ޢާންމު މަޢުލޫމާތު
ނަންބަރު: (PP)307/INDIV/2026/2
ޕަބްލިޝްކުރި ތާރީޚް: 06 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 09:53
މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޢުޞޫލު ނަންބަރު: (PP)307/INDIV/2026/2 (ކައުންސިލްގެ އިޙްތިޞާސް ތެރޭގައި ހިމެނޭ އެންމެހާ ބިންތައް، އެކިއެކި ބޭނުންތަކަށް ކުއްޔަށްދިނުމާއި ބޭނުންކުރުމުގައި އަމަލުކުރާނެ ގޮތުގެ އުޞޫލު) އަށް 3 ވަނަ އިސްލާހު ގެނައުމުގެ ޢުޞޫލު.

    (PP)307/INDIV/2026/2:އުޞޫލު ނަންބަރު

ޢުޞޫލު ނަންބަރު: (PP)307/INDIV/2026/2 (ކައުންސިލްގެ އިޙްތިޞާސް ތެރޭގައި ހިމެނޭ އެންމެހާ ބިންތައް، އެކިއެކި ބޭނުންތަކަށް ކުއްޔަށްދިނުމާއި ބޭނުންކުރުމުގައި އަމަލުކުރާނެ ގޮތުގެ އުޞޫލު) އަށް 3 (ތިނެއް) ވަނަ އިސްލާހު ގެނައުމުގެ ޢުޞޫލު.

 

ޢުޞޫލު ނަންބަރު: (PP)307/INDIV/2026/2 (ކައުންސިލްގެ އިޙްތިޞާސް ތެރޭގައި ހިމެނޭ އެންމެހާ ބިންތައް، އެކިއެކި ބޭނުންތަކަށް ކުއްޔަށްދިނުމާއި ބޭނުންކުރުމުގައި އަމަލުކުރާނެ ގޮތުގެ އުޞޫލު) އަށް އަންނަނިވި އިސްލާހު ގެނައުން.

ބުނެވިދިޔަ އުސޫލުގެ 15 ވަނަ މާއްދާ (އެއްބަސްވުން އެކުލަވާލުން) އަންނަނިވި ގޮތަށް އިސްލާހުކުރުން؛

15.1    މި އުސޫލުގެ ދަށުން ކުއްޔަށް ދޫކުރެވޭ ކުލީ ބިމެއް، އެބިމެއްގެ އެއްބަސްވުން އެކުލާވާލުމަށްޓަކައި އެބިމެއްގެ "އެކުއިޒިޝަން ފީ" ގެ ގޮތުގައި އަންނަނިވި ގޮތުގެ މަތިން ފައިސާ ނެގިގެންދާނެއެވެ. އެގޮތުން؛

15.1.1    ބިމުގެ ބޮޑުމިން 1000 (އެއްހާސް) އަކަފޫޓަށްވުރެ ކުޑަ ނަމަ، ބިމުގެ އެކުއިޒިޝަން ފީގެ ގޮތުގައި 10,000.00 (ދިހަހާސް) ރުފިޔާ ދެއްކުން. 

15.1.2    ބިމުގެ ބޮޑުމިން 1000 (އެއްހާސް) އަކަފޫޓާއި 2000 (ދެހާސް) އަކަފޫޓާއި ދެމެދުގައިވާނަމަ ބިމުގެ އެކުއިޒިޝަން ފީގެ ގޮތުގައި 15,000.00 (ފަނަރަހާސް) ރުފިޔާ ދެއްކުން. 

15.1.3    ބިމުގެ ބޮޑުމިން 2000 (ދެހާސް) އަކަފޫޓާއި 5000 (ފަސްހާސް) އަކަފޫޓާއި ދެމެދުގައިވާނަމަ ބިމުގެ އެކުއިޒިޝަން ފީގެ ގޮތުގައި 20,000.00 (ވިހިހާސް) ރުފިޔާ ދެއްކުން. 

