ޢާންމު މަޢުލޫމާތު
ނަންބަރު: 385/016/016/05/2026
ޕަބްލިޝްކުރި ތާރީޚް: 24 ސެޕްޓެންބަރު 2026
ޕަބްލިޝްކުރި ގަޑި: 11:44
ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ 05 ވަނަ ދައުރުގެ 016 ވަނަ ޢާންމު ޖަލްސާގެ ނިންމުން އާއްމުކުރުން

ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ 05 ވަަނަ ދައުރުގެ 016 ވަނަ ޢާންމު ޖަލްސާގެ ނިންމުން

ތަން:  ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމް

ތާރީހް: 13 ރަބީޢުލްއައްވަލް 1448 ، 26 އޯގަސްޓް 2026  ބުދަ

ގަޑި: ހެނދުނު 08:30

އެޖެންޑާ

  1. 19 އޯގަސްޓް 2026 އިން 25 އޯގަސްޓް 2026 ގެ ނިޔަލަށް ކައުންސިލް އިދާރާއަށް ލިބިފައިވާ ސިޓީތައް ކައުންސިލާއި ޙިއްސާކުރުން
  2. ދިޔަމިގިލީ ސްކޫލުގެ ހުޅަނގު ފަރާތުން ސްކޫލު ގޯއްޗަށް އިތުރު ކުރެވުނު ބިމުގައިހުރި އަމިއްލަ މީހުންގެ ރުއްގަހަށް ފައިސާއިން ބަދަލު ދިނުމުގެ މައްސަލަ
  3. ސައިކަލު ދުއްވުމުގެ ލައިސަންސް މިރަށުން ދޫކުރުމުގެ ގޮތުން ދުއްވުމުގެ ޓްރެކް ހެދުމަށް ބޭނުންވާނެ ބިން ކަނޑައެޅުމުގެ މައްސަލަ
  4. )ބަޖެޓް ކޮންޓްރޯލް ނަމްބަރ 2026/1435/BC/006) ޖޭ.އެލް.ސީ.އެލް ފަންޑުގެ (ޙަރަކާތް ނަމްބަރ 1.1.10.1.2.17) " ހުކުރު މިސްކިތް ފޮޅައި ސާފުކުރުމާއި ބެލެހެއްޓުން " (ޖީ.އެލް ކޯޑް: 222999) ޙަރަކާތަށް އިތުރަށް ފައިސާ ބޭނުންވާތީ، އެ ފަންޑުގެ ( ޙަރަކާތް ނަމްބަރ 2.3.1.1.1.18) "ހެލްތު ޑޭ ފާހަގަކުރުން" (ޖީ.އެލް ކޯޑް: 223013) ޙަރަކާތުން 7000.00 (ހަތް ހާސް) ރުފިޔާ އުނިކޮށް، ހުކުރު މިސްކިތް ފޮޅައި ސާފުކުރުމާއި ބެލެހެއްޓުން ޙަރަކާތަށް މި ފައިސާ އިތުރުކުރުމާ މެދު މަޝްވަރާކޮށް ގޮތެއް ނިންމުން.
  5. މުއްދަތު ހަމަވެފައިވާ ބިންތަކުގެ މުއްދަތު އިތުރު ކުރުމުގެ މައްސަލަ.
  6. 05 ވަނަ ދައުރުގެ 385/16/16/05/2026 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން

