ވަޒީފާގެ ފުރުޞަތު
ނަންބަރު: 171-HR/IUL/2026/67
ޕަބްލިޝްކުރި ތާރީޚް: 24 ސެޕްޓެންބަރު 2026
ޕަބްލިޝްކުރި ގަޑި: 11:51
ސުންގަޑި: 06 އޮކްޓޫބަރު 2026 16:00
ދިވެހި ފުލުހުންގެ ޚިދުމަތް
ދިވެހިރާއްޖެ
ނާއިބް އިމާމު، އިމާމު މުސާޢިދު އައްވަލް، މުސާޢިދު އިމާމު، މުދިމު

ވަޒީފާގެ ފުރުޞަތު

މަގާމުގެ ނަން:

 ނާއިބް އިމާމު، އިމާމު މުސާޢިދު އައްވަލް، މުސާޢިދު އިމާމު، މުދިމު

ބޭނުންވާ އަދަދު:

 01

މަޤާމުގެ ގިންތި:

 ދާއިމީ

ޖޮބް މެޓްރިކްސް:

 އިމާމުން

އާންމުކޮށް މަސައްކަތްކުރަންޖެހޭ ތަން:

 މާލެ

މަޤާމުގެ ރޭންކާއި ޝަރުޠުތަކާއި އަސާސީ މުސާރައާއި މަޤާމުގެ އެލަވަންސް:

 

މަޤާމު

ޕަބްލިކް ސަރވިސް ރޭންކް

މަޤާމުގެ ޝަރުތު

މަޤާމުގެ އަސާސީ މުސާރަ

މަޤާމުގެ އެލަވަންސް

ނާއިބް އިމާމު

5

1. މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން؛ ނުވަތަ

2. މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، އިމާމެއްގެ ގޮތުގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން: ނުވަތަ

3. މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، އިމާމެއްގެ ގޮތުގައި 8 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

9,600/- ރުފިޔާ

3,430/- ރުފިޔާ

އިމާމު މުސާޢިދު އައްވަލް

4

1. މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން؛ ނުވަތަ

2.   މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، އިމާމެއްގެ ގޮތުގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

9,530/- ރުފިޔާ

2,450/- ރުފިޔާ

މުސާޢިދު އިމާމު

3

މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

9,005/- ރުފިޔާ

2,185/- ރުފިޔާ

މުދިމު

2

އިމާމުވެ ނަމާދުކުރަން އެނގޭތޯ ބެލުމަށާއި ތަޖުވީދު މަގުން ކީރިތި ޤުރްއާން ކިޔަވަން އެނގޭތޯ ބެލުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ކަނޑައަޅާ މިންގަނޑު ހާސިލްވެފައިވުން.

8,295/- ރުފިޔާ

2,135/- ރުފިޔާ

އެހެނިހެން އިނާޔަތް:
  • ބޭސްފަރުވާކުރުން
  • އިމާމުންގެ ޖޮބް މެޓްރިކްސްގައި ކަނޑައަޅާފައިވާ އުސޫލުން ހާޒިރީ އިނާޔަތް ދެވޭނެއެވެ.

މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ދާއިރާތައް:

 

މަޤާމު

ތަޢުލީމީ ދާއިރާތައް

ނާއިބް އިމާމު

އިމާމް އެންޑް ޚަތީބު، ޤިރާއަތް، ޓީޗިންގ ޤުރުއާން، ޤިރާއަތް އެންޑް އިސްލާމިކް ތޯޓްސް، އިސްލާމިކް ސްޓަޑީޒް، ޓީޗިންގ އިސްލާމިކް ސްޓަޑީޒް، ޓީޗިންގ ޤުރުއާނިކް ސްޓަޑީޒް، ޤުރުއާނިކް ސައިންސަސް، ޤުރުއާން އެންޑް ސުންނާ ސްޓަޑީޒް،ޝަރީޢާ، އިސްލާމިކް އެތިކްސް، ދަޢުވާ، އުސޫލުއްދީން، ފިޤްޙް، ފިޤްޙް އެންޑް އުސޫލުލްފިޤްޙް، އަޤީދާ، އަޤީދާ އެންޑް އިސްލާމިކް ތޯޓްސް، އިސްލާމިކް ތޯޓްސް އެންޑް ސިވިލައިޒޭޝަން، ސައިންސް އޮފް ހަދީޘް، އިމާމްޝިޕް އެންޑް ލޯކަލް ގަވަރނަންސް،ޤުރުއާން ތަފްސީރު، ހާފިޒްކަމުގެ ސަނަދު

