ބީލަން
ނަންބަރު: (IUL)SH-AH/2026/36
ޕަބްލިޝްކުރި ތާރީޚް: 01 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 13:41
ސުންގަޑި: 11 އޮކްޓޫބަރު 2026 13:00
ށ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ށ. އަތޮޅު ހޮސްޕިޓަލުގެ ލޯންޑްރީ ފެންޑާ މަރާމާތުކުރުމާއި އޮޕޮރޭޝަން ތިއޭޓަރގެ ދޮރުފަތްތައް ބަދަލުކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ:

ށ. އަތޮޅު ހޮސްޕިޓަލުގެ ލޯންޑްރީ ފެންޑާ މަރާމާތުކުރުމާއި އޮޕޮރޭޝަން ތިއޭޓަރގެ ދޮރުފަތްތައް ބަދަލުކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ:

             ށ. އަތޮޅު ހޮސްޕިޓަލުގެ ލޯންޑްރީ ފެންޑާ މަރާމާތުކުރުމާއި އޮޕޮރޭޝަން ތިއޭޓަރގެ ދޮރުފަތްތަކާއި ޗޭޖިންގ ރޫމް ކަބަޑުތައް އަދި ސިންކް ކަބަޑުތައް ބަދަލުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިހޮސްޕިޓަލްގެ ނަންބަރު (IUL)SH-FAH-A/2026/31 (21 ސެޕްޓެމްބަރ 2026) އިއުލާނާއި ގުޅިގެން ހުށައަޅާފައިވާ އަގުތައް މަސައްކަތަށް ކަނޑައެޅިފައިވާ އަގަށްވުރެ މަތިކަމަށް ފެންނާތީ އެއިއުލާން ބާތިލްކޮށް އަލުން އިއުލާންކުރަމެވެ. 

            ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 5 އޮކްޓޫބަރ 2026 ވާ އަންގާރަ ދުވަހު 13:00 މިހޮސްޕިޓަލަށް ހާޒިރުވެ މައުލޫމާތު ސާފުކުރެއްވުންއެދެމެވެ.

           މިއިއުލާނާއިގުޅޭ އަންދާސީ ހިސާބު ހުށައެޅުން އޮންނާނީ 11 އޮކްޓޯބަރ 2026 ވާ އާދިއްތަ ދުވަހުގެ 13:00ގައި ށ.އަތޮޅު ހޮސްޕިޓަލުގެ މީޓިންގ ރޫމުގައެވެ.

           މި އިޢުލާނާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ 8 އޮކްޓޯބަރ 2026 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. އަދި މިމަސައްކަތާއި ގުޅިގެން ދެވޭ މައުލޫމާތު ސެޝަންއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި 6540209 އަށް ގުޅުއްވުން އެދެމެވެ.

01 އޮކްޓޫބަރު 2026