ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)259/2026/84
ޕަބްލިޝްކުރި ތާރީޚް: 04 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 11:58
ސުންގަޑި:
11 އޮކްޓޫބަރު 2026 14:00
ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ އެގްޒަމިނަރުން ހޯދުން.
ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ ޚިދުމަތް އަތޮޅު ކައުންސިލްތަކުގެ އިތުރުން ރަށު ކައުންސިލްތަކުންވެސް ކުރިއަށް ގެންދިއުމުގެ ފުރުޞަތު މިނިސްޓްރީން ފަހިކޮށްދެއްވާފައިވާތީ މި ރަށުގައި މި ޚިދުމަތް ފެށުމަށްޓަކައި ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް އޮތް 1 އެގްޒަމިނަރ ހޯދުމަށް ބޭނުއްވެއެވެ. އެގްޒަމިނަރަށް ކޮންމެ ޕްރެކްޓިކަލް އެގްޒާމް އަކަށް -/50ރ ދިނުމަށް ހަމަޖެހިފައި ވެއެވެ.
ޝަރުޠުތައް:
- ނިޔަމިކަމުގެ ސެޓްފިކެޓް އޮތުމާއެކު ގިނަ ކެޓަގަރީތަކުގެ ލައިސަންސް އޮތް ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
- ކަނޑުގެ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ނެގިފަހުން، މަދުވެގެން 1 (އެކެއް) އަހަރު ދުވަހު އުޅަނދުފަހަރު ދުއްވުމުގެ ތަޖުރިބާ ލިބިފައިވުން، އަދި އެންމެ ގިނަ ދުވަހު މަސައްކަތުގައި އުޅެފައިހުރި ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:
- ކަނޑުގެ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ކާޑުގެ ކޮޕީ
- ނިޔަމިކަމުގެ ސަނަދުގެ ކޮޕީ
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 11 އޮކްޓޯބަރ 2026 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން، މަތީގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް މިއިދާރާއަށް ވަޑައިގެން ނުވަތަ މިއިދާރާގެ އީމެއިލް އެޑްރެސް ([email protected]) މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ.
04 އޮކްޓޫބަރު 2026