|
އިޢުލާނު
ތިނަދޫ ސިޓީގެ މިސްކިތްތަކުގައި ސަޕޯޓް ސްޓާފުންގެ ގޮތުގައި މަސައްކަތްކުރާ މުވައްޒަފުނަށް ދިމާވާ ހާލަތަކާއި ގުޅިގެން (ވަޒީފާއިންވަކިވުން، ޕޭލީވް، ނޯޕޭ ލީވް، އަހަރީ ޗުއްޓީ އާއިލީޒިންމާ ޗުއްޓީ، ސަލާމް ޗުއްޓީ) މަސައްކަތަށް ނުނިކުމޭގޮތް މެދުވެރިވެއްޖެ ހިނދެއްގައި ވަގުތީގޮތުން އެމަގާމްތަކުގައި މަސައްކަތް ކުރުމަށް 1 އަހަރުދުވަހުގެ މުއްތަށް އެކުލާލެވޭ ޕޫލްގައި ރަޖިސްޓްރީވުމުގެ ފުރުސަތަށް ޝައުގުވެރިވާ ފަރާތްތަކަށް އާއްމުކޮށް ހުޅުވާލަމެވެ.
|
|
މަޤާމު:
|
މިސްކިތު އެސިސްޓެންޓް (ވޭޖް/ޕޫލް)
|
|
ބޭނުންވާ އަދަދު:
|
10
|
|
މަޤާމުގެ ބާވަތާއި މުއްދަތު:
|
ވޭޖް އެންޕްލޯއިމަންޓް އުސޫލުން 1 (އެކެއް) އަހަރަށް
|
|
ވަޒީފާ އަދާކުރަން ޖެހޭ ތަން:
|
ތިނަދޫ ސިޓީގެ މިސްކިތްތަކުގައި
|
|
މަސައްކަތް ކުރަންޖެހޭ ވަގުތު:
|
ދާއިމީ މުވައްޒަފަކު ހަމަޖެހެންދެން (މަހަކު 155ގަޑި އިރު އިތުރު ނުވާގޮތަށް، ދުވާލަކު 5ގަޑިއިރު)
|
|
އުޖޫރަ:
|
މަސައްކަތް ކުރާ ގަޑިއަކަށް 94/10 (ނުވަދިހަ ހަތަރުރުފިޔާ ދިހަލާރި)
|
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- ކޮންމެ ނަމާދު ވަގުތެއްގެ 15 މިނެޓް ކުރިން މިސްކިތަށްގޮސް ނަމާދުކުރެވޭގޮތަށް މިސްކިތް ފޮޅާ ސާފުކުރުން.
- ސްޕައިވަޒަރު އަންގާ ގޮތެއްގެ މަތީން މިސްކިތްފޮޅާ ސާފުކުރުމާއި، ފާޚާނާއާއި، އިސްކުރުބަރިތައް ޤަވާއިދުން ޗެކްކުރުމާއެކު ސާފުކޮށް ބެލެހެއްޓުމާއި، މިސްކިތުގެ ގޯތިތެރޭއާއި މިސްކިތާއި އިންވެގެން އޮންނަ މަގުތައް ކުނިކެހުން:
- ކޮންމެ ދުވަހަކުވެސް މިސްކިތައްގޮސް ބިއްލޫރި ދޮރުތަކާއި، ލައިޓް،ފަންކާ އޭސީ އަދި ކަބަޑުތައް ފޮޅާ ސާފުކުރުން: އަދި ފަންކާތަކާއި، ލައިޓްތައް ދިއްލާ ނިންވުން.
- މިސްކިތަށް ލިބެމުންދާ ގެއްލުންތައް ޤަވާއިދުން ސްޕައިޒަރަށް އަންގަމުން ގެންދިއުން.
- ސްޕައިޒަރ ހަމަޖައްސާގޮތެއްގެ މަތީން މިސްކިތުގެ ގޯތިތެރޭގައި ގަސްއިންދާ ގަސްތައްކޮށާ ގަސްތަކަށްފެންދީ ބެލެހެއްޓުން.
- ކައުންސިލްގެ އިދާރާއިން ފޯރުކޮށްދޭ އެހެނިހެން ޚިދުމަތްތަކާ ހިންގާ އެކިއެކި ޕްރޮގްރާމާއި މުނާސަބުތައް ހިންގުމަށް ކައުންސިލުން އަންގައިފިހިނދެއްގައި ފުރިހަމައަށް އެއްބާރުލުން ދިނުން.
- މިސްކިތުގައި ކުރަންޖެހޭ ކުދިކުދި މަރާމާތުތައް ކުރުން.
- މިސްކިތް ބެލެހެއްޓުމާ ގުޅޭގޮތުން ޙަވާލުކުރެވޭ އެންމެހައި މަސައްކަތް ކުރުން
|
|
މަޤާމުގެ ޝަރުޠުތައް:
|
- ލިޔަން ކިޔަން އެނގުން.
- ފުރިހަމަ ސިއްހަތެއްގައި ހުރުން.
|
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ވޭޖް ޕޫލް ގައި ރަޖިސްޓްރީވުމަށް އެދޭ ފޯމު.
- މުއްދަތު ހަމަނުވާ އައ.ޑީ ކާޑު ކޮޕީ:
- ސީވީ (ވަނަވަރު).
- ޕޮލިސްރިޕޯޓް އަސްލު.
- ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.
|
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
- މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 19އޮކްޓޯބަރ 2026 ވަނަ ދުވަހުގެ 13:00 ގެ ކުރިން، ތިނަދޫސިޓީ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.
|
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6841044 އަށެވެ. އީ-މެއިލް ކުރާނީ ([email protected] ) އަށެވެ.
|