ޢާންމު މަޢުލޫމާތު
ނަންބަރު: 385/014/014/05/2026
ޕަބްލިޝްކުރި ތާރީޚް: 24 ސެޕްޓެންބަރު 2026
ޕަބްލިޝްކުރި ގަޑި: 11:39
ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ 05 ވަނަ ދައުރުގެ 014 ވަނަ ޢާންމު ޖަލްސާގެ ނިންމުން އާއްމުކުރުން
ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ 05 ވަަނަ ދައުރުގެ 014 ވަނަ ޢާންމު ޖަލްސާގެ ނިންމުން
ތަން: ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމް
ތާރީހް: 29 ޞަފަރު 1448 ، 12 އޯގަސްޓް 2026 ބުދަ
ގަޑި: ހެނދުނު08:30
އެޖެންޑާ
- 05 އޯގަސްޓް 2026 އިން 11 އޯގަސްޓް 2026 ގެ ނިޔަލަށް ކައުންސިލް އިދާރާއަށް ލިބިފައިވާ ސިޓީތައް ކައުންސިލާއި ޙިއްސާކުރުން
- ތ. ދިޔަމިގިލީ ޒުވާނުންގެ ދިރުމުގެ ނަމްބަރ N4-DZD/385/2026/03 ( 10 އޯގަސްޓް 2026 ) ސިޓީގައިވާ " މަސްޖިދުލް އަމާނަތު " ގޯތީގައި މިސްކިތު ކުރިމަތީ ހަދާފައި ފެންޑާ ބައިގެ އިރުމަތީ ފަރާތުގައި 3.6”x6.00” މާލީ އެހީތެރިކަމަކާއި އެކު ފާޚާނާ ހެދުމުގެ ހުއްދަ ދިނުމުގެ މައްސަލަ
- މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑްގެ ނަމްބަރ 101/101/2026/6 ( 10 އޯގަސްޓް 2026 ) ސިޓީގައިވާ ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމަށް އެގްޒަމިނަރަކު ނެގުމުގެ މައްސަލަ
- 05 ވަނަ ދައުރުގެ 385/14/14/05/2026 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން
ޖަލްސާގެ ނިންމުންތަށް
- 05 އޯގަސްޓް 2026 އިން 11 އޯގަސްޓް 2026 ގެ ނިޔަލަށް ކައުންސިލް އިދާރާއަށް ލިބިފައިވާ ސިޓީތައް ކައުންސިލާއި ހިއްސާކުރުން.
- ތ. ދިޔަމިގިލީ ޒުވާނުންގެ ދިރުމުގެ ނަމްބަރ N4-DZD/385/2026/03 ( 10 އޯގަސްޓް 2026 ) ސިޓީގައިވާ " މަސްޖިދުލް އަމާނަތު " ގޯތީގައި މިސްކިތު ކުރިމަތީ ހަދާފައިވާ ފެންޑާ ބައިގެ އިރުމަތީ ފަރާތުގައި 3.6”x6.00” މާލީ އެހީތެރިކަމަކާއި އެކު ފާޚާނާ ހެދުމުގެ ހުއްދަ ދިނުމުގެ މި މައްސަލަ އާއި ގުޅިގެން މެމްބަރުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވުމަށްފަހު މި ކަމުގައި ބަލަންޖެހޭ ކަންކަން އިދާރީގޮތުން ބެލުމަށްފަހު ހުއްދަ ދެއްވުމަށާއި އަދި މި މަސައްކަތަށް ކައުންސިލުން އެހީގެ ގޮތުގައި -/5000 ރުފިޔާ ތ. ދިޔަމިގިލީ ޒުވާނުންގެ ދިރުމަށް ދޫކުރުމާއި މެދު އިޢްތިރާޟެއް ނެތްކަމުގައި މެމްބަރުން އިއްތިފާގުން ނިންމެވިއެވެ.
- މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑްގެ ނަމްބަރ 101/101/2026/6 ( 10 އޯގަސްޓް 2026 ) ސިޓީގައިވާ ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމަށް އެގްޒަމިނަރަކު ނެގުމުގެ މި މައްސަލަ އާއި ގުޅިގެން މެމްބަރުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވުމަށްފަހު އެގްޒަމިނަރު ޓެސްޓް ކުރައްވާ ކޮންމެ އުޅަނދަކަށް އުޖޫރައިގެ ގޮތުގައި -/50 ރުފިޔާގެ އެލަވަންސެއް ދިނުމަށާއި އަދި ޓެސްޓް ދެވޭ ކޮންމެ އުޅަނދަކުން -/100 ރުފިޔާ އިދާރީ ފީއެއް ނެގުމަށާއި މިގޮތުގެމަތިން ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމަށް އެގްޒަމިނަރަކު ނެގުމުގެ މަސައްކަތް ކުރިއަށް ގެންދެވުމާ މެދު އިޢްތިރާޟެއް ނެތްކަމުގައި މެމްބަރުން އިއްތިފާގުން ނިންމެވިއެވެ.
- އެއްވެސް އުނި އިތުރެއް ނެތި މެމްބަރުންގެ އިއްތިފާޤުން 05 ވަނަ ދައުރުގެ 385/14/14/05/2026 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރެއްވިއެވެ.
ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ 05 ވަަނަ ދައުރުގެ 014 ވަނަ ޢާންމު ޖަލްސާގެ ހާޒިރީ
|
ޖަލްސާގެ ސެކްރެޓޭރިއެޓް ބެލެހެއްޓެވީ |
||
|
# |
ނަން |
މަޤާމު |
|
1 |
އަލްފާޟިލް އާދަމް ޝަފީޤް |
ސެކްރެޓަރީ ޖެނެރަލް |
|
2 |
އަލްފާޟިލް ޔަޙުޔާ ރަޝީދު |
ޑިރެކްޓަރ |
|
3 |
އަލްފާޟިލް ޙަސަން ޙަބީބު |
އެސިސްޓެންޓް ޑިރެކްޓަރ |
|
ޖަލްސާގެ ހާޒިރީ |
|||
|
# |
ނަން |
ހާޒިރުވި |
ހާޒިނުވާ |
|
1 |
ކައުންސިލް ރައީސް އަހްމަދު މޫސާ |
ކ |
|
|
2 |
ކައުންސިލް ނައިބު ރައީސް އަޙްމަދު ޒަހީން |
ކ |
|
|
3 |
ކައުންސިލް މެންބަރު މަރިޔަމް އަލީ |
ކ |
|
24 ސެޕްޓެންބަރު 2026