ޖަލްސާގެ ނިންމުންތަށް

  1. 19 އޯގަސްޓް 2026 އިން 25 އޯގަސްޓް 2026 ގެ ނިޔަލަށް ކައުންސިލް އިދާރާއަށް ލިބިފައިވާ ސިޓީތައް ކައުންސިލާއި ހިއްސާކުރުން.
  2. ދިޔަމިގިލީ ސްކޫލުގެ ހުޅަނގު ފަރާތުން ސްކޫލު ގޯއްޗަށް އިތުރު ކުރެވުނު ބިމުގައިހުރި އަމިއްލަ މީހުންގެ ރުއްގަހަށް ފައިސާއިން ބަދަލު ދިނުމުގެ މި މައްސަލަ އާއި ގުޅިގެން މެމްބަރުން މަޝްވަރާ ކުރެއްވުމަށްފަހު ރުއް ގަހުވެ ވެރިފަރާތް ކަށަވަރު ވާނަމަ ދިޔަމިގިލީ ސްކޫލުގެ ހުޅަނގު ފަރާތުން ސްކޫލު ގޯއްޗަށް އިތުރު ކުރެވުނު ބިމުގައިހުރި އަމިއްލަ މީހުންގެ ރުއްގަހަށް ފައިސާއިން ބަދަލު ދިނުމާ މެދު އިޢްތިރާޟެއް ނެތްކަމުގައި މެމްބަރުން އިއްތިފާގުން ނިންމެވިއެވެ.
  3. ސައިކަލު ދުއްވުމުގެ ލައިސަންސް މިރަށުން ދޫކުރުމުގެ ގޮތުން ދުއްވުމުގެ ޓްރެކް ހެދުމަށް ބޭނުންވާނެ ބިން ކަނޑައެޅުމުގެ މި މައްސަލަ އާއި ގުޅިގެން މެމްބަރުން މަޝްވަރާ ކުރެއްވުމަށްފަހު ރަށުގެ ދެކުނު ކޮޅުން ޝަހީދު ޖަވާދު ޢުމަރު ޕާކުގެ ހުޅަނގުން އަދި ޣާޒީމަގުގެ ހުޅަގުން ޤަބުރުސްތާނުގެ ދެކުނުން ވާރޭފެން ތާނގީތަކުގެ އިރުން އޮތް ހުސް ބިމުން ސައިކަލު ދުއްވުމުގެ ލައިސަންސް މިރަށުން ދޫކުރުމުގެ ގޮތުން ދުއްވުމުގެ ޓްރެކް ހެދުމަށް ބޭނުންވާނެ 19x50 ފޫޓްގެ ބިން ދޫކުރުމަށް ކަނޑައަޅައި މިކަމާއި މެދު އިޢްތިރާޟެއް ނެތްކަމުގައި މެމްބަރުން އިއްތިފާގުން ނިންމެވިއެވެ.
  4. (ބަޖެޓް ކޮންޓްރޯލް ނަމްބަރ 2026/1435/BC/006) ޖޭ.އެލް.ސީ.އެލް ފަންޑުގެ (ޙަރަކާތް ނަމްބަރ 1.1.10.1.2.17) " ހުކުރު މިސްކިތް ފޮޅައި ސާފުކުރުމާއި ބެލެހެއްޓުން " (ޖީ.އެލް ކޯޑް: 222999) ޙަރަކާތަށް އިތުރަށް ފައިސާ ބޭނުންވާތީ، އެ ފަންޑުގެ ( ޙަރަކާތް ނަމްބަރ 2.3.1.1.1.18) "ހެލްތު ޑޭ ފާހަގަކުރުން" (ޖީ.އެލް ކޯޑް: 223013) ޙަރަކާތުން 7000.00 (ހަތް ހާސް) ރުފިޔާ އުނިކޮށް، ހުކުރު މިސްކިތް ފޮޅައި ސާފުކުރުމާއި ބެލެހެއްޓުން ޙަރަކާތަށް މި ފައިސާ އިތުރުކުރުމާ މެދު މަޝްވަރާކޮށް ގޮތެއް ނިންމުގެ މި މައްސަލަ އާއި ގުޅިގެން މެމްބަރުން މަޝްވަރާ ކުރެއްވުމަށްފަހު )ބަޖެޓް ކޮންޓްރޯލް ނަމްބަރ 2026/1435/BC/006) ޖޭ.އެލް.ސީ.އެލް ފަންޑުގެ (ޙަރަކާތް ނަމްބަރ 1.1.10.1.2.17) " ހުކުރު މިސްކިތް ފޮޅައި ސާފުކުރުމާއި ބެލެހެއްޓުން " (ޖީ.އެލް ކޯޑް: 222999) ޙަރަކާތަށް އިތުރަށް ފައިސާ ބޭނުންވާތީ، އެ ފަންޑުގެ ( ޙަރަކާތް ނަމްބަރ 2.3.1.1.1.18) "ހެލްތު ޑޭ ފާހަގަކުރުން" (ޖީ.އެލް ކޯޑް: 223013) ޙަރަކާތުން 7000.00 (ހަތް ހާސް) ރުފިޔާ އުނިކޮށް، ހުކުރު މިސްކިތް ފޮޅައި ސާފުކުރުމާއި ބެލެހެއްޓުން ޙަރަކާތަށް މި ފައިސާ އިތުރުކުރުމާ މެދު އިޢްތިރާޟެއް ނެތްކަމުގައި މެމްބަރުން އިއްތިފާގުން ނިންމެވިއެވެ.
