ދިވެހިރާއްޖެ
`
ހައްދުންމަތީ މާވަށު މެޖިސްޓްރޭޓްކޯޓް
ލ.މާވަށް
ދިވެހިރާއްޖެ
ނަންބަރު: 660-A/2026/7
އިޢުލާނު
ކާވެނި ކޮށްދިނުމަށް އެދި ހުށަހަޅާ ފޯމާއެކު ތެލެސީމިއާ ކާޑު ހުށަހަޅަންޖެހޭކަން އެންގުން
2026 އޮކްޓޫބަރު 1 ވަނަ ދުވަހުން ފެށިގެން ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައިވާ ގަވާއިދު ނަންބަރު 2026/R-60 'މެޖިސްޓްރޭޓް ކޯޓުތަކުގެ ގަވާއިދު' ގެ 83 ވަނަ މާއްދާގައި ވާގޮތުން ކައިވެނިކުރުމަށް އެދި ހުށަހަޅާއިރު، ކައިވެނިކުރަން އެދޭ 2 މީހުން ތެލަސީމިއާއަށް ޓެސްޓްކޮށް، އޭގެ ނަތީޖާ (ތެލެސީމިއާ ކާޑު) ހުށަހަޅަންވާނެކަމަށް ބަޔާން ކޮށްފައި ވާތީ، 2026 އޮކްޓޫބަރު 1 އިން ފެށިގެން މި ކޯޓުން ކާވެނިކޮށް ދިނުމަށް ހުށަހަޅާ ފޯމާއެކު ތެލެސީމިއާ ކާޑު ހުށަހަޅަން ޖެހޭނެ ކަމުގެ ވާހަކަ އަންގަމެވެ.
ނަމަވެސް، ކައިވެނިކުރަން އެދޭ 2 މީހުން ކުރެ އެކަކުގެ ކިބައިގައި ތެލެސީމިއާ ވާރުތަކުރާ ގޮތް ނެތް ނަމަ، ކައިވެނިކުރަން އެދޭ ދެވަނަ މީހާގެ ތެލެސީމިއާ ޓެސްޓުގެ ނަތީޖާ ހުށަހެޅުން ލާޒިމު ނުވާނެ ކަމުގެ ވާހަކަވެސް އަންގަމަވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
19 ރަބީޢުލްއާޚިރް 1448
30 ސެޕްޓެމްބަރ 2026