިކަން ބަދަލުވާނީ ނީލަމުގެ އަގު ދައްކައި ޚަލާސް ކުރުމަށް ފަހުގައެވެ.

v      ނީލަން ކާމިޔާބުކުރި ފަރާތުން އެ މުއްދަތުގެ ތެރޭގައި ފައިސާދައްކައި ޚަލާސް ނުކޮއްފިނަމަ، އެ މުދަލެއް އަލުން ނީލަން ކިއުމަށް އިޢުލާނު ކުރެވޭނެއެވެ.

 

                              26 ޖުމާދަލްއާޚިރް 1448

                              07  އޮކްޓޯބަރ 2026

 

07 އޮކްޓޫބަރު 2026