15.1.4    ބިމުގެ ބޮޑުމިން 5000 (ފަސްހާސް) އަކަފޫޓާއި 10000 (ދިހަހާސް) އަކަފޫޓާއި ދެމެދުގައިވާނަމަ ބިމުގެ އެކުއިޒިޝަން ފީގެ ގޮތުގައި 25,000.00 (ފަންސަވިސް ހާސް) ރުފިޔާ ދެއްކުން. 

15.1.5    ބިމުގެ ބޮޑުމިން 10000 (ދިހަހާސް) އަކަފޫޓާއި 15000 (ފަނަރަހާސް) އަކަފޫޓާއި ދެމެދުގައިވާނަމަ ބިމުގެ އެކުއިޒިޝަން ފީގެ ގޮތުގައި 30,000.00 (ތިރީސްހާސް) ރުފިޔާ ދެއްކުން.

15.1.6    ބިމުގެ ބޮޑުމިން 15000 (ފަނަރަހާސް) އަކަފޫޓާއި 25000 (ފަންސަވިސް ހާސް) އަކަފޫޓާއި ދެމެދުގައިވާނަމަ ބިމުގެ އެކުއިޒިޝަން ފީގެ ގޮތުގައި 35,000.00 (ތިރީސްފަސްހާސް) ރުފިޔާ ދެއްކުން. 

15.1.7    ބިމުގެ ބޮޑުމިން 25000 (ފަންސަވިސްހާސް) އަކަފޫޓަށްވުރެ ބޮޑުނަމަ، ބިމުގެ އެކުއިޒިޝަން ފީގެ ގޮތުގައި 50,000.00 (ފަންސާސްހާސް) ރުފިޔާ ދެއްކުން.

15.2    މި މާއްދާގެ 15.1 ގައި ވާގޮތުގެ މަތިން ބިމުގެ "އެކުއިޒިޝަން ފީ" ނެގިގެންދާނެ ބިންތައް ތިރީގައި ބަޔާންކުރެވިފައި މިވަނީއެވެ. އެގޮތުން؛ 

15.2.1    އޮޑިދޯނިފަހަރު ބަނުމާއި ވަޑާން އަދި ފައިބަރުގެ މަސައްކަތްތަކަށް 2 (ދޭއް) އަހަރަށްވުރެ ދިގު މުއްދަތަކަށް ދޫކުރެވޭ ބިންތައް. 

15.2.2    ފައިބަރުގެ ބާވަތްތައް އަދި ކެމިކަލް ރައްކާކުރުމަށް މިރަށުގެ ބަނދަރު ސަރަހައްދާއި ސިނާއީ މަސައްކަތް ކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުން ދޫކުރެވޭ ބިންތައް. 

15.2.3    ފައިބަރުގެ ބާވަތްތަކާއި ކެމިކަލް ފިޔަވައި އެހެނިހެން މުދާ ރައްކާކުރުމަށް މިރަށުގެ ބަނދަރު ސަރަހައްދާއި ސިނާއީ މަސައްކަތް ކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުން ދޫކުރެވޭ ބިންތައް.

15.2.4    އޮޑިދޯނިފަހަރު ބަނުމާއި ވަޑާން އަދި ފައިބަރުގެ މަސައްކަތް ފިޔަވައި އެހެނިހެން ސިނާޢީ މަސައްކަތްތައް ކުރުމަށް މިރަށުގެ ބަނދަރު ސަރަހައްދާއި ސިނާއީ މަސައްކަތް ކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުން  ދޫކުރެވޭ ބިންތައް. 

15.2.5    ތެލުގެ ވިޔަފާރިކުރުމަށް ދޫކުރެވޭ އެންމެހާ ބިންތައް. 

15.3    މި އުސޫލުގެ ދަށުން އެއްބަސްވުން އެކުލަވާލެވިގެންދާ ބިންތަކުގެ އެއްބަސްވުން އެކުލަވާލެވޭނީ މި މާއްދާގެ 15.1 ގައި ބަޔާންކުރާ "އެކުއިޒިޝަން ފީ" ކައުންސިލުން އަންގާ ގޮތެއްގެމަތިން ދައްކައި ޚަލާސްކުރުމުންނެވެ. 

