ބީލަން
ނަންބަރު: (IUL)B01-KHC/2026/01
ޕަބްލިޝްކުރި ތާރީޚް: 06 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 13:02
ސުންގަޑި: 19 އޮކްޓޫބަރު 2026 13:00
ފެލިދެއަތޮޅު ކެޔޮދޫ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
ވ.ކެޔޮދޫ ޞިއްޙީމަރުކަޒުގައި ލެބޯޓްރީއެއް ޤާއިމްކުރުމުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުން

މިޞިއްޙީމަރުކަޒުގައި ލެބޯޓްރީއެއް ޤާއިމްކުރުމުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 6 އޮކްޓޯބާރ 2026 ވާ އަންގާރަ ދުވަހުން ފެށިގެން 19 އޮކްޓޯބާރ 2026 ވާ ހޯމަ

ދުވަހުގެ މެންދުރުފަހު 13:00ގެ ކުރިން [email protected]  އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ.މިއިޢުލާނާ ގުޅޭ ސައިޓް އިންސްޕެކްޝަން އޮންނާނީ 21 އޮކްޓޯބާރ 2026 ވާ ބުދަ ދުވަހުގެ ހެނދުނު 11:00ގައި(ވ.ކެޔޮދޫ ޞިއްޙީމަރުކަޒު)ގައެވެ. ސައިޓް އިންސްޕެކްޝަންގައި ބައިވެރި ނުވެވޭ ފަރާތްތަކަށްވެސް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ. މިއިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ.އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 25 އޮކްޓޯބާރ 2026 ވާ އާދިއްތަ ދުވަހުގެ ހެނދުނު 11:00 ގައި ވ.ކެޔޮދޫ ޞިއްޙީމަރުކަޒުގައެވެ.                                                        

މިއިޢުލާނާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 25 އޮކްޓޯބާރ 2026ވާ އާދިއްތަ ދުވަހު ހެނދުނު 10:45ގެ ކުރިން [email protected]  އަށް މެއިލްކޮށް ދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާއި އަންދާސީ ހިސާބު ހުހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

06 އޮކްޓޫބަރު 2026