ދިވެހިރާއްޖެ
އިޢުލާން
މުވައްޒަފުން ބޭނުންވާ މަޤާމްތައް:
| މަޤާމުގެ ނަން: | 
 ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ  | 
| މަޤާމް އޮތް އޮފީސް: | 
 ހިރިޔާ ސްކޫލް  | 
| ވަޒީފާ އަދާކުރަންޖެހޭ ތަން: | 
 ހިރިޔާ ސްކޫލް / ކ. މާލެ  | 
| ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން: | 
 ބަޖެޓް  | 
| ބޭނުންވާ އަދަދު: | 
 1 (އެކެއް)  | 
| މުސާރަ: | 
 -/6،295 ރުފިޔާ  | 
| ސަރވިސް އެލަވަންސް: | 
 -/2،000 ރުފިޔާ   | 
| މަޤާމުގެ ރޭންކް: | 
 އެމް. އެސް. 2  | 
| މަޤާމުގެ ކްލެސިފިކޭޝަން: | 
 ސީނިއަރ އޮފިސަރ ގްރޭޑް 2  | 
| މަޤާމުގެ ޝަރުޠު: | 
 1. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ 2. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ 3. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛ 4. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.  | 
| 
 އެހެނިހެން ޢިނާޔަތްތައް:  | 
 އިތުރުގަޑީގައި މަސައްކަތްކުރަންޖެހޭނަމަ، ހަމަޖެހިފައި އޮންނަ އުސޫލާ އެއްގޮތަށް އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.  | 
| 
 މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:  | 
 1. ކަނޑައެޅިފައިވާ ހަފްތާއެއްގައި އޮފީސް ތަޅުދަނޑިގެނެސް އޮފީސް ހުޅުވުމާއި، އޮފީސް ނިމުމުން، އޮފީސް ބަންދުކޮށް ތަޅުދަނޑިއެޅުވުން. 2. ރިސެޕްޝަނުގައި ޑިއުޓީ ކުރަންޖެހޭ ވަގުތުތަކުގައި ޑިއުޓީކުރުން. 3. ޕަރޗޭސް އޯޑަރ ފޮނުވައިގެން ގަންނަ ތަކެއްޗާއި ހޯދާ ޚިދުމަތްތަކުގެ ބިލްތަކަށް ފައިސާ ދެއްކުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމާއި، ފައިސާ ދެއްކުމަށްޓަކައި ޕޯސްޓްކުރާ ބިލްތަކުގެ ސްޓޭޓަސް މަދުވެގެން ހަފްތާއަކު 1 ފަހަރު ބެލުމާއި، ދިމާވާ މައްސަލަތައް ޙައްލުކުރުން. 4. ސްކޫލުގެ ބަޖެޓަށް ބޭނުންވާ ފައިސާ ހޯދުމާއި، ބަޖެޓް ކޮންޓްރޯލް ހެދުމާއި، މިކަމާގުޅޭ އެންމެހައި ކަންކަން، އެޑްމިނިސްޓްރޭޓަރުގެ ލަފާގެމަތިން ކުރުން. 5. ސްކޫލުގެ މަރާމާތުކުރަންޖެހޭ ތަންތަން މަރާމާތުކުރުމުގެ ކަންކަން، އެޑްމިނިސްޓްރޭޓަރުގެ ލަފާގެމަތިން ހިންގުން. 6. ސްކޫލުގެ ކުނި އުކައިލުމުގެ ކަންކަމާއި، ސެކިއުރިޓީ ބެލެހެއްޓުމުގެ ކަންކަމާއި، ކެންޓީނުގެ ޚިދުމަތް ދިނުމުގެ ކަންކަން ހިނގާ ނުހިނގާގޮތް ބަލައި، އެޑްމިނިސްޓްރޭޓަރުގެ ލަފާގެ މަތިން އަޅަންޖެހޭ އިޞްލާޙީ ފިޔަވަޅު އެޅުނު. 7. އިޢުލާންކޮށްގެން ހޯދަންޖެހޭ ތަކެއްޗާއި ކުރަންޖެހޭ މަސައްކަތްކުރުމަށްޓަކައި ކުރަންޖެހޭ އިޢުލާން، ޕްރިންސިޕަލްގެ ލަފާފުޅުގެމަތިން ތައްޔާރުކޮށް، ކަމާއިބެހޭ ފަރާތްތަކަށް މަޢުލޫމާތުދީ، އަންގައި، އެ މަސައްކަތް ހަވާލުކޮށް، ކަނޑައެޅިފައިވާ ވަގުތަށް މަސައްކަތް ނިންމުން. 8. ބިޑް އުޞޫލުން ކުރަންޖެހޭ ކަންކަން ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް، އެޑްމިނިސްޓްރޭޓަރުގެ ލަފާގެމަތިން ރާވައިގެން ހިންގުމާއި، ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތަށް ބިޑަށް ހުޅުވައިލުމާއި، ބިޑް ބަލައިގަތުމާ ގުޅޭ އެންމެހައި ކަންކަން ކުރުން. 