15.4    މި އުސޫލުގެ ދަށުން އެއްބަސްވުން އެކުލަވާލެވިގެންދާ ބިންތަކުގެ "އެކުއިޒިޝަން ފީ" ދެއްކުމަށް، ބިން ކާމިޔާބުކޮށްފައިވާ ފަރާތަށް އެންމެ ގިނަވެގެން ދެވޭނީ 30 (ތިރީސް) ދުވަހުގެ މުއްދަތެކެވެ. 

15.5    މި މާއްދާގެ 15.4 ގައި ބަޔާޏްކޮށްފައިވާ 30 (ތިރީސް) ދުވަހުގެ މުއްދަތުގެ ތެރޭގައި "އެކުއިޒިޝަން ފީ" ގެ ފައިސާ ދައްކާފައިނުވާނަމަ އަންނަނިވި ގޮތުގެ މަތިން އަމަލުކުރުމުގެ ފުރިހަމަ އިޚްތިޔާރާއި ބާރު މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލަށް ލިބިގެންވެއެވެ. އެގޮތުން؛ 

15.5.1    ބިޑް ކާމިޔާބުކުރި ފަރާތް ބިޑުން އެކަހެރިކޮށް ބިޑް އިވެލުއޭޝަންގެ ދެވަނައަށް އެންމެ މަތިން މާކްސް ހޯދާފައިވާ ފަރާތަށް ބިން ހަވާލުކުރުމުގެ މަސައްކަތް ކުރުން.

15.5.2    ބިޑް ކާމިޔާބުކުރި ފަރާތް ކައުންސިލުގެ މިފަދަ ބިޑްތަކަށް ބްލެކްލިސްޓްކޮށް އަލުން ބިން ދޫކުރުމަށް އިޢުލާން ކުރުން. 

15.6    މި އުސޫލުގައި ބަޔާންކުރެވިފައިވާ ބިންތައް ދޫކުރުމުގެ އެޑްވާންސް ފައިސާގެ  ގޮތުގައި އެއްވެސް ފައިސާއެއް ނަގަމުންގެންދާނަމަ، މި އުސޫލަށް އަމަލުކުރަން ފެށުމާއެކު "އެކުއިޒިޝަން ފީ" ގެ އިތުރުން އެއްވެސް ފައިސާއެއް އެއްބަސްވުން އެކުލަވާލުމުގެ ގޮތުން ނެގިގެން ނުދާނެއެވެ. 

15.7    މި އުސޫލުގައި ބަޔާންކުރެވިފައިމިވާ "އެކުއިޒިޝަން ފީ" ގެ ފައިސާގެ %50، މަސްތަކަށް ބަހާލެވިގެން ފައިސާ ދެއްކި ފަރާތަށް އަނބުރާ ރައްދުކުރެވޭނެއެވެ. އެގޮތަށް ފައިސާ ރައްދު ކުރެވޭނީ ބިމުގެ ގްރޭސް ޕީރިއަޑް ހަމަވުމައްފަހު ދެންހިނަގާ މަސްތަކުގެ ބިމުކުލިން އެ ފައިސާ އުނިކުރާ ގޮތަށެވެ. 

15.8    މި އުސޫލުގައި ބަޔާންކުރެވިފައިމިވާ "އެކުއިޒިޝަން ފީ" ގެ ފައިސާގެ %50، މަސްތަކަށް ބަހާލެވިގެން ފައިސާ ދެއްކި ފަރާތަށް އަނބުރާ ރައްދުކުރެވޭއިރު، އެފައިސާ އުނިކުރެވޭ މަސްތަކުގެ ތެރެއިން އެންމެ މަހަކުވެސް ގަވައިދުން ބިމުކުލީގެ ފައިސާ ދައްކާފައިނުވާނަމަ، މި އުސޫލުގެ 15.7 ގައި ބަޔާންކުރެވިފައިވާ ގޮތުގެމަތިން "އެކުއިޒިޝަން ފީ" ގެ ބާކީ ބައި އަނބުރާ ރައްދު ނުކުރެވޭނެއެވެ. 

