ޢާންމު މަޢުލޫމާތު
ނަންބަރު: 611/-A/2026/9
ޕަބްލިޝްކުރި ތާރީޚް: 30 ސެޕްޓެންބަރު 2026
ޕަބްލިޝްކުރި ގަޑި: 09:35
އަރިއަތޮޅު ދެކުނުބުރީ މަންދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ކާވެނި ކޮށްދިނުމަށް އެދި ހުށަހަޅާ ފޯމާއެކު ތެލެސީމިއާ ކާޑު ހުށަހަޅަންޖެހޭކަން އެންގުން

2026 އޮކްޓޫބަރު 1 ވަނަ ދުވަހުން ފެށިގެން ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައިވާ ގަވާއިދު ނަންބަރު: 2026/R-60 'މެޖިސްޓްރޭޓް ކޯޓުތަކުގެ ގަވާއިދު' ގެ 83 ވަނަ މާއްދާގައި، ކައިވެނިކުރުމަށް އެދި ހުށަހަޅާއިރު، ކައިވެނިކުރަން އެދޭ 2 މީހުން ތެލަސީމިއާއަށް ޓެސްޓްކޮށް، އޭގެ ނަތީޖާ (ތެލެސީމިއާ ކާޑު) ހުށަހަޅަންވާނެކަމަށް ބަޔާން ކޮށްފައި ވާތީ، 2026 އޮކްޓޫބަރު 1 އިން ފެށިގެން މި ކޯޓުން ކާވެނިކޮށް ދިނުމަށް ހުށަހަޅާ ފޯމާއެކު ތެލެސީމިއާ ކާޑު ހުށަހަޅަން ޖެހޭނެ ކަމަށް އަންގަމެވެ.

ނަމަވެސް، ކައިވެނިކުރަން އެދޭ 2 މީހުން ކުރެ އެކަކުގެ ކިބައިގައި ތެލެސީމިއާ ވާރުތަކުރާ ގޮތް ނެތް ނަމަ، ކައިވެނިކުރަން އެދޭ ދެވަނަ މީހާގެ ތެލެސީމިއާ ޓެސްޓުގެ ނަތީޖާ ހުށަހެޅުން ލާޒިމު ނުވާނެ ކަމަށް ވެސް އަންގަމަވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

19 ރަބީޢުލްއާޚިރާ 1448

30 ސެޕްޓެންބަރު 2026

30 ސެޕްޓެންބަރު 2026