އިމާމު މުސާޢިދު އައްވަލް

ޤިރާއަތް، ޤިރާއަތުލް ޤުރުއާން، ޤާރީ ކޯސް، ޤުރުއާން މުދައްރިސްކަމުގެ ކޯސް، ޓީޗިންގ ޤުރުއާން، އިމާމްކަމުގެ ސެޓްފިކެޓް، ހާފިޒްކަމުގެ ސަނަދު

މުސާޢިދު އިމާމު

އިމާމް، ޤިރާއަތް، ޤާރީ ކޯސް، ޤިރާއަތް އަލް ޤުރުއާން، ޓީޗިންގ ޤުރުއާން

އެހެނިހެން ޝަރުޠުތައް:

  • އިމާމުވެ ނަމާދުކުރަން އެނގޭތޯ ބެލުމަށާއި ތަޖުވީދު މަގުން ކީރިތި ޤުރްއާން ކިޔަވަން އެނގޭތޯ ބެލުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ކަނޑައަޅާ މިންގަނޑު ހާސިލްވެފައިވުން؛

  • މީލާދީ ގޮތުން 18 އަހަރާއި 45 އަހަރާ ދެމެދުގެ މީހަކު ކަމުގައިވުން؛

  • އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން، ވޭތުވެދިޔަ 05 އަހަރުދުވަހުގެ ތެރޭގައި، ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން؛

  • ވައްކަން، ނުވަތަ ޓެކުން، ނުވަތަ މަކަރާ ހީލަތް، ނުވަތަ ޚިޔާނާތް ނުވަތަ ޤާނޫނު ނަންބަރު 2011/17 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު( ގައި ބަޔާންކޮށްފައިވާ ކުށެއް ކުރިކަން ވޭތުވެދިޔަ 05 އަހަރުދުވަހުގެ ތެރޭގައި، ޝަރީޢަތަށް  ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން؛

  • މަނާކޮށްފައިވާ މަސްތުވާ އެއްޗަކުން އެކަހެރިވުމަށް ވޭތުވެދިޔަ 05 އަހަރުދުވަހުގެ ތެރޭގައި،ފަރުވާ ހޯދައިފައިވާ ފަރާތަކަށް ނުވުން؛

  • ޖިނާއީ އެއްވެސް މައްސަލައެއްގެ ތުހުމަތުގައި، ވޭތުވެދިޔަ 05 އަހަރުދުވަހުގެ ތެރޭގައި ހައްޔަރުކޮށްފައި ނުވުން؛

  • ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ އެއްވެސް ސިޔާސީ ޕާޓީއެއްގެރަޖިސްޓަރީގައިވާ މީހަކު ކަމުގައި ނުވުން؛

  • ދިވެހި ފުލުހުން ޚިދުމަތުގެ ވަޒީފާއިން ވަކިކޮށްފައިވާ ފަރާތެއް ކަމުގައި ނުވުން؛

  • އަޚްލާޤީ މައްސަލައަކާ ގުޅިގެން ނުވަތަ އެނޫންވެސް މައްސަލައަކާ ގުޅިގެން އެހެންއޮފީހެއްގެ ވަޒީފާއަކުން ވަކިކޮށްފައިވާ މީހަކު ކަމުގައި ނުވުން؛ އަދި

  • ދައުލަތުގެ އެއްވެސް މަޤާމަކުން ރިޓަޔަރ ކޮށްފައިވާ ފަރާތެއް ކަމުގައި ނުވުން

ވަޒީފާއަށް މީހުން ހޮވުމުގައި ބަލާނެ އަދި އިސްކަން ދޭނެ ކަންތައްތައް:

