ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)305/305/2026/146
ޕަބްލިޝްކުރި ތާރީޚް: 29 ސެޕްޓެންބަރު 2026
ޕަބްލިޝްކުރި ގަޑި: 11:40
މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދައު އަޅައިގެން މަސްވެރިކަން ކުރުމާ ގުޅޭ

އަމިއްލަބޭނުމަށް ކުރާ މަސްވެރިކަމުގައި ދައު އަޅައިގެން މުށިމަސް ހިފުމާއި އެންހިފުމަކީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޢާއްމުޤަވާޢިދު R-75/2020 ޤަވާޢިދުގެ 5 ވަނަ މާއްދާގެ (ހ) ގެ ދަށުން މަނާކަމެއް ކަމުގައި ހަމަޖައްސާފައި ވަނިކޮށް މިޤަވާޢިދާ ޚިލާފަށް ބައެއް ފަރާތްތަކުން މިރަށު އުތުރު ފަރާތު ބަނދަރު ފަޅުތެރެއިންނާއި އަދި ރަށުގެ ފަޅުގެ ސަރަހައްދުން ބޭރުގައި ދައު އަޅައިގެން މަސް ހިފަމުންދާކަން މިކައުންސިލަށް މަޢުލޫމާތު ލިބެމުން ދެއެވެ.

ވީމާ، އެފަދަ ޢަމަލުތައް ނުކުރުމަށް ހުރިހާ ފަރާތްތަކަށް އަންގަމެވެ. އަދި އެބާވަތުގެ ޢަމަލުކުރާ ފަރާތްތަކުގެ މައްސަލަ ބަލާ، ޤަވާޢިދުން ފިޔަވަޅު އެޅޭނެކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.

29 ސެޕްޓެންބަރު 2026