ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)272-ESMS/272/2026/121
ޕަބްލިޝްކުރި ތާރީޚް: 06 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 10:54
ސުންގަޑި: 13 އޮކްޓޫބަރު 2026 13:00
މިލަދުންމަޑުލު އުތުރުބުރީ ނޫމަރާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ށ. ނޫމަރާގައި ކަނޑު އުޅަނދުފަހަރުގެ ލައިސެންސްގެ ޚިދުމަތް ފެށުމަށް އެގްޒަމިނަރުން ހޯދުމާއި ގުޅޭ

މި ކައުންސިލުގެ ނަންބަރު: (IUL)272-ESMS/272/2026/99 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ކުރިމަތިލާފައިނުވާތީ، ށ. ނޫމަރާގައި ކަނޑު އުޅަނދުފަހަރުގެ ލައިސެންސް ދިނުމުގެ ޚިދުމަތަށް އެގްޒަމިނަރަކު ހޯދުމަށް ބޭނުންވާތީ އަލުން އިޢުލާންކުރަމެވެ. އެގްޒެމިނަރގެ މަޤާމަށް ކުރިމަތިލާ ފަރާތަކީ ތިރީގައި މިދަންނަވާ ޝަރުޠުތައް ފުރިހަމަވެފައިވާ ފަރާތަކަށް ވާންވާނެއެވެ.

  • ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް އޮތް ފަރާތެއް ކަމުގައިވުން (ގިނަ ކެޓަގަރީތައް އޮންނަ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ. ޚާއްސަކޮށް ABCDE އޮތުންމުހިންމެވެ).
  • އަދި ކަނޑުއުޅަނދު ދުއްވުމުގެ ލައިސަންސް ނެގިފަހުން މަދުވެގެން 1 އަހަރު ވެފައިވާ ފަރާތެއްކަން ވުން.
  • ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި 2 އަހަރު އުޅަނދު ދުއްވުމުގައި ދެމިހުރިފަރާތެއް ކަމުގައިވުން.

 

                      ވީމާ، އެގްޒަމިނަރަކަށް ވުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން، އެގްޒަމިނަރަކަށް ވުމަށް އެދޭ ސިޓީއާއި އައިޑީ ކާޑުގެ ކޮޕީ އަދި ނިޔަމިކަމުގެ ސަނަދުގެ ކޮޕީ އާއި ކަނޑު އުޅަނދު ދުއްވުމުގެ ލައިސެންސް ގެ އަސްލާއެއްގޮތްކަމުގެ ކޮޕީއާއެކު 2026 އޮކްޓޫބަރު 13 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން  ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. އަދި ދަންނަވަމެވެ. ހަމަޖެހިފަވާ އުސޫލުގެމަތިން އިމްތިހާނު އޮންނަ ކޮންމެ ދުވަހަކަށް އެލަވަންސެއްގެ ގޮތުގައި 500.00ރ (ފަސްސަތޭކަ ރުފިޔާ) ލިބިލައްވާނެއެވެ.

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

06 އޮކްޓޫބަރު 2026