  5. މުއްދަތު ހަމަވެފައިވާ ބިންތަކުގެ މުއްދަތު އިތުރު ކުރުމުގެ މި މައްސަލަ އާއި ގުޅިގެން މެމްބަރުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވުމަށްފަހު ބިންތަކުގައި މިހާރު ހުރި މައްސަލަތައް ފާހަގަ ކުރެއްވުމާއި އެކު އެކިއެކި މަސައްކަތްތައް ކުރުމަށް މިރަށުން ދޫކުރެވިފައިވާ ބިންތަކުގެ ތެރެއިން އެގްރިމެންޓާއި އެއްގޮތްވާ ގޮތުގެމަތިން މަސައްކަތްކޮށްފައިވާ ބިންތައް ދޫކުރެވިފައިވާ ފަރާތްތަކުން މުއްދަތު އިތުރުކުރުމަށް އެދި ކައުންސިލަށް ސިޓީ ހުށަހަޅައިފި ނަމަ މުއްދަތު އިތުރުކޮށްދިނުމަށާއި އަދި އެގްރިމެންޓާއި އެއްގޮތްވާ މަސައްކަތްކޮށްފައިނުވާ ބިންތައް އެގްރިމެންޓާއި އެއްގޮތަށް ބިމުގެ ޙާލަތު ގެނައުމަށް 30 ދުވަހުގެ މުއްދަތު ދިނުމަށާއި 30 ދުވަހުގެ މުއްދަތު ހަމަވާއިރު އެގްރިމެންޓާއި އެއްގޮތަށް ބިމުގެ ޙާލަތު ބަދަލު ނުކޮށްފިނަމަ އެފަދަ ބިންތައް އިތުރު ފުރުޞަތެއް ދިނުމަކާ ނުލައި ވަކި ކުރުމަށެވެ. މިގޮތުން މިފަދައިން ބިމުގެ މުއްދަތު އިތުރުކުރެވޭ ބިމުގެ މުއްދަތު އިތުރުކުރެވޭނީ ގިނަވެގެން 15 އަހަރު ދުވަހަށް ކަމަށާއި އަދި އެގްރުމެންޓާއި އެއްގޮތްވާ ގޮތަށް ގާޑިޔާ ހިންގާ ބިމުގެ މުއްދަތު އިތުރުކުރެވޭނީ ގިނަވެގެން 04 އަހަރު ދުވަހަށް ކަމުގައިވެސް އިޢްތިރާޟެއް ނެތްކަމުގައި މެމްބަރުން އިއްތިފާގުން ނިންމެވިއެވެ.
  6. އެއްވެސް އުނި އިތުރެއް ނެތި މެމްބަރުންގެ އިއްތިފާޤުން 05 ވަނަ ދައުރުގެ 385/16/16/05/2026 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރެއްވިއެވެ.

ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ 05 ވަަނަ ދައުރުގެ 016 ވަނަ ޢާންމު ޖަލްސާގެ ހާޒިރީ

ޖަލްސާގެ ސެކްރެޓޭރިއެޓް ބެލެހެއްޓެވީ

#

ނަން

މަޤާމު

1

އަލްފާޟިލް   އާދަމް ޝަފީޤް

ސެކްރެޓަރީ ޖެނެރަލް

2

އަލްފާޟިލް   ޔަޙުޔާ ރަޝީދު

 ޑިރެކްޓަރ

3

އަލްފާޟިލް   ޙަސަން ޙަބީބު

އެސިސްޓެންޓް ޑިރެކްޓަރ

ޖަލްސާގެ ހާޒިރީ

#

ނަން

ހާޒިރުވި

ހާޒިނުވާ

1

ކައުންސިލް ރައީސް އަހްމަދު މޫސާ

ކ

 

2

ކައުންސިލް ނައިބު ރައީސް އަޙްމަދު ޒަހީން

ކ

 

3

ކައުންސިލް މެންބަރު މަރިޔަމް އަލީ

 

އަހަރީ ޗުއްޓި

24 ސެޕްޓެންބަރު 2026