މަސައްކަތް
ނަންބަރު: (IUL)367-AS/367/2026/32
ޕަބްލިޝްކުރި ތާރީޚް: 29 ސެޕްޓެންބަރު 2026
ޕަބްލިޝްކުރި ގަޑި: 14:39
ސުންގަޑި: 04 އޮކްޓޫބަރު 2026 11:00
މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
3000 ގޯނި ދޮންވެލި ފޯރުކޮށްދީ، މިކައުންސިލުން ދައްކާ ސަރަޙައްދަކަށް އަޅާ، ވެލި ފަތުރައިދިނުމުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް

މ.ކޮޅުފުށީ ރަށްދެބައިމަގުގެ ފުޓްބޯޅަ ސްޓޭޑިއަމްގެ އިންވެގެން އޮންނަ މަގުގެ ވެލިގަނޑު އެއްވަރުކޮށް، މަގުގައި ހުރި ކުންޏާއި ގާތައް ނަގާ ސަތަރި އެޅުމަށްފަހު ވެލިއަޅާ ވެލި ފެތުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިކައުންސިލުން ބޭނުންވެއެވެ. މި މަސައްކަތަށް ކޯޓޭޝަން ހުށަހެޅުން އޮންނާނީ  04 އޮކްޓޯބަރ 2026 ވާ އާދިއްތަ ދުވަހުގެ 11:00 ގައި މިކައުންސިލުގެ ޖަލްސާކުރާ މާލަމުގައެވެ. ކޯޓޭޝަން ފޯމް މި އިއުލާނާއިއެކު އެއްހީރަސްކުރެވިފައިވާނެއެވެ. މަސައްކަތް ދިނުމުގައި އިސްކަންދެވޭނީ އެންމެ ކުޑަ އަގު އަދި އެންމެ ކުރު މުއްދަތެއް ހުށަހަޅާ ފަރާތަކަށް ކަމުގައިވެސް ދަންނަވަމެވެ.

މިމަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކުގެ އިތުރުން އަމިއްލަ ފަރުދުންނަށެވެ.

29 ސެޕްޓެންބަރު 2026