ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)202-L/1 /2016/30
ޕަބްލިޝްކުރި ތާރީޚް: 24 ފެބުރުވަރީ 2016
ޕަބްލިޝްކުރި ގަޑި: 12:08
މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
ބޮޑުތަކުރުފާނުމަގު މަޖީދީމަގުން ފެށިގެން ވަކި ގަޑިތަކާއި ދުވަސްތަކެއްގައި އެއްގަމު އުޅަނދު ދުއްވުން މަނާ

އިޢުލާން

މި އޮތޯރިޓީގެ ނަންބަރު IUL)202-A/1/2016/17) އިޢުލާނުން ދަންނަވާފައިވާ މާލޭ ހުޅަނގު ފަރާތުގައި ހަދާފައިވާ ރަސްފަންނު ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުން މަނާ ވަގުތަށް ބަދަލު ގެނެސް މިދަންނަވާ ގޮތަށް ހަމަޖައްސައިފީމެވެ.

*  ބޮޑުތަކުރުފާނު މަގުގެމަޖީދީމަގުން ފެށިގެން ތާޖުއްދީން ހިނގުމާ ހަމައަށް ހަފުތާ ބަންދު ދުވަސްތަކާއި ރަސްމީ ބަންދު ދުވަސްތަކުގައި، ހަވީރު 16:00 އިން ރޭގަނޑު 22:00 އަށް

ވީމާ، އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފައިވާ ވަގުތާއި ދުވަސްތަކުގައި އެ ސަރަހައްދުގައި އެއްގަމުއުޅަނދު ދުއްވުމާއި ބޭނުންކުރުމަކީ މަނާކަމެއް ކަމުގައި އަންގައި އިޢުލާން ކުރީމެވެ. އަދި މިސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުމުގެ އެންމެ ބާރު މިނަކީ ގަޑިއަކު 15 ކިލޯމީޓަރު ކަމުގައިވެސް ދެންނެވީމެވެ.

15 ރަބީއުލްއާޚިރު 1437

 

24 ފެބުރުވަރީ 2016