ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދައުވަތު
|
އިޢުލާން ނަމްބަރ: 137-IU/PR/2026/142 |
ޕްރޮޖެކްޓް ނަމްބަރ: 137-PR/2026/W-27 |
|
ޕްރޮޖެކްޓްގެ ނަން: އައި.ޖީ.އެމް ހޮސްޕިޓަލް ވޯޑުތަކުގެ ފްލޯރ ސެލްފް ލެވެލިންގ ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން |
|
އައި.ޖީ.އެމް ހޮސްޕިޓަލް ވޯޑުތަކުގެ ފްލޯރ ސެލްފް ލެވެލިންގ ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިމަސައްކަތް ކޮށްދިނުމަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަކަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
މަސައްކަތުގެ ބީއޯކިއު މި އިއުލާނާއެކު ހިމަނާފައިވާނެއެވެ.
- ބިޑްހުށަހަޅާފަރާތްތަކުންސަމާލުކަންދޭންވީކަންތައްތައް
- ކޯޓޭޝަން ހުށަހަޅަންވާނީ ދީފައިވާ މައުލޫމާތާއި އެއްގޮތަށް، ޖީ.އެސް.ޓީ ހިމަނައިގެންނެވެ.
- މިބީލަމާއި ގުޅޭގޮތުން ބާއްވާ ޕްރީބިޑް ބައްދަލުވުމެއް 29 ސެޕްޓެމްބަރ 2026 ގެ 11:30 ގައި މިހޮސްޕިޓަލުގެ ޕްރޮކިއުމަންޓް ޑިޕާޓްމެންޓުގައި އޮންނާނެއެވެ. އަދި މިބައްދަލުވުމަށްފަހު މަސައްކަތް ކުރާ ސައިޓް ދެއްކުން އޮންނާނެއެވެ. މިބައްދަލުވުމުގައި ބައިވެރިނުވާ ފަރާތްތަކަށް ބިޑް ހުށަހެޅުމަށް ފުރުސަތުދެވެން ނޯންނަނެއެވެ.
- ·ޕްރީބިޑަށް ހާޒިރުވާއިރު ހާޒިރުވާ ފަރާތަކީ ބިދޭސީއެއްނަމަ އެފަރާތަކީ ކުންފުނީގެ މުވައްޒަފެއްކަން ނުވަތަ ކުންފުނީގެ ފަރާތުން ހާޒިރުވާ ފަރާތެއްކަން ކަށަވަރު ކުރެވޭނެ ލިޔުމެއް ހުށަހަޅަން ވާނެއެވެ. މިލިޔުން ނުގެންނަ ފަރާތްތަކަށް ޕްރީބިޑްގައި ބައިވެރި ނުވެވޭނެއެވެ.
- ހުށަހަޅަންޖެހޭ ތަކެތި
- ބީލަން / މަސައްކަތްކޮށްދޭނެ އަގު، ޖީ.އެސް.ޓީ ހިމަނައިގެން
- ވިޔަފާރި ރަޖިސްޓްރީ ކޮޕީ / ވަކި ފަރުދެއްނަމަ، އައިޑީ ކާޑުގެ ދެފުށުގެ ކޮޕީ
- ޖީއެސްޓީ ރެޖިސްޓްރޭޝަން ކޮޕީ (ރަޖިސްޓްރީ ކޮށްފައިވާނަމަ)
- ޕްރޮޖެކްޓަށް ހުށަހަޅާފައިވާ އަގުގެ %30 ބޭންކް އެކައުންޓުގައި ހުރިކަން އަންގައިދޭ ލިޔުމެއް (ބިޑް އިއުލާނުކުރާ ތާރީހުން ފެށިގެން ވޭތުވެދިޔަ 01 މަސްދުވަހުގެ ބޭންކް ސްޓޭޓްމަންޓް ނުވަތަ ބޭންކްގެ ލިޔުމެއް) ނުވަތަ ޕްރޮޖެކްޓަށް ހުށަހަޅާފައިވާ އަގުގެ %30 ކްރެޑިޓް ފެސިލިޓީއެއް ހަމަޖެހިފައިވާކަން އަންގައިދޭ ކްރެޑިޓް ފެސިލިޓީދޭ ފަރާތުން ދީފައިވާ ލިޔުމެއް
- ވޭތުވެ ދިޔަ 03 އަހަރު ތެރޭގައި މިބާވަތުގެ މަސައްކަތެއް (އިމާރާތް ކުރުން ނުވަތަ މަރާމާތުކުރުން) ފަދަ މަސައްކަތް ކޮށްފައިވާ ކަމުގެ01 ލިޔުން (މަސައްކަތް ކުރުވި ފަރާތުން ދީފައިވާ) ހުށަހެޅުން
- ކޯޓޭޝަން ހުށަހަޅާ ތަކެތީގެ ޓެކްނިކަލް ސްޕެސިފިކޭޝަން ޝީޓު ހުށަހަޅަންވާނެއެވެ.
