މަސައްކަތް
ނަންބަރު: (IUL)1086/1086/2026/36
ޕަބްލިޝްކުރި ތާރީޚް: 26 ސެޕްޓެންބަރު 2026
ޕަބްލިޝްކުރި ގަޑި: 13:11
ސުންގަޑި: 30 ސެޕްޓެންބަރު 2026 13:00
ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީ ސްކޫލް
ދިވެހިރާއްޖެ
އޭސީ ސަރވިސް ކޮށްދިނުމަށް ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު

އިޢުލާނު

 

އޭސީ ސަރވިސް ކޮށްދިނުމަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލުން

 

މި ސްކޫލުގެ 11 ކްލާސްރޫމުގައި ހުރި 22 އޭސީ، ފުލް ސަރވިސް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

މިމަސައްކަތް، އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 2026 ސެޕްޓެމްބަރ 30 ވާ ބުދަ ދުވަހުގެ 13:00 ށް މިއިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަންދާސީ ހިސާބު ހުށަހަޅުއްވާނީ ވިޔަފާރީގެ ނަމުގައި ތައްޔާރުކުރެވިފައިވާ ކޯޓޭޝަންއަކުން ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަންދާސީ ހިސާބުގައި އަގުތައް ލިޔެފައި އޮންނަންވާނީ  ކޮންމެ އޭސީއަށް ގޭސްއަޅަށް ޖެހިއްޖެނަމަ އޭސީޔުނިޓަކަށް ގޭސްއަޅައިދިނުގެ އަގު ވަކިންއެގޭނެގޮތަށެވެ. މި މަސައްކަތާގުޅޭ މަޢުލޫމާތު ޝީޓް މި އިއުލާނާއެކު އެވަނީއެވެ.

 އަންދާސީ ހިސާބު ހުޅުވުން އޮންނާނީ އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ ޙާޟިރުގައެވެ. ގަޑިޖެހިގެން ހާޒިރުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. މައުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބާތިލް ކުރެވޭނެއެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށްފައިވާ ސިޓީއަކާއިއެކު ފޮނުއްވުމަށް ދަންނަވަމެވެ.

މި މަސައްކަތް ކުރުމަށް އަންދާސީ ހިސާބު ހުށަހެޅޭނީ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި (19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

26 ސެޕްޓެންބަރު 2026