މަސައްކަތް
ނަންބަރު: (IUL)I9-HC/2026/06
ޕަބްލިޝްކުރި ތާރީޚް: 07 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 19:59
ސުންގަޑި: 22 އޮކްޓޫބަރު 2026 13:30
އަރިއަތޮޅު ދެކުނުބުރީ ދިއްދޫ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
އދ. ދިއްދޫ ސިއްޙީމަރުކަޒުގައި ލެބޯޓަރީއެއް ގާއިމްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

މި ސިއްޙީމަރުކަޒުގައި ލެބޯރެޓަރީއެއް ގާއިމް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މިކަމަށް ޝާއުގުވެރިވާ ފަރާތްތަކުން 07 އޮކްޓޫބަރ 2026 އިން 18 އޮކްޓޫބަރ 2026 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected]  އަށް ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެ. މި އިއުލާނާގުޅޭ ސައިޓް އިންސްޕެކްޝަން އޮންނާނީ 19 އޮކްޓޫބަރު 2026 ވާހޯމަ ދުވަހުގެ ހެނދުނު 10:30 ގައި އދ. ދިއްދޫ ސިއްޙީމަރުކަޒުގައެވެ. ސައިޓް އިންސްޕެކްޝަންގައި ބައިވެރި ނުވެވޭ ފަރާތް ތަކަށްވެސް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރސަތު އޮންނާނެއެވެ. މި އިޢުލާނާގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައި ވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނި 22 އޮކްޓޫބަރ 2026 ވާ ބުރާސްފަތި ދުވަހުގެ 13:30 ގައި އދ. ދިއްދޫ ސިއްޙީމަރުކަޒުގައެވެ.

މިއިއުލާނާ ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައި ގަންނަވާނަމަ 21 އޮކްޓޫބަރ 2026 ވާ ބުދަ ދުވަހުގެ 11:00 ގެ ކުރން [email protected] އަށް މެއިލް ކުރއްވުނ އެދެމެވެ. އަނަދާސީ ހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާއިރު، އަނަދާސީ ހިސާބު ހުށަހަޅާ ފަރާތާއި، ބަދަލުގައި މީހަކު ފޮނުވާނަމަ ބަދަލުގައި ފޮނުވާފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހިއްޕަވައިގެން ވަޑައިގަތުމަށް ދަންނަވަމެވެ. އަދި އަދާސީ ހިސާބު ހުށަހެޅުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަވެސް މަޢުލޫމާތައްޓަކައި ދެންނެވީމެވެ.          

07 އޮކްޓޫބަރު 2026