  • މި ވަޒީފާއަށް ހޮވާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް ކުރިޔަށްގެންދެވޭ ބެކްގްރައުންޑް އެސެސްމަންޓް، އިންޓަވިއު އަދި މެޑިކަލް އެގްޒަމިނޭޝަނުން ފާސްވާ ފަރާތެކެވެ.
  • މި ވަޒީފާއަށް މީހުން ހޮވުމުގައި، މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާތަކުން މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

އާންމުކޮށް މަސައްކަތްކުރަންޖެހޭ ގަޑި:

  • ރަސްމީ ޑިއުޓީ / ދަންފަޅި ޑިއުޓީ

ހުށަހަޅަންޖެހޭ ތަކެތި:

  • ދިވެހި ފުލުހުންގެ ޚިދުމަތުގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމު (މި ފޯމު ދިވެހި ފުލުހުންގެ ޚިދުމަތުގެ ވެބްސައިޓް (www.police.gov.mv) އިން ލިބެން ހުންނާނެއެވެ. އަދި މި އިޢުލާނުގައި އެއްކަރުދާސް ކުރެވިފައިވާނެއެވެ.)
  • ދިވެހި ފުލުހުންގެ ޚިދުމަތުގެ ވަޒީފާއަށް އެދޭ ފަރާތްތަކުގެ ކުށުގެ ރިކޯޑު ބަލާ ފޯމު (މި ފޯމު މި އިޢުލާނުގައި އެއްކަރުދާސް ކުރެވިފައިވާނެއެވެ.)
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ލިބިފައިވާ  ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ އެޓެސްޓްކޮށްފައިވާ ކޮޕީ. (ރާއްޖެއިން ބޭރުގެ މަރުކަޒަކުން ހަދާފައިވާ ކޯހެއްގެ ސެޓްފިކެޓެއް ނަމަ، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ކޮޕީ. ސެޓްފިކެޓް ލިބިފައި ނުވާނަމަ،  ޔުނިވަރސިޓީ ނުވަތަ ކޮލެޖުން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމެންޓް ރިޕޯޓްގެ އެޓެސްޓްކޮށްފައިވާ ކޮޕީ)
  • ލިބިފައިވާ ހުނަރުވެރިކަމުގެ ސެޓްފިކެޓްތަކުގެ ކޮޕީ
  • ނެގިފަހުން 3 މަސް ވެފައިނުވާ އެ ފަރާތެއްގެ ޕާސްޕޯޓު ސައިޒުގެ ފޮޓޯ (ފޯމުގައި ތަތްކޮށްފައި)
  • އެހެން ވަޒީފާއެއްގައި ދެމިހުރި މީހެއްނަމަ، ވަޒީފާ އަދާކުރަމުންދާ ތަނުގެ އިޢުތިރާޒެއް ނެތް ކަމުގެ ލިޔުން
  • މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ (ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ މިހާރުވެސް ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ، އެ ވަޒީފާތަކުގައި ހޭދަވީ މުއްދަތާއި އެ ވަޒީފާތަކުގެ މަސްއޫލިއްޔަތުތައް އެނގޭނެފަދަ ލިޔުން)

ވަޒީފާއަށް އެދެންވީ ގޮތާއި ސުންގަޑި:

މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުން ދިވެހި ފުލުހުންގެ ޚިދުމަތުގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއި، ކުށުގެ ރެކޯޑް ބަލާ ފޯމު ފުރިހަމަކުރުމަށްފަހު، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، 2026 އޮކްޓޯބަރު 06 ވަނަ ދުވަހުގެ 16:00 ގެ ކުރިން ޝަހީދު ޙުސައިން އާދަމް ބިލްޑިންގގެ ރިސެޕްޝަނަށް ހުށަހެޅުން އެދެމެވެ. މި މަޤާމަށް އެދި ހުށަހަޅާ ފޯމުތައް ބަލައިގަންނާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 14:00 އިން 16:00 އަށެވެ. 

ނޯޓް: މިމަޤާމަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމު ބާޠިލުވާނެއެވެ. އަދި އިންޓަރވިއުއަށް ކިޔާނީ ވަޒީފާއަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެެވެ.

13 ރަބިޢުލްއާޚިރު 1448
24 ސެޕްޓެންބަރު 2026