ދިވެހިރާއްޖެ
މިކުންފުނީގެ ފަރާތުންދޭ މައުލޫމާތާއި އެއްގޮތްވާގޮތުގެ މަތިން، ކުންފުނީގެ އިންވެންޓްރީ އަށް ބޭނުންވާ ތަކެތި ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާވާލާއި އެއްގޮތަށް މައުލޫމާތު ސާފުކުރެއްވުމަށްފަހު އަގު ހުށަހެޅުއްވުން އެދެމެވެ.
ބީލަމުގެ ދަށުން ހޯދަން ބޭނުންވާ ތަކެތި ބެހިގެންވާ މައިގަނޑު ބައިތައް:
- ޕީވީސީ/ޕީއީ ހޮޅި އަދި ފިޓިންގްސް.
- ވޭލްވް.
- މީޓަރ ސްޕެއަރ ޕާރޓްސް.
- އެހެނިހެން (ބްރާސް ފިޓިންސް، އިސްކުރު ފަދަ ތަކެތި).
ތަކެތީގެ ތަފްސީލް، އަދަދު އަދި އިތުރު މައުލޫމާތު، މައުލޫމާތު ދިނުމަށް ކަނޑައެޅިފައިވާ ތާރީޚުގައި ހިއްސާ ކުރެވޭނެއެވެ.
ބީލަމުގައި ބައިވެރިވުމަށް ފުރިހަމަ ވާންޖެހޭ ޝަރުތުތައް:
- މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމަންޓް އިން ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތަކަށްވުން.
- މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގައި ޖީ.އެސް.ޓީ އަށް ރަޖިސްޓްރީ ވެފައިވާ ފަރާތަކަށްވުން.
ބީލަމުގައި ބައިވެރިވެވޭނީ ރަޖިސްޓްރީވާ ފަރާތްތަކަށް އެކަންޏެވެ. ބީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީކުރެއްވުން އެދެމެވެ. ބީލަމުގައި ބައިވެރިވެރިވުމަށް ރަޖިސްޓްރީ ވެވޭނީ 27 ސެޕްޓެމްބަރ 2026 އިން 30 ސެޕްޓެމްބަރ 2026 ގެ ނިޔަލަށެވެ.
ލިންކް: Bidder Registration
|
ތަފްސީލް |
ތާރީހް |
ގަޑި |
ތަން |
|
މައުލޫމާތު ދިނުން |
01 އޮކްޓޯބަރ 2026 |
10:00 |
އެމް.ޑަބްލިޔު.އެސް.ސީ ކަސްޓަމަރ ސާރވިސް ބިލްޑިން، 6 ވަނަ ފަންގިފިލާ |
|
އިތުރު މައުލޫމާތު ސާފުކުރުން |
07 އޮކްޓޯބަރ 2026 |
16:00 ގެ ނިޔަލަށް |
|
|
އަގު ހުށައެޅުން |
11 އޮކްޓޯބަރ 2026 |
10:00 |
އެމް.ޑަބްލިޔު.އެސް.ސީ ކަސްޓަމަރ ސާރވިސް ބިލްޑިން، 6 ވަނަ ފަންގިފިލާ |
ޕްރޮކިއުމެންޓް ޑިޕާރޓްމެންޓް