ނީލަން
ނަންބަރު: (IUL)305/305/2026/150
ޕަބްލިޝްކުރި ތާރީޚް: 01 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 08:10
ސުންގަޑި: 07 އޮކްޓޫބަރު 2026 16:00
މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނީލަން ކިޔުމާއި ގުޅޭ:

       މިއިދާރާގެ ބެލުމުގެ ދަށުގައިހުރި ބައެއް ތަކެތި ނީލަން ކިޔުމަށް ބޭނުންވެއެވެ. މިތަކެތި ނީލަން ކިޔުން 07 އޮކްޓޯބަރ 2026 ވާ ބުދަ ދުވަހުގެ ހަވީރު އޮންނާނެ ވާހަކަ ދަންނަވަމެވެ. މިތަކެތީގެ ނީލަން ފެށޭނީ ބައު އިންޖީނުގެ ގޯތިތެރެއިން ކަމުގައި ދަންނަވަމެވެ. މި ނީލަން ފެށުމަށް ހަމަޖެހިފައިވަނީ ހަވީރު 16:00 ގައި ކަމުގައި ދަންނަވަމެވެ.

       މިހެންކަމުން މިނީލަމުގައި ބައިވެރިވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ބައު އިންޖީނުގެ ގޯތިތެރެއަށް ޙާޟިރުވެދެއްވުން އެދި ދަންނަވަމެވެ. އަދި މި ނީލަމުން ނަންގަވާ ތަކެއްޗަށް ރަސްމީ 3 ދުވަހުގެ ތެރޭގައި ފައިސާ ދައްކަންވާނެއެވެ. ފައިސާ ދައްކާ ނުގެންގޮސް ހުންނަ ތަކެތި، އަލުން ނީލަމުގައި ވިއްކާލެވޭނެއެވެ. އަދި މިއިއުލާނާއެކު ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ ލިސްޓް ޢާންމުކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.

              މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

01 އޮކްޓޫބަރު 2026