މަސައްކަތް
ނަންބަރު: 521-A/2026/4
ޕަބްލިޝްކުރި ތާރީޚް: 07 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 12:27
ސުންގަޑި: 15 އޮކްޓޫބަރު 2026 11:00
ތިލަދުންމަތީ ދެކުނުބުރީ ހިރިމަރަދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ހދ.ހިރިމަރަދޫ ކޯޓުގައި މިހާރު ގާއިމްކުރެވިފައިވާ ކަރަންޓް ވިއުގަ އަޕްގްރޭޑްކޮށް ކޯޓުގެ ކޮޓަރިތަކުގެ ސީލިންގ ޕީވީސީ ސީލިންގ އަށް އަމިއްލަ ތަކެތީގައި ބަދަލުކުރުމުގެ މަސައްކަތް

ބީލަން ހުށަހެޅުމުގެ ދަޢުވަތު

      މިކޯޓުގެ ކަރަންޓް ވިއުގަ އަޕްގްރޭޑް ކުރުމާއި ސީލިންގު ބަދަލުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މި މިކޯޓުގެ ނަންބަރ:   521-A/2026/3އިޢުލާނާ ގުޅިގެން ހުށަހެޅިފައިވާ އެސްޓިމޭޓުތަކާއެކު ބައެއް ލިޔެކިޔުންތައް ހުށަހަޅާފައި ނުވާތީ އާއި މަސައްކަތުގެ ސްކޯޕާ އަޅާބަލާއިރު ލިބިފައިވާ އެސްޓިމޭޓުތައް އަގުބޮޑުކަމަށް ފެންނާތީ، ދެންނެވުނު އިޢުލާނު  ބާޠިލްކޮށް މިކޯޓުގެ ކަރަންޓް ވިއުގަ އަޕްގްރޭޑްކޮށް އަދި ސީލިންގ މަރާމާތުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

  1. މިކޯޓުގެ ތިރީގައިވާ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

1.1. ހދ. ހިރިމަރަދޫ ކޯޓުގައި މިހާރު ގާއިމްކުރެވިފައިވާ ކަރަންޓް ވިއުގަ އަޕްގްރޭޑްކޮށް ކޯޓުގެ ކޮޓަރިތަކުގެ ސީލިންގ ޕީވީސީ ސީލިންގ އަށް އަމިއްލަ ތަކެތީގައި ބަދަލުކުރުމުގެ މަސައްކަތް

  1. މި މަސައްކަތް ހުޅުވާލެވިފައިވަނީ ތިރީގައި ބަޔާންކޮށްފައިވާ ފަރާތްތަކަށެވެ.

2.1- ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ތިރީގައި ބަޔާންކުރާ ފަރާތްތަކުގެ ތެރެއިން 2.2 ގައި ބަޔާންކުރާ ފަރާތްތަކަށެވެ.

 I. ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތައް.

 II.ޕާޓްނަރޝިޕް ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ޕާޓްނަރޝިޕްތައް.

 III. ކޯޕަރޭޓިވް ސޮސައިޓީގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކޯޕަރޭޓިވް ސޮސައިޓީތައް.

 IV. އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިތައް.

2.2- 2.1 ގައި ބަޔާން ކުރާ ފަރާތްތަކުގެ ތެރެއިން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތައް.

  1. މިމަސައްކަތާ ގުޅޭ ތަފްޞީލް މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2026 އޮކްޓޯބަރު 11 ވާ އާދީއްތަ ދުވަހުގެ 11:00 ގައި މިކޯޓު (ހދ.ހިރިމަރަދޫ މެޖިސްޓްރޭޓް ކޯޓު) ގައެވެ.މައުލޫމާތު ދިނުމުގެ ބައްދަލުވުމަށް ޙާޟިރުނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެއެވެ.
  2. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުމުގެ ބައްދަލުވުން އޮންނާނީ  2026އޮކްޓޯބަރު 15 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިކޯޓު (ހދ.ހިރިމަރަދޫ މެޖިސްޓްރޭޓް ކޯޓު) ގައެވެ.
  3. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ހދ.ހިރިމަރަދޫ މެޖިސްޓްރޭޓް ކޯޓް، ހދ.ހިރިމަރަދޫ، ދިވެހިރާއްޖެ ،ފޯން: 6521595  އަދި 6521596                   

 އީ-މެއިލް: [email protected]

07 އޮކްޓޫބަރު 2026