9. ޚަރަދު ރިޕޯޓާއި، ހަވާލުކޮށްފައިވާ މަސައްކަތްތަކާ ގުޅިގެން ހަދަންޖެހޭ އެނޫން ރިޕޯޓްތައް ހަދައި، ފޮނުވަންޖެހޭ ފަރާތްތަކަށް، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ފޮނުވުމާއި، ހަވާލުކޮށްފައިވާ މަސައްކާތާ ގުޅިގެން ބަލަހައްޓަންޖެހޭ ރެކޯޑްތައް ބެލެހެއްޓުން. 10. އަހަރު ނިމުމުން، އޮފީހުގެ ރަސްމީ ފައިލްތަކާއި ފޮތްތައް ހުންނަ ކަބަޑުތައް ސާފުކުރުވައި، ގިނަ ދުވަސްވީ ފޮތްތަކާ ފައިލްތައް ގުދަނަށްލުން. 11. ކޮންމެ މަހެއް ނިމުމުން، ހަމަޖެހިފައިވާ އުސޫލުން އެ މަހެއްގެ ބަޖެޓް ރިޕޯޓް، މިނިސްޓްރީ އޮފް އެޑިއުކޭޝަނަށާއި، ސްކޫލުގެ އިސްވެރިޔާއަށް އެރުވުން. 12. ކޮންމެ އަހަރަކުވެސް، ޖެހިގެން އަންނަ އަހަރަށް ތައްޔާރުކުރަންޖެހޭ ލަފާކުރާ ބަޖެޓް ތައްޔާރުކޮށް، ސްކޫލުގެ އިސްވެރިޔާގެ ލަފާގެމަތީން، މުއްދަތުގައި ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން. 13. ބޭނުންވެއްޖެ ހިނދެއްގައި ސްކޫލުގެ ތިޖޫރީ ބެލެހެއްޓުން. 14. ސްކޫލުގެ ތަފާސްހިސާބު (އެމިސް) ނިންމަން ކަނޑައެޅިފައިވާ ދުވަހަށް ނިންމުން.  | 
| 
 ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:  | 
  | 
| 
 ހުށަހަޅަންޖެހޭ ތަކެތި:  | 
 1. ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ހިރިޔާ ސްކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން މި ފޯމު ޑައުންލޯޑު ވެސް ކުރެވޭނެއެވެ.) 2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް. 3. ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) 4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް. 5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް. 6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)  | 
| 
 ސުންގަޑި:  | 
 މި މަޤާމަށް ޝައުޤުވެރިވާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، 2016 މާރިޗު 6 ވާ އާދީއްތަދުވަހުގެ މެންދުރު 14.00 ގެ ކުރިން، މަތީގައި ބަޔާންކުރެވިފައިވާ ތަކެތި، މި ސްކޫލަށް ހުށަހެޅުން އެދެމެވެ.  | 
| އިންޓަވިއު: | 
 - މި މަޤާމަށް މީހަކު ނެގުމަށް ހަމަޖެހިފައިވަނީ، އިންޓަވިއު ކުރުމަށްފަހުގައެވެ. އިޢުލާނުގެ މުއްދަތު ހަމަވާތާ 7 ދުވަހުގެ ތެރޭގައި އިންޓަވިއު ބާއްވާނެ ތާރީޚާއި ވަގުތެއް އެންގޭނެއެވެ. އިންޓަވިއު އޮންނާނީ، ހިރިޔާ ސްކޫލުގައެވެ. - މި މަޤާމަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރަށާއި، ތަޖުރިބާއަށާއި، މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީން ކަނޑައަޅާ ކްރައިޓީރިއާއެއްގެ ދަށުން، ޝޯޓް ލިސްޓު ކުރެވޭނެއެވެ. އިންޓަވިއު ކުރެވޭނީ، ޝޯޓް ލިސްޓު ކުރާއިރު ހޮވޭ ފަރާތްތަކާއެވެ.  | 
| އިތުރު މަޢުލޫމާތު: | 
 އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންނަމަ، 3307500 ނަންބަރު ފޯނާ ގުޅުން އެދެމެވެ.  | 
| 14 ޖުމާދަލްއޫލާ 1437 | |