ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)320-PRM/320/2026/79
ޕަބްލިޝްކުރި ތާރީޚް: 01 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 09:40
ސުންގަޑި: 30 އޮކްޓޫބަރު 2026 00:00
މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދޯނި އެހެލާ ސަރަހައްދުގައި ހުރި ތަކެތި ނެގުމާ ގުޅޭ

ނަންބަރު: (IUL)320-PRM/320/2026/79

 

އިޢުލާނު

 

 ދޯނި އެހެލާ ސަރަހައްދުގައި ހުރި ތަކެތި ނެގުމާ ގުޅޭ

 

                  އިޢުލާން ނަންބަރު: (IUL)320-PRM/320/2026/39 ޙަވާލާދީ ދަންނަވަމެވެ.

           ދޯނި އެހެލާ ސަރަހައްދުގައި ކައުންސިލްގެ ހުއްދަ ނުހޯދާ ބަހައްޓާފައިވާ ތަކެތި (އޮޑިދޯނިފަހަރުގެ ބައިތަކާއި، ލަކުޑި، ދަގަނޑު، ފައިބަރު އަދި އެހެނިހެން ބާވަތްތަކުގެ ތަކެތި) ހުރިކަން ކައުންސިލަށް ވަނީ ފާހަގަ ކުރެވިފައެވެ. އަދި މިތަކެތި މިގޮތަށް ހުރުމުން ރަށުގެ މަލަމަތި ހަޑިވެ، ބަލިތައް ފެތުރުމަށް މަގުފަހިވެގެންދެއެވެ.

           ވީމާ، 2026 އޮކްޓޯބަރު 30 ވާ ހުކުރު ދުވަހުގެ ކުރިން އެ ސަރަހައްދުން މިތަކެތި ނަންގަވައި، ސާފުކުރެއްވުމަށް ދެންނެވީމެވެ. އަދި ބަޔާންކުރެވިފައިވާ މުއްދަތުގެ ތެރޭގައި ނުނަގައި ހުންނަ ތަކެއްޗަކީ ވެރިއަކު ނެތް ތަކެތި ކަމުގައި ބަލައި، އެތަކެތި އެ ސަރަހައްދުން ނައްތާލެވޭނެއެވެ. އަދި މިގޮތަށް ނައްތާލެވޭ ތަކެއްޗަށް މި ކައުންސިލުން ޒިންމާ ނުވާނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

              މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކާ އިޢުލާނު ކުރީމެވެ.

             20  ރަބީޢުލްއާޚިރު  1448ހ

01 އޮކްޓޫބަރު 2026