ދިވެހިރާއްޖެ
|
ށ. އަތޮޅު ހޮސްޕިޓަލުގެ މެޝިނަރީސް ރައްކާކޮށް ބަހައްޓާނެ ގުދަނެއް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިހޮސްޕިޓަލްގެ ނަންބަރު (IUL)SH-FAH-A/2026/33 (24 ސެޕްޓެމްބަރ 2026) އިއުލާނާއި ގުޅިގެން ހުށައަޅާފައިވާ އަގުތައް މަސައްކަތަށް ކަނޑައެޅިފައިވާ އަގަށްވުރެ މަތިކަމަށް ފެންނާތީ އެއިއުލާން ބާތިލްކޮށް އަލުން އިއުލާންކުރަމެވެ. ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 8 އޮކްޓޫބަރ 2026 ވާ ބުރާސްފަތި ދުވަހު 13:00 މިހޮސްޕިޓަލަށް ހާޒިރުވެ މައުލޫމާތު ސާފުކުރެއްވުންއެދެމެވެ. މިއިއުލާނާއިގުޅޭ އަންދާސީ ހިސާބު ހުށައެޅުން އޮންނާނީ 13 އޮކްޓޯބަރ 2026 ވާ އަންގާރަ ދުވަހުގެ 13:00ގައި ށ.އަތޮޅު ހޮސްޕިޓަލުގެ މީޓިންގ ރޫމުގައެވެ. މި އިޢުލާނާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ 12 އޮކްޓޯބަރ 2026 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. އަދި މިމަސައްކަތާއި ގުޅިގެން ދެވޭ މައުލޫމާތު ސެޝަންއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި 6540209 އަށް ގުޅުއްވުން އެދެމެވެ. |