15.9    މި މާއްދާގައި "ބިމުކުލީގެ ފައިސާ ޤަވައިދުން ދެއްކުން" މާނަކުރެވިފައިއެވަނީ ކޮންމެ މީލާދީ މަހެއްގެ 10 ވަނަ ދުވަހުގެ ނިޔަލަށް އެމަހެއްގެ ބިމުކުލީގެ ފައިސާ މި ކައުންސިލަށް ދައްކާ ހަލާސްކޮށްފައިވުމެވެ.

ބުނެވިދިޔަ އުސޫލުގެ 14 ވަނަ މާއްދާ (މާކްސްދެ މިންގަނޑުތައް) ގެ 14.1 އަށް އަންނަނިވި ގޮތަށް އިސްލާހުކުރުން.

14.1 މި އުސޫލުގެދަށުން ދޫކުރެވޭ އެންމެހާ ބިންތައް އިވެލުއޭޓް ކުރުމުގައި މާކްސް ދެވޭނީ ތިރީގައި މިވާ ގޮތުގެ މަތިން ބިޑް ކޮމެޓީގެ ބެލުމުގެ ދަށުންނެވެ.

14.1.1 ކުލީގެ ގޮތުގައި އަކަފޫޓަކަށް ހުށައަޅާ އަގު.

14.1.2 ހުށައަޅާ ފަރާތުގެ މާލީ ތަނަވަސްކަން.

14.1.3 ބިޑްހުށައަޅާ ބޭނުމާއި ގުޅޭ ތަޖުރިބާ.

14.1.4 ބިމުގައި ކުރަން ގަސްތުކުރާ އިންވެސްޓްމަންޓްގެ މިންވަރަށް ބަލައި މި އުސޫލުގެ ދަށުން މާކްސް ދެވިދާނެއެވެ.

14.1.5 މިރަށުގެ ލޭންޑް ޔޫސް ޕްލޭންގެ ދަށުން ހުސްކުރަންޖެހޭ ބިމެއް އޮވެ ގަވާއިދާއި އެއްގޮތަށް ފައިސާ ދައްކަމުންދާ ފަރާތެއްނަމަ އެފަރާތަކަށް މި އުސޫލުގެ ދަށުން އިތުރު މަކްސް ކަނޑައެޅިދާނެއެވެ.

14.1.6 އިޖްތިމާއީ ޒިންމާގެ ދަށުން ރަށުގެ ތަރައްޤީއަށް ކޮށްދޭވެ ކަންތައްތައް / މާލީ އެހީތެރިކަން.

މި އުސޫލުގެދަށުން މާކްސް ކަނޑައެޅިފައިވާ ގޮތް: 

މާކްސް ދެވޭ ކަންކަން

ޖުމްލަ މާކްސް

ތަފްޞީލް

ކުލީގެ ގޮތުގައި ހުށައަޅާ އަގު

75

  • މާކްސް ދެވޭނީ އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ހުށަހަޅާ އެންމެބޮޑު ކުއްޔަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓްކޮށްފައިވާ މާކްސް ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ބޮޑު ކުއްޔަށެވެ.

މާލީ ތަނަވަސްކަން

5

  • ބިމުގައި ކުރަން ގަސްތުކުރާ މަސައްކަތާއި އެކަށީގެންވާ މާލީ ތަނަވަސްކަން ހުރިކަން ބަޔާންކޮށްފައިވާ ލިޔުމެއް ނުވަތަ 6 މަސްދުވަހުގެ ބޭންކް ސްޓޭޓްމަންޓް ހުށައެޅުން.

