މަސައްކަތް
ނަންބަރު: (IUL)23-PD(PMS)/23/2026/331
ޕަބްލިޝްކުރި ތާރީޚް: 29 ސެޕްޓެންބަރު 2026
ޕަބްލިޝްކުރި ގަޑި: 12:57
ސުންގަޑި: 06 އޮކްޓޫބަރު 2026 13:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ނެޝަނަލް ހެލްތް ލެބޯޓްރީގެ ވޯޓަރ ކެމިސްޓްރީ ކަބަޑު (އެޓޭޗް ކުރެވިފައިވާ ކުރެހުމާއި އެއްގޮތަށް) ހަދައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން 

ނެޝަނަލް ހެލްތް ލެބޯޓްރީގެ ވޯޓަރ ކެމިސްޓްރީ ކަބަޑު (އެޓޭޗް ކުރެވިފައިވާ ކުރެހުމާއި އެއްގޮތަށް) ހަދައިދޭނެ ފަރާތެއް ހޯދުމަށްބޭނުންވެއްޖެއެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 28 ސެޕްޓެމްބަރ 2026 ވާ ހޯމަ ދުވަހުން ފެށިގެން 06 އޮކްޓޯބަރ 2026 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 14 އޮކްޓޯބަރ 2026 ވާ ބުދަ ދުވަހުގެ ހެނދުނު 11:30 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 08 އޮކްޓޯބަރ 2026 ވާ ބުރާސްފަތި ދުވަހު މެންދުރު 12:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާއި އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

15 ރަބީޢުލްއާޙިރު 1448ހ

29 ސެޕްޓެންބަރު 2026