- މިގޮތަށް އަގުހުށަނާޅާ ފަރާތްތަކުގެ ބިޑު ބާތިލް ކުރުމުގެ އިހްތިޔާރު މި މުއައްސަސާއަށް ލިބިގެންވެއެވެ.
- އިވެލުއޭޓް ކުރެވޭނެގޮތުގެ ތަފްސީލް
- މަސައްކަތުގެ އަގު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، ހުށަހަޅަންޖެހޭ ހުރިހާ ޑޮކިއުމަންޓްތައް ހަމައަށް ހުށަހަޅާފައިވާ ފަރާތްތަކުގެ ހުށަހެޅުންތައް އިވެލުއޭޝަންގައި ބައިވެރިކުރެވޭނެއެވެ.
މާރކްސް ދެވޭނެ އުސޫލު
|
# |
ކެޓެގަރީ |
މާރކްސް |
މާރކްސް ދެވޭ އުސޫލު |
|
1 |
އަގު |
50 |
އެންމެ ކުޑަ އަގު ހުށަހަޅާ ފަރާތަކަށް |
|
2 |
މުއްދަތު |
50 |
އެންމެ ކުރު މުއްދަތު ހުށަހަޅާ ފަރާތަކަށް |
ބީލަން ހުށަހަޅާނެގޮތް
ޕްރޮކިއުމެންޓް ޑިޕާރޓްމެންޓް / އައި.ޖީ.އެމް ހޮސްޕިޓަލް
އައި.ޖީ.އެމް ވޯޑުތަކުގެ ފްލޯރ ސެލްފް ލެވެލިންގ ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ އިއުލާންކަމާއި އަދި އިއުލާން ނަންބަރު ޖަހާފައި އޮންނަން ވާނެއެވެ.
- ހުށަހަޅާ އަގު/ކޯޓޭޝަން ފިޔަވާ އެހެން ހުރިހާ ލިޔެކިޔުންތައް ހުށަހަޅަންވާނީ ސޮފްޓް ކޮޕީގެ (ޕީޑީއެފް ފައިލް) ގޮތުގައެވެ.
- އަގު/ކޯޓޭޝަން ހުށަހަޅަންވާނީ މަތީގައި ބަޔާންކޮށްފައިވާގޮތަށް ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ.
ބީލަން ހުށަހެޅުން
- ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ 04 އޮކްޓޯބަރ 2026 ވަނަ ދުވަހުގެ 11:00 ގައި އައި.ޖީ.އެމް.އެޗް ހޮސްޕިޓަލުގެ ޕްރޮކިއުމެންޓް ޑިޕާރޓްމެންޓްގެ އެންތޫރިއަމް މީޓިންގ ހޯލްގައެވެ. އަދި ބީލަން ހުޅުވާނީ ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.
- ބީލަން ހުށަހެޅުމަށް ގަޑިއަށް ހާޞިރުނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.
ބީލަން ބާތިލް ކުރެވިދާނެ ގޮތްތައް
- ހުށަހަޅާފައިވާ މައުލޫމާތުގައި ހަގީގަތާއި ޙިލާފް މައުލޫމާތު ހިމަނަފައިވުން.
- ހުށަހަޅާފައިވާ ލިޔުމުގައި އަސްލުނޫން (ފޯރޖް) ލިޔުން ހިމަނައިފައިވުން.
- މަޢުލޫމާތު ފުރިހަމަނުވުން (މަސައްކަތުގެ ރިކުއަޔަރމަންޓަށް ނުފެތުން ނުވަތަ ސްޕެސިފިކޭޝަން ފުރިހަމަނުވުން)
- ޚިދުމަތްދޭ ފަރާތާއި، ތިމާގެކަމުގެ ނުވަތަ ވިޔަފާރިގެ އެއްވެސް ގުޅުމެއް، މިތަނުގެ ވެރިޔަކާ އޮވެ އެކަމުގެ ސާފު މައުލޫމާތު ހުށަހަޅައިފައިނުވުން.
މަތީގައި ބަޔާންވެދިޔަ ކަންކަމުގެ ތެރެއިން އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ހިންގާފައިވާނަމަ، އެ ފަރާތެއް 06 މަސްދުވަހުގެ މުއްދަތަކަށް ސަސްޕެންޑްކުރުމުގެ އިޚްތިޔާރު މި މުއައްސަސާއަށް ލިބިފައިވެއެވެ.
ނޯޓު:
- ހޮސްޕިޓަލުގެ ވެބްސައިޓްއިން މި ޢިއުލާނާއި ބެހޭ މައުލޫމާތުތައް ލިބިވަޑައިގަންނަވާނެއެވެ.
https://www.igmh.gov.mv/publications/tenders/
2. މިއިޢުލާނާއި ގުޅިގެން އިތުރު މައުލޫމާތު ތިރީގައިމިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ޕްރޮކިއުމަންޓް ޑިޕާރޓްމަންޓް
އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް،
ކަނބާ އައިސާރަނި ހިނގުން، މާލެ، ދިވެހިރާއްޖެ
ފޯނު: +960 3335349 ، +960 3335254
އީމެއިލް [email protected]
ކޮޕީ: [email protected]