ތަޖްރިބާ

5

  •  މާކްސް ދޭނީ ބިޑު ހުށަހަޅާފައިވާ ފަރާތްތަކުން ކޮށްފައިވާ މަސައްކަތުގެ ތަޖުރިބާއަށް ބަލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ ކޮށްފައިވާ މަސައްކަތްތަކުގެ އަދަދަށް ބަލައިގެން 10 ތަޖުރިބާއަށްވުރެ ގިނަ ނުވާގޮތަށެވެ.

އިންވެސްޓްމަންޓްގެ ބޮޑުމިން

5

  • ބިމުގައި ކުރަން ގަސްތުކުރާ އިންވެސްޓްމަންޓްގެ މައުލޫމާތު ހިމެނުމަށް. އެގޮތުން؛
  • އަމިއްލަ މަސައްކަތެއް ކުރާނަމަ އެ މަސައްކަތެއްގެ ތަފްސީލް އަދި އަންދާޒާކުރާ މަސައްކަތުގެ ހަރަދު އަދި އިންވެސްޓްމަންޓް.
  • އިތުރު ފަރާތެއްގެ މަސައްކަތްތަކެއް ކުރުމަށް ބިން ހޯދާނަމަ، އެ މަސައްކަތްތަކުގެ ތަފްސީލް/އެއްބަސްވުން، އެކަމަށް ހިނގާ ހަރަދު ނުވަތަ އިންވެސްޓްމަންޓްގެ މިންވަރު ބަޔާންކުރާ ލިޔުން.

މިރަށުގެ ލޭންޑްޔޫސް ޕްލޭންގެ ދަށުން ހުސްކުރާ ބިމެއް ވާނަމަ.

5

  • މިރަށުގެ ލޭންޑް ޔޫސް ޕްލޭންގެ ދަށުން ހުސްކުރަންޖެހޭ ބިމެއް އޮތްފަރާތެއްކަމުގައިވުން.
  • އެ ބިމެއް ކައުންސިލުން ހުސްކުރުމަށް އަންގާ މުއްދަތެއްގެ (ގިނަވެގެން 3 މަސްދުވަހުގެ ތެރޭގައި) ހުސްކޮށް ކައުންސިލާއި ލިޔުމުން ހަވާލުކުރާނެކަމުގެ ލިޔުން ހުށައެޅުން.

އިޖްތިމާއީ ޒިންމާގެ ދަށުން ރަށުގެ ތަރައްޤީއަށް ކޮށްދޭވެ ކަންތައްތައް / މާލީ އެހީތެރިކަން.

5

  • އިޖްތިމާއީ ޒިންމާގެ ދަށުން ރަށުގެ ތަރައްޤީއަށް ކޮށްދޭވެ ކަންތައްތައް / މާލީ އެހީތެރިކަމުގެ ގޮތުގައި ކޮށްދިނުމަށް ހުށައަޅާ ކަންކަން. އެގޮތުން؛
  • ހުށައަޅާ ކަންކަމުގެ މައުލޫމާތާއި އެކަންކަން ކުރުމަށް ހުށައަޅާ މުއްދަތު ނުވަ ތާރީހުތައް ބަޔާންކުރާ ލިޔުން ހުށައެޅުން.
  • މާލީ އެހީތެރިކަމުގެ ގޮތުގައި ދިނުމަށް ހުށައަޅާ މިންވަރާއި އެކަމުގެ ޝެޑިއުލް ބަޔާންކުރާ ލިޔުން ހުށައެޅުން.
  • މި ބަޔަށް އެންމެ ގިނަވެގެން ދެވޭނީ 5 މާކްސް އެވެ. މާކްސް ދެވޭނީ ކޮންމެ އަހަރަކަށްވެސް ވަކިން ހުށައަޅާ ކަންކަމުގެ މައްޗަށް ބިނާކޮށެވެ

އުޞޫލަށް އަމަލުކުރަންފެށުން:

މި އުޞޫލަށް އަމަލްކުރަންފަށާނީ، ކައުންސިލުން މި އުޞޫލް ފާސްކޮށް، ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރާ ތާރީޚުން ފެށިގެންނެވެ 

06 އޮކްޓޫބަރު 2026