ޢާންމު މަޢުލޫމާތު
ނަންބަރު: K4C-A/2026/20
ޕަބްލިޝްކުރި ތާރީޚް: 04 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 15:21
ސުންގަޑި: 08 އޮކްޓޫބަރު 2026 11:00
މުލަކަތޮޅު މުލަކު މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
އިޢްލާން

މުލަކަތޮޅު މުލަކު މެޖިސްޓްރޭޓް ކޯޓު

     މ. މުލައް،

      ދިވެހިރާއްޖެ

ނަންބަރު: K4C-A/2026/20

އިޢުލާން

 

މ. މުލަކު މެޖިސްޓްރޭޓް ކޯޓުގެ ވެއިޓިން އޭރިޔާ އަދި މީޓިންގ ރޫމާއި ގުދަނުގައި ހަރުކޮށްފައިވާ އޭސީތައް މަރާމާތުކޮށް ސާރވިސް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

މި ކޯޓުގެ ވެއިޓިންގ އޭރިޔާ އަދި މީޓިންގ ރޫމާއި ގުދަނުގައި ހަރުކޮށްފައި ހުރި އޭސީތައް  އަމިއްލަ ޚަރަދުގައި މަރާމާތުކޮށް ސާރވިސް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ މިކަމަށް ޝަޢުޤުވެރިކަންހުރި ޤާބިލު ފަރާތްތަކުން 08 އޮކްޓޫބަރ 2026 ވަނަ ދުވަހުގެ 11:00 އަށް މ.މުލަކު މެޖިސްޓްރޭޓް ކޯޓަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ތިރީގައިވާ ގޮތުގެ މަތީން އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

އަންދާސީ ހިސާބު ހުށަހެޅުން

މި މަސައްކަތުގެ އަންދާސީ ހިސާބު ބަލައިގަތުމާއި، އަންދާސީ ހިސާބުތައް ހުޅުވުން އޮންނާނީ 13 އޮކްޓޫބަރ 2026 ވަނަ ދުވަހުގެ 11:00 ގައި މ.މުލަކު މެޖިސްޓްރޭޓް ކޯޓުގައެވެ. އަންދާސީ ހިސާބުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި މަސައްކަތުގެ ނަން، ތާރީޚާއި ވަޤުތު އަދި އަންދާސީ ހިސާބު ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

މިމަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަންދާސީ ހިސާބު ހުށަހެޅުވުމަށް، ވިޔަފާރީގެ ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން، ވިޔަފާރީގެ ރަޖިސްޓްރީގެ ކޮޕީއާއެކު އައިޑީ ކާޑު ގެންނެވުން އެދެމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ. 

04 އޮކްޓޫބަރު 2026