ދިވެހިރާއްޖެ
އިޢުލާން
ކައުންސިލް ކަޕް ފިރިހެނުންގެ ވޮލީ ބޯޅަ މުބާރާތުގައި ބައިވެރިވުމާ ބެހޭ!
ޒުވާނުންގެ މެދުގައި ކުޅިވަރުގެ ރޫޙު ދިރުވައި އާލާކޮށް ވޮލީ ބޯޅަ ކުރިއެރުވުމުގެ މަޤުޞަދުގައި މިރަށުގައި ކޮންމެ އަހަރަކު ބާއްވަމުން އަންނަ " ކައުންސިލްކަޕް މެންސް ވޮލީބޯލް ޓޯރނަމެންޓް 2026" ގައި ބައިވެރި ވުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިމުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 24 އޮކްޓޯބަރ 2026 ވާ ހޮނިހިރު ދުވަހުގައެވެ. މިގޮތުން މި މުބާރާތުގައި ބައިވެރިވާ ޓީމްތަކުން،ޓީމް ބައިވެރި ކުރުމަށް އެޕްލިކޭޝަން ފޯރމް ހުށަހެޅުމުގެ ސުންގަޑިއަކީ 11 އޮކްޓޯބަރ 2026 ވާ އާދީއްތަ ދުވަހުގެ 14:00 އެވެ. އަދި ޓީމް ލިސްޓު ހުށަހެޅުމުގެ ސުންގަޑިއަކީ 18 އޮކްޓޯބަރ 2026 ވާ އާދީއްތަ ދުވަހުގެ 14:00 އެވެ.
މުބާރާތުގައި ބައިވެރިވާ ކޮންމެ ޓީމަކުން ރެޖިސްޓްރޭޝަން ފީގެ ގޮތުގައި 500 ރުފިޔާ ކައުންސިލްގެ އެކައުންޓަށް ޓްރާންސްފަރ ކުރުމަށްފަހު ސްލިޕް، ކައުންސިލްގެ ހޮޓްލައިން ނަންބަރަށް ފޮނުވަން ވާނެއެވެ. މުބާރާތުގައި ބައިވެރިވާ ޓީމްތަކުން އެޕްލިކޭޝަން ފޯރމް ހުށަހަޅާނީ ގޫގްލް ފޯރމް މެދުވެރިކޮށެވެ. މި އިޢުލާނާއެކު، މުބާރާތް ހިންގާ ޤަވާޢިދު ޢާއްމު ކުރެވިފައި ވާނެއެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށް އިޢުލާނު ކުރީމެވެ.
13 ރަބީޢުލްއާޚިރު 1448
24 ސެޕްޓެމްބަރ 2026
އިބްރާހީމް ޢުޘްމާން
ކައުންސިލްގެ ރައީސް